ޑރ.ވަހީދުގެ ސަރުކާރަށް ހައްލުނުކުރެވޭވަރުގެ މައްސަލަތަކައެއް ކުރިމަތިވެދާނެމަކަމަށް ގަބޫލުނުކުރަން- އުމަރު ނަސީރު

ރައީސް ޑރ.ވަހީދުގެ ސަރުކާރަށް ހައްލުނުކުރެވޭވަރުގެ މައްސަލަތަކައެއް ކުރިމަތިވެދާނެމަކަމަށް ގަބޫލުނުކުރާކަމަށް ޕީޕީއެމްގެ އިންތިގާލީ ނައިބްރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރޭ ދިޓީވީ ހަބަރު ތެރެއިން ޕޮރޮގުރާމުގައި ވާހަކަދަށްކަމުން އުމަރު ވިދާޅުވީ މިސަރުކާރަށް ކޮންމެ ފަދަ ގޮންޖެހުންތަކެއް ކުރިމަތިވިކަމުގައިވީނަމަވެސް އެފަދަ ގޮންޖެހުންތަށް ހައްލުކުރެވޭވަރުގެ ގާބިލް ބޭބޭފުޅުން ސަރުކާރުގެ ތެރޭގައި އެބަތިއްބެވިކަމަށާ،އަދި ޑރ.ވަހީދު ގެ ސަރުކާރަކީ ކުރީގެ ދެ ރައީސުންކަމަށްވާ ރައީސް މައުމޫނު އާއި ރައީސް ނަޝީދުގެ ސަރުކާރުގައި ހިމެނުނު ބޭބޭފުޅުން ހިމެނޭ ސަރުކާރެއްކަމަށެވެ.

މި މޭރުމުން ވާހަކަދަށްކަވަމުން އުމަރު ވިދާޅުވީ ކަންމިހެންއޮތްނަމަވެސް މިހިންދުން މިހިނދަށްވެސް އިސްލާހްކުރަންޖެހޭ މައްސަލަތަކެއް އެބަހުރިކަމަށާ،އެހެންކަމުން އެމައްސަލަތަށް ހައްލުކުރުމަށް އަވަސްފިޔަވަޅުތަކެއް މިސަރުކާރުން އަޅަންޖެހޭކަމަށެވެ.

ރޭ އުމަރު މި މޭރުމުން ވާހަކަ ދަށްކަވާފައިވާއިރު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެ ލައްވާ ބައެއްފަރާތްތަކުންނާއި އާންމުންގެ ބައެއްފަރާތްތަށްދަނީ ސިޔާސީ މަގާމުތަކަށް އެކިބޭބޭފުޅުން އައްޔަނުކުރުމުގައި  ރައީސް ޑރ.ވަހީދަށް ވަނީ ވަރަށް ބޮޑަތި ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވައިފައި ކަމަށް ބުނަމުންނެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މުލީއާގޭ ކައިރީގައި ގޮއްވާލަން އުޅުނު އެއްޗަކީވެސް ސީދާ ރައީސަށް އަމާޒުކުރި ޙަމަލާއެއް ކަމަށް ހޯމްމިނިސްޓަރ ވިދާޅުވެއްޖެ.

މިދިޔަހޯމަދުވަހުގެ ރޭ މުލީއާގޭ ކައިރީގައި އޮތް ވެހިކަލެއްގެ ފިއުލް ޓޭންކް މަތީގައި ބާއްވާފައި އޮއްވައި ފެނިގެން ޑިފިއުސް ކުރި އައިއީޑީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz