ފޮޓޯ:ބެޑްމިންޓަން އެސޯސިއޭޝަން

ސްކޫލުތަކުގެ މެދުގައި ބާއްވާ 15 ވަނަ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ބެޑްމިންޓަން އެސޯސިއޭޝަނުގެ ފަރާތުން ސްކޫލުތަކުގެ މެދުގައި، 20 މާރިޗު 2018 ން 31 މާރިޗު 2018 ށް ކުޅުމަށް ހަމަޖެހިފައިވާ 15 ވަނަ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިމުބާރާތުގެ ޓީމްއިވެންޓް އަދި އަމިއްލަ އިވެންޓުތަކުގައި ބައިވެރިވާން އެދޭ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުުމަށްފަހު ސްކޫލް މެދުވެރިކޮށް 1 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށް ހުށައަޅަން ޖެހެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ސްކޫލްތަކުގެ ދިދަ، މުބާރާތް ކުޅޭ ސަރަހައްދުގައި ބެހެއްޓުމަށްޓަކައި ބޭނުންވާ ކަމުގައިވެސް އެ އެސޯސިއޭޝަނުން ހާމަކުރައްވައެވެ.

މި މުބާރާތުގެ ޓީމް އިވެންޓްތަކުގެ އުމުރުފުރާ ތަކަކީ:

14 އަހަރުންދަށް، (އަންހެން / ފިރިހެން)

16 އަހަރުންދަށް، (އަންހެން / ފިރިހެން)

19 އަހަރުންދަށް، (އަންހެން / ފިރިހެން)

އަމިއްލަ އިވެންޓްތަކުގެ އުމުރުފުރާ ތަކަކީ:

12 އަހަރުންދަށް، (ސިންގަލްސް)

14 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)

16 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ބެޑްމިންޓަން އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ލިބިވަޑައިގަންނަވާނެއެވެ.

އިތުރުމަޢުލޫމާތު ސާފުކުރައްވަން ސަރުކާރުބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 09:00 ންހަވީރު 16:00 ށް އެއެސޯސިއޭޝަންގެ ފޯންނަމްބަރ (3314057) އަށްގުޅުއްވައިގެން މަޢުލޫމާތުސާފުކުރެއްވޭނެ އެވެ.

ލިޔުނީ: ލޭފަވެތި

ލޭފަވެތި މީ އަމިއްލަ ޝައުގުގައި މިދާއިރާއިން ކުރިއަށްދާން މަސައްކަތްކުރާ ޒުވާނެކެވެ. އާއްމުކޮށް ހުރިހާ ދާއިރާއެއްގެ ހަބަރާ މައުލޫމާތު، ލިޔުންތައް ގެނެއެވެ.

ޚިޔާލެއްދެއްވާ

avatar