ސްކައިޕް ބޭނުންކޮށްގެން ކޯލްކުރާއިރު އެކޯލްތައް ރެކޯޑް ކުރަން ބޭނުންތޯ؟

ސްކައިޕްބޭނުންކޮށްގެން އެކަކު އަނެއްކަކާ ވާހަކަދައްކާ ޗެޓްކޮށް ފައިލްތައް ޝެއަރކޮށް ހެދުމަކީ މިހާރު އިންޓަނެޓްބޭނުންކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ޢާއްމުކަމެއް ދެއްތޯއެވެ. އެހެންނަމަވެސް ސްކައިޕް ޒަރިއާއިން ކުރާފޯންކޯލްތައް ޕީސީއަށް ރެކޯޑްކުރުމަކީ ބައެއް ބޭފުޅުންނަށް އަދި އެހާ ޢާއްމުކަމަކަށް ނުވެހިގައިދާނެއެވެ.

އެހެންކަމުން މިލިޔުމުގައި މިބަލާލަނީ ސްކައިޕް އޮޓޯ ރެކޯޑަރ ބޭނުންކުރާނެގޮތުގެ މައްޗަށެވެ. މިގޮތަށް އޮޓޯއިން ރެކޯޑްވާގޮތަށް ހެދިޔަސް ތިބާއަށް މިކަމުގެ ފުރިހަމަ ކޮންޓްރޯލް ލިބިގެންވެއެވެ. ބޭނުން އިރަކު ރެކޯޑް ކުރުމާއި، ބޭނުން މީހެއްގެ ކޯލް ރެކޯޑްކުރުމާއި، ބޭނުންނޫންނަމަ އެއްވެސް ކޯލެއް ރެކޯޑް ނުވާގޮތަށްވެސް ހެދިދާނެއެވެ. އަޅެ ޓްރައިކޮށްލަމާތޯއެވެ.

Download Skype Auto Recorder

  1. އެކްސްޓެންޝަން ފައިލް ޑައުންލޯޑް ކޮށްލުމަށްފަހު ތިބާގެ ޕީސީއަށް އިންސްޓޯލް ކޮށްލާށެވެ.
  2. ސްކައިޕް އޯޕަންކުރާށެވެ. ދެން “Allow access”  އަށް ކްލިކްކޮށްލައްވާށެވެ. އޭރުން ސިސްޓަމް ޓްރޭއަށް އެކްޓެންޝަން ސެންޑްވާނެއެވެ.
  3. ދެން ސިސްޓަމް ޓްރޭއަށް ދާށެވެ. އަދި ކޮންޓެކްސްޓް މެނޫއިން ސްކައިޕް އައިކަން އަށް ކްލިކް ކޮށްލާށެވެ. ދެން ޑައިލޮގް ބޮކްސްގެ ސެޓިން ހައްދަވާށެވެ.
  4. މިހިސާބުން ސްކައިޕް ކޮންޓެކްޓްސް ފިލްޓަރ ކުރަން ލިބޭނެއެވެ. އަދި މިތަނުން ރެކޯޑްކުރަންވީ ކޮން ކޮންޓެކްޓެއްގެ ކޯލްތޯ ނުވަތަ ނުކުރަންވީ ކޮންކޯލެއްތޯ ސެލެކްޓް ކުރުމަށް ނުވަތަ އެނޭބަލް އާއި، ޑިސޭބްލް ގެ އޮޕްޝަން ލިބޭނެއެވެ.
  5. އަންފިލްޓަރޑް ކޮންޓެކްޓްސް ގެ ކޯލްތައް ރެކޯޑް ކުރެއްވުމަށް އެހެންފޯލްޑަރއެއް ހައްދަވާށެވެ. އެއީ ޑެސްކްޓޮޕްގައި ވިޔަސް އަދި އެހެން ތަނެއްގައިވިޔަސް އޯކޭވާނެއެވެ.
  6. ދެން ސެޓިން ސޭވް ކޮށްލުމަށް އޯކޭ އަށް ކްލިކްކޮށްލައްވާށެވެ.

މިހާރު ތިބާގެ ކޯލްތައް ތިބާގެ ސިސްޓަމަސް އޮޓޯއިން ރެކޯޑްވާނެއެވެ. ކޯލް އެކްސެޕްޓްކޮށްލުމާއެކު ކޯލްތައް ރެކޯޑްވަމުންދާކަން ސިސްޓަމް ޓްރޭއިން ކުޑަކުޑަ އައިކަންއަކުން އަންގައިދޭނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މާފަރު އެއަރޕޯޓް ހަދާ ސަރަޙައްދުގެ ބިން ސާފުކުރަން ފަށައިފި.

ނ.މާފަރުގައި ސަރުކާރުން އަޅައިދެއްވާ އެއަރޕޯޓް އެޅުމަށް ބޭނުންވާ ސަރަޙައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިކަމަށް އެރަށުކަންސިލުން ބުނެފިއެވެ. މާފަރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz