ސްރީލަންކާ ކޯސްޓްގާޑްގެ ޑިރެކްޓަރ ޖެނެރަލް، ރެއަރ އެޑްމިރަލް ރުވަން ޑައަސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި.

ސްރީލަންކާ ކޯސްޓްގާޑްގެ ޑިރެކްޓަރ ޖެނެރަލް، ރެއަރ އެޑްމިރަލް ރުވަން ޑައަސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ޤައުމަކަށްވެފައި، ކަނޑުދަތުރުކުރާ ދިވެހިންގެ ސަލާމަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ކަނޑުފޭރޭ މީހުންގެ ކިބައިން ރާއްޖޭގެ ރަށްތަކާއި ދަތުރުވެރިން ސަލާމަތްކުރެއްވުމަކީ، ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވާ ކަމެއްކަމަށާއި، މިފަދަ މައްސަލަތައް ޙައްލުކުރުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވިއެވެ.

ރިއަލް އެޑްމިރަލް ރުވަން ޑައަސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިންޑިޔާއާއި ސްރީލަންކާ ގުޅިގެން މިހާރު ހިންގަމުންގެންދާ ހަރަކާތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި މި ހަރަކާތްތަކުގެ ސަބަބުން ތިން ޤައުމަށްވެސް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމުގައި އެމަނިކުފާނު ވަދާޅުވިއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه …

ޚިޔާލެއްދެއްވާ

avatar
wpDiscuz