ސެމްސަންގ ގެލެކްސީ އެސް 8 މާދަމާ ޔޫކޭ ގައި ދައްކާލަނީ

މިއަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފޯން “ސެމްސަންގ ގެލެކްސީ އެސް 8 އާއި އެސް 8 ޕްލަސް ” 29 މާރޗް 2017 ( މާދަމާ ) ޔޫކޭގައި ދައްކާލާނެކަމަށް ސެމްސަންގކުންފުނީގެ ފޯނުތަކާބެހޭ މައުލޫމާތުތައް ފަތުރާ ބޮޑެތި ވެބްސައިޓްތަކުންބުނެފިއެވެ.

މާދަމާ ލޯންޗްކުރާ މިފޯނުގައި ހިމެނޭ އެއް ފީޗަރއަކީ ޑުއަލް ކެމެރާއެއް ފޯނުގެ ފަހަތުގައި އިންނަ ކަމެވެ. ނަމަވެސް މިއީ ކިހާވަރެއްގެ ޙަޤީޤަތެއްކަމެއް އަދި ނޭންގެއެވެ. ފޯނުގެ ފުލްފީޗަރސްތައް އެނގޭނީ ފޯނު ދައްކާލުމުންނެވެ.

ސެމްސަންގް އަށް ވަރަށް ގާތުން ބަލަމުން ދާ ފަރާތެއް ކަމަށްވާ “ސޭމް މޯބައިލް” އިންވެސް ބުނީ ގެލެކްސީ އެސް8ގެ ފަހަތުގައި ދެ ކެމެރާ އިންނާނެކަމަށެވެ. އޭގެއިތުރުން ފޯނުގެ ޑިސްޕްލޭއަކީ “4K” ޑިސްޕްލޭއެއް ކަމަށްވެސް އެނޫހުން ބުނެފައެވެ.

އެގޮތުން ފަހަތުގައި އިންނަ ދެ ސެންސަރުންގެ ތެރެއިން ޕްރައިމެރީ ކެމެރާއަކީ 12 މެގަޕިކްސެލް ސެންސަރެން ކަމަށާއި އަދި ސެކަންޑަރީ ކެމެރާގައި 13 މެގަޕިކްސެލް  އިންނާނެ ކަމަށް އެނޫހުން ހާމަކޮށްފައިވެއެވެ. އޭގެއިތުރުން ފްރޮންޓް ފޭސިން ކެމެރާއަކަށް އަށް މެގަޕިކްސެލްގެ ސެންސަރެއް އިންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެއިން އެއްވެސް މައުލޫމާތަކީ 100 އިންސައްތަ ސައްހަ މައުލޫމާތު ކަމެއް ޔަގީނެއް ނުވެއެވެ. އެހެންނަމަވެސް ގެލެކްސީގެ އާ ފޯނު މާދަމާ ނެރޭނެކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނޯޓް 7 ގެ ސޮފްޓްވެއަރ އެކުންފުނީގެ އެހެންފޯނުތަކަށް އަޅަން ސެމްސަންގ އިން ވިސްނަނީ.

ދުނިޔޭގެ މަޝްހޫރު ފޯނު އުފައްދާ ކުންފުނި ސެމްސަންގ އިން އުފެއްދި އެންމެ ފަހުގެ ފޯނު ނޯޓް 7 ގެ ބެޓްރީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz