ސެމްސަންގް ގެލެކްސީގެ މުޅިން އައު ދެ ފޯނު ބާޒާރަށް ނެރެނީ.

މޯބައިލް ފޯނު އުފެއްދުމުގައި މުޅިދުނިޔޭގެ ދެ ވަނަ ކުންފުނި ކަމަށްވާ ސެމްސަންގުންނެރޭ  އެމީހުންގެ އެންމެ ފަހުގެ ދެފޯން ކަމުގައިވާ ސެމްސަންގް އެންޑްރޮއިޑް ގެލެކްސީ އޭސް ޕްލަސް އާއި، ގެލެކްސީ އެމް ސްޓައިލް ވަރަށް އަވަހަށް ބާޒާރަށް ނެރޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން ބުނެފައިވަނީ މިއީ ކުރިން އެމީހުން ނެރެފައިވާ ސެމްސަން ގެލެކްސީ ފޯންތަކަށްވުރެ އެތައްގޮތަކުން ފުރިހަމަވެފައި ހިތްގައިމް ދެފޯނަށް ވާނެކަމަށެވެ. އެކުންފުނިން ހާމަކޮށްފައިވަނީ ގެލެކްސީ އޭސް ޕްލަސްގައި ވަން ގިގަހާރޓްޒް ޕްރޮސެސަރ އަކާއި، 3.65 އިންޗީގެ ބޮޑުސްކްރީނެއް ހިމެނިފައިވާނެކަމަށެވެ. މީގެ ކުރީންނެރެފައިވައިވާ ގެލެކްސީ އޭސް ގައި ވާނީ 3.5 އިންޗިކަމަށްވެސް އެކުންފުނިން ނެރެފައިވާ ބަޔާނުގައިވެއެވެ.

ސެމްސަންގ ގެލެކްސީ އޭސް ޕްލަސް އާއި ބެހޭގޮތުން އިތުރަށް ބުނެފައިވަނީ މީގެ ކުރީގެ ފޯންގައި އިންނަ 278 އެމްބީގެ ރެމް ގެ ބަދަލުގައި މިފަހަރުގެ “ޕްލަސް” ގައި 512 ގެ ރެމް އެއް ހިމެނިފައިވާނެކަމަށާއި، ކުރީގެ ފޯންގައި 158 އެމްބީގެ މެމޮރީ އެއްވާއިރު މިފަހަރުގެ ޕްލަސްގައި 3 ޖީބީ ހިމެނިފައިވާނޭ ކަމަށެވެ.

އަދި ކުރީގެ ފޯނަށްވުރެ މިފަހަރު މިނެރޭ ފޯނުގައި ބެޓްރީވެސް ރަގަޅު ވާނެކަމަށާއި، ކުރީގެ ފޯނުގައި 1300 މިލީއެމްޕްސް ހިމެނިފައިވާއިރު މިފަހަރު މިނެރޭ ފޯނުގައި 1350 މިލީއެމްޕްސްގެ ބެޓްރީއެއްވާނެކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

ސެމްސްންގުން މިފަހަރު ނެރޭ ދެވަނަ ފޯނު ސެމްސަންގް ގެލެކްސީ އެމް ސްޓައިލް އާއިބެހޭ ގޮތުން ކުންފުނިން ބުނެފައިވަނީ މިފޯނުގެ ގިނަފީޗާރސްތައް އެއްގޮތްވެގެންވާނީ މީގެ ކުރީގެ ސެމްސަންގ ގެލެކްސީ އެސްގެ ފީޗާރސް ތަކާކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ. އެގޮތުން މިފޯނުގައި 4 އިންޗީގެ ސްޕަރ އެމޯލްޑް ޓަޗް ސްކްރީނާއި، 1 ގިގަހާޓްޒް ޕްރޮސެސަރ އަކާއި، 1650 ގެ ބެޓްރީއަކާއި، އިންޓަރނަލް މެމޯރީގައި 4 ޖީބީ ހިމެނިގެން ވާނެކަމަށް ސެމްސަންގު ކުންފުނިންބުނެއެވެ.

އަލަށް ރިލީސްކުރެވޭ މި ދެފޯނުވެސް ނެރޭނެ ސީދާ ޑޭޓް އެކުންފުނިން ހާމަކޮށްފައި ނުވިނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ މެދެއްހާތާންގައި ބާޒާރަށް ނެރެވޭނެކަމަށް ބެލެވޭކަމަށްވެސް އެކުންފުނިން ބުނެއެވެ.

އަދި މިދެ ފޯނުގެވެސް އަގު އުޅޭނީ 350 ޔޫރޯ ނުވަތަ 445 ޑޮލަރުގެ ގާތްކުރާ އަގުތަކެއްކަމުގައި ކަމަށްވެސް ސެމްސަންގު ކުންފުނިން ބުނެފާވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ އިންޓަރހައުސް ޖޫނިއަރ ބައިގެ ފުޓްބޯޅަ މުބާރާތް ފަށައިފި.

ނ.ލަންދޫ ސްކޫލްގެ އިންޓަރހައުސް މިއަހަރުގެ ފުޓްބޯޅަ މުބާރާތުގެ ޖޫނިއަރ ބައިގެ ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ. ލަންދޫސްކޫލްގެ ފުޓްބޯޅަ ދަނޑުގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz