ސެމްސަންގް އެސް 8 އަދި އެސް 8 ޕްލަސް ދައްކާލައިފި

ގިނަބަޔަކު އިންތިޒާރު ކުރަމުން ދިޔަ ގެލެކްސީ އެސް 8 އަދި އެސް 8 ޕްލަސް ދައްކާލައިފިއެވެ. މިއީ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ސެމްސަންގުން އެކުންފުނީގެ އެންމެ ފަހުގެ އުފެއްދުމެވެ.

ރޭ ނިޔުޔޯކްގެ ލިންކަން ސެންޓާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ސެމްސަންގުންވަނީ މުޅިން ތަފާތު އައު ޑިޒައިނަކާއި އެކީ އެޕްރީލް 21 ގައި ބާޒާރަށް ނެރޭ އެސް 8 އަދި އެސް 8 ޕްލަސް ދައްކާލާފައެވެ. މިފަހަރު ސެމްސަންގުން ނެރޭ މިފޯނުގައި ދެ އަރިމަތީގައި މުޅިންހެން ހުންނާނީ ޑިސްޕްލޭގެ ބައެކެވެ. މި ޑިސްޕްލޭއަށް ސެމްސަންގުން ދީފައިވަނީ “އިންފިނިޓީ” ޑިސްޕްލޭގެ ނަމެވެ.

“ބެޒެލް ލެސް” ޑިޒައިނާއެކީ ސެމްސަންގުންވަނީ ފޯނުގެ ހޯމް ބަޓަންވެސް ދުއްވާލާފައެވެ. އެގޮތުން އެސް 8 ގައި ބޭނުން ކޮށްފައިވަނީ ޑިސްޕްލޭގެ ތެރޭގައި އެމްބެޑް ކުރެވިފައިވާ ޑިސްޕްލޭއާއި އެއްވަރަކަށް އޮމާންކޮށް ހުންނަ ހާއްސަ ހޯމް ބަޓަނެކެވެ. ފަހުގެ ގިނަފޯނުތަކުގައި މިހާރުއަލަށް ހިމަނާ އަންލޮކް ބަޓަން މިފޯންގައިވެސް އިންނަނީ ފޯންގެ ފުރަގަހުގައި ކެމެރާ ކައިރީގައި ކެމެރާއާއި ޖެހިގެންނެވެ.

ފޯނާއެކީ ސެމްސަންގުން މިއަހަރުގެ ކުރީ ކޮޅު ގަނެގައިވާ ވޮއިކް ރެކޮގް ނިޝަން ކުންފުނީގެ ވޮއިސް އެސިސްޓަން “ބިކްސްބީ” މިފޯނުގައި ވަނީ ހިމަނާފައެވެ. ބިކްސްބީ އަކީ އައިފޯނުގައި ބޭނުން ކުރާ ސިރީ ފަދަ ސްމާރޓް ވޮއިސް އެސިސްޓެންޓެކެވެ. ބިކްސްބީ އުފެއްދި ކުންފުންޏަކީ އެޕަލްގެ ސިރީ އުފެއްދުމުގައި އިސް ރޯލެއް އަދާކުރި އެޕަލްގެ މުވައްޒަފެއްގެ ކުންފުންޏެވެ. ނަމަވެސް ސެމްސަންގުންވަނީ މިހާރު އެކުންފުނި ގެނެ ސެމްސަންގުގެ ބައެއްގެ ގޮތުގައި ހަދާފައެވެ.

ވައެލެސް ޗާޖް ކުރެވުމުގެ ކުޅަދާނަކަން ލިބިފައިވާ މިފޯނުގައި އެސްޑީ ކާޑު ލެއްވެން ހުންނާނެވެ. އަދި އެސް 7 އެކޭ އެއްފަދައިން ފޯނަކީ އައިޕީ 68 ވޯޓާ ޕްރޫފް ފޯނެކެވެ.

ސަމްސަންގ އެސް 8 ގެ ދެ ފޯނުގައިވެސް ހިމަނާފައިވާ ފީޗަރސް ތަކަކީ ގިނަޔަބަކު އުންމީދުކުރިފަދަ އާދަޔާ ޚިލާފު ބައިތަކެއް ކަމަށްވާތީ މިފޯނަށް ޢާއްމުންގެ މަޤުބޫލްކަން ލިބޭނެކަމަށް ގިނަބަޔަކުދަނީ ބުނަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނޯޓް 7 ގެ ސޮފްޓްވެއަރ އެކުންފުނީގެ އެހެންފޯނުތަކަށް އަޅަން ސެމްސަންގ އިން ވިސްނަނީ.

ދުނިޔޭގެ މަޝްހޫރު ފޯނު އުފައްދާ ކުންފުނި ސެމްސަންގ އިން އުފެއްދި އެންމެ ފަހުގެ ފޯނު ނޯޓް 7 ގެ ބެޓްރީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz