ސުލްހައިގެ ވާހަކަތަކުގައި އެމްޑީޕީން ދޫދޭން ނިންމައިފި

ރާއްޖޭގެ ސިޔާސީ މަސްރަހު ހައްލަކަށް އެޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ފަށާފައިވާ ސުލްހައިގެ ވާހަކަތަކުގައި އިންތިޚާބުގެ ވާހަކައަށްފަހު ނޫނީ އެހެން ވާހަކައެއް ނުދެއްކުމަށް ދޫނުދީ ހިފަހައްޓަމުން ގެންދިޔަ އެމްޑީޕީއަށް ގޮތް ހުސްވެ ދޫދޭން ނިންމައިފިއެވެ.

ދޮޅުގަޑިއެއްހާ އިރަށް ވެލާނާގޭގައި ރޭ ކުރިއަށް ދިޔަ ސުލްހައިގެ މަޝްވަރާ ތަކުގެ ބައްދަލުވުން ނިންމާލުމަށްފަހު ނުކުމެވަޑައިގެން އެމްޑީޕީގެ ފަރާތުން ބައްދަލު ވުމުގައި ބައިވެރިވެވަޑައިގެންނެވި ހާމިދު އަބުދުލް ޣަފޫރު ވިދާޅުވީ ދެހާސްތޭރައިގެ ކުރިން ރިޔާސީ އިންތިހާބެއް ބޭއްވުމަށް އެމްޑީޕީން ހުށަހަޅާފައިވާ ހުށަހެޅުން ސުލްހައިގެ ވާހަކަތަކުގެ އެޖެންޑާގެ ފަހަތަށް ޖެއްސުމަށްފަހުވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން އެދިއެދި ތިބި ކަމަށެވެ.

ސުލްހައިގެ ވާހަކަތަކަކީ ބޭރުގެ ފަރާތްތަކުގެ ލޮލުގައި އަނދުން އެޅުވުމަށް ކުރިއަށް ގެންދާ ކަމެއް ކަމަށް އެމްޑީޕީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި އެޕާޓީގެ ވަގުތީޗެއާރޕާސަން މޫސާމަނިކާ ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފް ވިދާޅުވި ނަމަވެސް ހާމިދު އަބުދުލް ޣަފޫރު ބުދަ ދުވަހުގެރޭ ވިދާޅުވީ ހުރިހާ ޕާޓީތަކުން ވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަމަށެވެ.

އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިމެނޭ އެހެނިހެން ޕާޓީތައް މަޝްވަރާ ތަކުގައި ބައިވެރި ކުރުމަށް އެމްޑީޕީން ބާރުއަޅާފައިވަނީ ސުލްހައިގެ ވާހަކަތަކުގައި ކަންކަން ނިންމުމަށް ވޯޓަކަށް ދިއުމަށް ނިންމާފައިވާ ކަމަށް އެޕާޓީއަށް މައުލޫމާތު ލިބުމާ ގުޅިގެން ކަމަށެވެ. ނަމަވެސް މަޝްވަރާކޮށްގެން ކަންތައްތައް ނިންމުމަށް ސިޔާސީ ޕާޓީތަކުން މިހާރު ތައްޔާރަށް ތިބި ކަމަށްވެސް ހާމިދު ވިދާޅުވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމްގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 28 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން  ހުސްވެފައިވާ އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz