ސިޔާސީ ފެންޑާ

ލިޔުނީ: އަދުނާނު އިބްރާޙިމް / ނ.މާޅެންދޫ

ރާއްޖޭގެ ސިޔާސީ މަސްރަޙް (އަދުނާނުގެ ގަލަމުން)

ސިޔާސީ ފެންޑާގެ ނަމުގައި  އަޅުގަނޑު މިގެނެސްދޭ ކޮލަމުގައި ލިޔަމުންދާނީ އެއިރަކު ރާއްޖޭގެ މަސްރަހުގައި ރައްޔިތުންގެ ކަންބޮޑުވުމާއި ، މަސްލަހަތު އެކަމެއްގައި އެކުލެވިގެންވާ ކަންކަމުގެ މައްޗަށެވެ. މިގޮތުން މިފަހަރު މި ބަލައިލާނީ ރައީސް ނަޝީދުގެ ވެރިކަން ފުލުހުންނާއި ސިފައިން ގުޅިގެން ވައްޓައިލައިފައިވާތީ މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލާއި އަދި އަޅުގަނޑުގެ ނަޒަރުގައި ދެން ކަންތަށް ވެގެންދާނީ ކޮންގޮތަކަށް ކިހިނެއްކަން ބުނެދެވޭތޯއެވެ. އެކަމަކު މިއީ ހަމައެކަނި އަޅުގަނޑުގެ ވިސްނުންކަމުގައި ދަންނަވަމެވެ.

7 ޑިސެމްބަރ 2011 ވީ އަންގާރަދުވަހު ބައެއް ފުލުހުންނާއި ސިފައިން ގުޅިގެން ރާއްޖޭގެ ފުރަމާލޭގެ ޖުމުހޫރީ މައިދާނުގައި ސަރުކާރާއި ދެކޮޅަށް ހިންގާފައިވާ އިހުތިޖާޖަށް ފަހު ރައީސް ނަޝީދު ރައްޖޭގެ ވެރިކަމުން އިސްތިޢުފާ ދެއްވީ ބަގާވާތެއްގެ ތެރެއިން ފުލުހުންނާއި ސިފައިން މަޖުބޫރު ކޮށްގެންހޭ! ނުވަތަ އެމަނިކުފާނު ވެރިކަމުގެ ލައްޒަތާއި ޖާހު ބޭނުންފުޅު ނެތުނީމަހޭ!  މިއީ މިއަދު ކޮންމެ ރައްޔިތެއްގެ ހިތުގައި އުފެދޭނެ އެންމެބޮޑު އެއްސުވާލެވެ.! ޖަވާބުގައި ދަންނަވަންޖެހެނީ މިހިނގާދިޔަ ކަންތަށްތަކަށް ވިސްނާ ބުއްދި ކުރާއިރު އަޅުގަނޑުގެ ނަޒަރުގައި މިކަމަކީ ސީދާ ރާވައިގެން ހިންގާފައިވާ ހީލަތްތެރި ބަގާވާތެކެވެ.

ސަބަބަކީ މިކަމުގައި ބަގާވާތެއްގެ ހުރިހާސިފަތަކެއް ރޯމާދުވާލުހެން ފެންނަން ހުރީތީއެވެ. ފުރަތަމަ އެއްކަމަކިީ ފުލުހުންނާއި ސިފައިންނަށް އެވެރިންގެ ގާނޫނުބުނާގޮތުން ޔުނީފޯމުގައިތިބެ މަގުމަތީގައާއި އަދި ބައިގަނޑުގަޑަށް މަގުމަތީގައި އެއިރަކު އެއޮންނަ ސަރުކާރަކާއި ދެކޮޅަށް ” ފުލުހުންނާއި ، ސިފައިންގެ ޤާނޫނީ ހުދޫދުން ބޭރުން ” އިހުތިޖާޖު ނުވަތަ “މިޔުޓިނީ” ކުރެވޭނެ އެއްވެސް ގޮތެއް ނެތުމެވެ. ދެވަނަ ކަމަކީ ދިވެހި ދައުލަތުގެ ވަލިއްޔުލްއަމުރު އެމަގާމުން އިސްތިއުފާ ދިނުމުގެ ކުރިން އަދާލަތު ޕާޓީގެ ރައީސް އިމުރާނު އިސްވެހުންނަވާ ފުލުހުންނާއި ބައެއްސިފައިންނާއި ގުންޑާއިން ގުޅިގެން ޓީވީއެމްގެ ތަޅަށް ބަޑިޖަހާ އެތަންހިސޯރު ކުރުމެވެ. ތިންވަނަ ކަމަކީ ދައުލަތުގެ އިސްތިގުލަލާ ގާނޫނު ނެގެހެއްޓުމާއި ދެމެހެއްޓުމުގެ މައިބާރުކަމުގައިވާ ސިފައިންގެ މައިމަރުކަޒު ހުންނަ ބަންޑާރަ ކޮށްޓަށް ކާކުކަންނޭގޭ ބަޔަކު ސިފައިންގެ އެންމެމަތީ ވެރިޔާގެ އަމުރުނުލިބި ވެއްދުމެވެ. އަދި ފުލުހުންގެ މައިމަރުކަޒުން ކަރުނަގޭހާއި ސީލުޑާއި މުގުރުފަދަ ހަތިޔާރު އާންމުންނަށް ދެމުންދާތަން ފެނިފާވުމެވެ. ބަޣާވާތެއް ރާވާ ހިންގުމުގެ ޤާނޫނީ ކުށަކީ އުމުރަށް ޖަލައްލުން ނުވަތަ މެރުމެވެ.

މިއަދުގެ ބޮޑު ސުވާލަކީ! ރާއްޖޭގައި އަވަސް އިންތިހާބެއް ބާއްވާނީ ކޮންއިރަކުންހޭ ! ޖަވާބުގައި ލިޔަންޖެހެނީ މިހާރު ސަރުކާރު ހިންގާ ކޯލިއުޝަނުން އަވަސް އިންތިހާބަކަށް ދާން އެއްގޮތަކަށްވެސް ބޭނުން ނުވާނެކަމެވެ. ސަބަބަކީ ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކޮށްފައި ހުރިވެރިޔަކު ރައްޔިތުންގެ ވޯޓުންނޫން ގޮތަކަށް ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ވެރިކަން ބަދަލު ކުރުމަކީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ކަމަށްވުމުން މިވަގުތު އިންތިހާބަކަށް ގޮސްފިނަމަ ހަމުދަރުދީގެ ވޯޓާއިއެކު ރައީސް ނަޝިދު އަބުރާ ވެރިކަމަށް ނާންނާނެ ކަމަށް ދެންނެވޭކަށް ނެތެވެ.

އަޅުގަނޑުގެ ނަޒަރުގައި 2012 މާރޗް 1 ގެ ކުރިން އަވަސް އިންތިހާބެއް ބާއްވަން ސަރުކާރުން އެއްބަސް ނުވެއްޖިއްޔާ އެދުވަހަކީ މިފަހަކަށް އައިސް ރާއްޖެ ދެކޭނެ އެންމެ ހަމަނުޖެހުންބޮޑު އެންމެގިނަ މީހުން ހައްޔަރު ކުރާނެ އެއްދުވަސް ކަމުގައިވުމީ ގާތްކަމެކެވެ. ސަބަބަކީ 2012 މާރޗް 1 ވަނަ ދުވަހަކީ މިހާރުގެ ރައީސް މުހަންމަދު ވަހީދު ހަސަން ރައްޔިތުންގެ މަޖިލީސް ހުޅުއްވަވާ ދުވަސް ކަމަށް ވުމާއި ، އެމް ޑީ ޕީ އިން ނާއި ސިޓީކައުންސިލް ތަކުން  މުހަންމަދު ވަހީދު ހަސަންނުގެ ވެރިކަން ގަބޫލު ނުކުރުމެވެ.

ކުރިން މިދެންނެވި ސަބަބުތަށް އެހެން ހުރުމުން މިރާއްޖޭގެ ވެރިކަން ފުރޮޅިގެންދާނީ ކިހިނެއްހޭ ! ނުވަތަ ރާއްޖޭގެ ސިޔާސީ މަސްރަހު ދެންބަދަލުވެގެންދާނީ ކިހިނެއް ކޮންގޮތަކަށްހޭ!

އަޅުގަނޑުގެ ނަޒަރުގައި ސަރުކާރު ރުހުނަސް އަދި ނުރުހުނަސް އަވަސް އިންތިހާބަކަށް ނުގޮސް ފަރުޖެއްސޭނެ އެއްވެސް ހާލަތެއް އަދި ގޮތެއްވެސް ސަރުކާރަކަށް ނުހޯދޭނެއެވެ. ސަބަބު ބައިވަރެވެ. މިގޮތުން އެއްވެސް ގައުމަކުން މިހާރު މިސަރުކާރު ގާނޫނީ ސަރުކާރެއްކަމަށް ބަލައިގަންފައި ނުވުމާއި ، ޔޫރަޕިޔަން ޔުނިއަނުންނާއި ، ކޮމަންވެލުތުންނާއި، އިންޑިއާއިންވެސް  އެއްވެސް ސަރުތެއްނެތި އަވަސް އިންތިހާބަކަށް ގޮވައިލުމެވެ. ކޮމަންވެލުތުން މިހެން ގޮވައިލައިފައިވަނީ ކަންހިނގާފައިވާގޮތް ބެލުމަށްފަހުގައި ބަޢާވާތެއްކަން ކަށަވަރު ވީމާ ބަޤާވާތެކޭ ނުބުނެ މަސްލަހަތަށްޓަކައި ކަމުގައި ބެލެވެއެވެ. އަދި އަވަސް އިންތިހާބެއް ބޭއްވުންނޫން އެއްވެސް ގޮތެއް ސަރުކާރަކަށް ނުދައްކާނެ ކަމަށް އެއަންނަނީ އެމް ޑީ ޕީ އިން ތަކުރާރުކޮށް ބުނަމުންނެވެ. އަދި އަވަސް އިންތިހާބެއް ނުބާއްވައިފިނަމަ މަދަނީ ބަސްނޭހުމަކަށްގޮސް މުލިރާއްޖެ އެކުއެކުގާ ހުއްޓުމަކަށް ގެންނަންޖެހެދާނެ ކަމުގެ އިންޒާރު ނުސީދާކޮށް އެވަނީ ސަރުކާރަށް ދީފައެވެ. އެމް ޑީ ޕީ އަކީ ފަންސާސްހާސް މެމްބަރުން އެކުލެވޭ އެންމެބޮޑު ސިޔާސީ ޕާޓީއެވެ.

އެހެން ނަމަވެސް މިހާރު މިއޮތް މަދަނީ އިއްތިހާދުގެ ސަރުކާރުން ބުނަމުން އަންނަނީ ދުނިޔޭގެ ގައުމުތަކުން އިންތިހާބަކަށް ގޮވައިލިޔަސް 2013 ގެ ކުރިން  ތިމަންނާމެން އިންތިހާބަކަަށް ނުދާނެކަމުގައެވެ. ވެރިކަމަށް ދަހިވެތި ވިޔަސް ބޮޑުވަރެކެވެ. ރައީސް ވަހީދުގެ މޮޔަކަމާއެވެ. ރައްޔިތުންގެ ހައްގު 5 އަހަރަށްދިން ވޯޓް ކޮބައިހޭ! ރައްޔިތުންގެ ފުށުން މިވޯޓް ފޭރިގަނެވޭނެ އެއްވެސް ފަރާތެއް މިގައުމުގައި ނުވާނެއެވެ. އަދި ސިފައިންނާއި ފުލުހުންނަށް ވެރިކަން ބަދަލު ކުރެވޭނެ އެއްވެސް ހާލަތެއް ފުލުހުންގެ ގާނޫނަކު ނުވެއެވެ. ވެރިމީހާ ޤާނޫނާއި ހިލާފުވީމަ ކަންކުރަންވާގޮތް އެވަނީ ކަޅާއިހުދުން ޤާނޫނު އަސާސީގައި ލިޔެވި ގަރާރު ވެގެންނެވެ.

މި ލިޔެވިދިޔަ މަގަށް ކަންހުރިކަމަށް އަޅުގަނޑުގެ ބުއްދި ގަބޫލުކުރާތީ ރަމަޟާންމަސް ނިންމާ މިއަހަރުގެ އޮކްޓޫބަރ 15 ގައި 6 މަސް ފަހުން އަވަސް އިންތިހާބަކަށް ދާނެކަމުގައި ދަންނަވަން ޖެހެއެވެ. ނޫންނަމަ އީޔޫގެ ދަތިކުރުމުގެ ތެރެއިން ޓްރެވަލް ބެންޑަކާއި ދިވެހި ސަރުކާރު ކުރިމަތި ލާންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އެސެމްބްލީގައި ކުރެވިދާނެ ދުޢާއެއް (2)

الْحَمْدُ لِلَّهِ حَمْدًا كَثِيْرًا طَيِّبًا مُّبَارَكًا فِيْهِ , އަޅަމެންހައްދަވާ ގެންގުޅުއްވާ އިލާހު، އަޅަމެންގެ މާތްނަބިއްޔާ މުޙަންމަދު ރަސޫލުﷲ …

ޚިޔާލެއްދެއްވާ

avatar
HAABU
HAABU

ADNAN THIYA DHAKAAFA HURI VAAHAKATHAH DHIMAAVAANETHA

wpDiscuz