ސިޔާސީ ފެންޑާ

ސިޔާސީ ދެބައޮޑުވުން (އަދުނާނުގެ ގަލަމުން)       

ސިޔާސީ ފެންޑާގެ ނަމުގައި  އަލުގަނޑު މިގެނެސްދޭ ކޮލަމުގައި ލިޔަމުންދާނީ އެއިރަކު ރާއްޖޭގެ މަސްރަހުގައި ރައްޔިތުންގެ ކަންބޮޑުވުމާއި ، މަސްލަހަތު އެކަމެއްގައި އެކުލެވިގެންވާ ކަންކަމުގެ މައްޗަށެވެ.

11 ނޮވެމްބަރ 2008 ގެ ވެރިކަން ފެށުނީންސުރެ 07 ފެބުރުއަރީ 2012 ގައި ސިފައިންނާއި ފުލުހުން ވެރިކަން ބަދަލު ކުރުމާއި ހިސާބަށް ސަރުކާރާއި ދެކޮޅުވެރި ވާދަވެރިން މެދުނުކެނޑި ރައްޔިތުންގެ ބޮލަށް ވައްދަން މަސަތްކަތް ކުރަމުން ގެންދިޔަ ވަރަށްގިނަ ވާހަކަތަކެއް އެބަހުއްޓެވެ. މިވާހަކަ ތަކަކީ އަޅުގަނޑު ގަބޫލްކުރާ ގޮތުގައި އަންނަންއޮތް ޖީލަށްޓަކައި، ނުވަތަ ދެންއަންނަ ރައްޔިތުންގެ ވެރިކަންކިލަނބުވިޔަ ނުދިނުމަށްޓަކައި ހިތުދަސް ކުރައްވަންޖެހޭ ވަރައްމުހިންމު ފިލާވަލުތަކެކެވެ.

ވެރިކަންބަދަލުކުރުމުގެ ދަހިވެތިކަމުގައި ރައްޔިތުންގެ މެދުގައި މާތްވެގެންވާ އިސްލާމްދީނޭ ކިޔައިގެން “ދެބައޮޑުވުމުގެ” މަސައްކަތްހިންގާ ފިތުނަ ފަސާދަ އުފެއްދުމުގަޔާއި އަދި ވެރިކަމުގެ ދަހިވެތި ކަމުގައި ރައްޔިތުންނަށް އޮލުވައިލައިގެން މާތްވެގެންވާ އިސްލާމްދީން ހަތިޔާރަކަށްނަގައި ދެއެދޭ ފަރުދުންނަށާއި، އިސްލާމީ އަހުންނަށް ދީނީ ދަންނަބޭކަލުންގެ ތެރެއިން މަދުބަޔަކު ބަދުދުޢާކޮށް އޮޅުވައިލައިފައިވާތީ ނިހާޔަތަށް ހިތާމަކުރަމެވެ. އަދި ހަމައެހެންމެ މިކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. މިހެންމިކަންއޮތަސް ޖަމީއަތުލް ސަލަފާއި އިސްލާމިކް ފައުންޑޭޝަން ފަދަ ޖަމާއަތް ތަކުގެ އިސްލާމީ އެހީތެރިކަން މިގަޢުމަށް ލިބެމުންދާތީ ނިހާޔަތަށް އުފާކުރަމެވެ. ސިޔާސީ ޕާޓީތަކުގެ އިސްވެރިން ހިންގަވަމުން ގެންދެވީ ހަގީގަތާއި ހިލާފު ދެބައޮޑުވުންކަން މިއަދު އެދަނީ ދީނީ ދަންނަބޭކަލުންނަށާއި، ލޮބުވެތި ގިނަ ދިވެހިރައްޔިތުންނަށް އެނގި ސާފުވަމުންނެވެ. މިގޮތުން ނިމިދިޔަ ސަރުކާރުން ގޯސްކޮށް ކޮށްފައިވާކަމަށްބުނި ގިނަކަންތައްތައް މިއަދު ވެރިކަމާއި އަލަށް ހަވާލުވެލެއްވި އާސަރުކާރުގެ އިސްވެރިން އެދަނީ މިހާރު ހަމަ އެކަންތައްތަށް ރަނގަޅު ކަމުގައި ބުނަމުންނެވެ.

ކުރިން ރަނގަޅުނުވި ކަންތަށްތަށް ތިމަ ތިމާމެންނަށް ވެރިކަން ލިބުމުން ރަނގަޅުވުމީ މިޢީއަޅެ އަޖައިބު ވާވަރުގެ ވާހަކައެއް ނޫންހޭ! މިގޮތުން ޒަޔަނިސްޓް އިޒުރޭލާއި ގުޅުން ބަދަހިކުރުމީ ސައިތޯނީ އަމަލެއް ކަމުގައިބުނި ފަރާތްތަކުން ތިމާމެންނަށް ވެރިކަން ލިބުމުން ވަކިވަކި ދާއިރާތަކަކުން އިޒުރޭލާ ގުޅުންބަދަލު ކުރުމީ މައްސަލައެއް ނޫންކަމުގައި އެދަނީ ބުނަމުންނެވެ. އަދި ބޮޑުސައިތޯނާ ކަމުގައި މަދަނީ އިއްތިހާދުން ބުނަމުންއައި ޖީ އެމް އަރ މިއަދު އެވަނީ ތާންކަނޑައިނުލައި ހުދުފޮށަޔަކަށް ވެފައެވެ.

ކޮންމެޔަކަސް މިހިރަ މިހިރަ ވާހަކަ ތަކަކީ އަޑުއިވި އިވި ކަންފަތް އެއްގޯސްވެފައިވާ ވާހަކަ ތަކެކެވެ. އެހެން ނަމަވެސް ރައްޔިތުންނަށް އިސްލާމީ ވެރިކަމެއް ކޮށްދޭނެ ކަމުގައި ބުނި މަދަނީ އިއްތިހާދުގެ ސަރުކާރުން އަދި މިހާތަނަށް އެބުނާ އިސްލާމީ ވެރިކަމެއް ލޮބުވެތި ރައްޔިތުންނަށް ކޮށްދެން އުޅޭތަން ނުވަތަ ކޮށްދެން އެބުނަނީ ކޮންކަހަލަ ވެރިކަމެއްކަން އަދި މިވަނީ ރައްޔިތުންނަށް ނުފެނިއެވެ.

މަދަނީ އިއްތިހާދުގެ ނަމުގައި ޕީޕީއެމާއި ، އަދާލަތު އިސްވެއޮވެ 17 ރޭވަންދެން މެދުނުކެނޑި މާލޭގެ މަގުމަތީގައި ބާއްވަމުން ގެންދިޔަ ހަމަނުޖެހުންބޮޑު ވަރައްގިނަ ރައްޔިތުން ތަކަކަށް ގެއްލުންވި މުޒާހަރާތަކުގައި ވާހަކަ ދެއްކެވި ކޮންމެ ބޭފުޅަކަށް ވަޒީފާގެކުފޫ ހަމަވިޔަސް އަދި ހަމަނުވިޔަސް މިނިސްޓަރުކަމާއި، ސްޓޭޓް މިނިސްޓަރުކަން އެގެންދަވަނީ ބައްސަވަމުންނެވެ. މިއީ ވިސްނައިލަން ޖެހޭ ކަމެކެވެ. ނިމިދިޔަ ނަޝީދުގެ ސަރުކާރުގައި ސިޔާސީ މަގާމުތަށް މާގިނަ ކަމުގައި ބުނަމުން އައި މަދަނީ އިއްތިހާދުގެ ބޭފުޅުން މިއަދު ދެންބުނާނީ އަޅެކީކޭބާއޭ! އަދި ނިމިދިޔަ ސަރުކާރުން 50 އަހަރަށް ދިންރިޒޯޓްތަށް މިހާރު އެގެންދަނީ ވެރިކަން ބަދަލު ކުރުމަށް އެހީތެރިވި ރިޒޯޓް އޯނަރުންގެ އުމުރަށް އެއްވެސް ފައިސާއެއް ނުނަގާ ހަދިޔާ ކުރަމުންނެވެ… ނުނިމޭ..

ލިޔުނީ: އަދުނާނު އިބްރާހީމް / ނ.މާޅެންދޫ

ސިޔާސީވިޔަސް ސަމާސާވިޔަސް އެންމެންގެ ފިކުރާ ގުޅޭނޭހެން ލިޔުންތައް ލިޔުމަކީ އަދުނާނަކަށް މާބޮޑުކަމެއްނޫންކަން ލަންދޫއިންފޯގައި އަދުނާން ޝާއިޢުކުރާލިޔުންތަކުން އެނގެއެވެ. އަދުނާނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ.

މިލިޔުންވެސް ކިޔާލާ

ބޮޑު 16

ﷲ ސުބުހާނަހޫ ވަތަޢާލާ މިދުނިޔެ މިގޮތުގައި ލައްވާފައި ވާނަމަ 2012 މެއި 16 ވާ ބުދަދުވަހުވެސް ފިތުރަތުގެ އުސޫލުން ދުނިޔޭގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz