ސިޔާސީ އެއްވެސް ލީޑަރަކު ހައްޔަރެއްނުކުރާނެ – ތަރުޖަމާނު

muaaz2-399x276

ސިޔާސީ އެއްވެސް ލީޑަރަކު މިސަރުކާރުން ހައްޔަރު ކުރުމުގެ ވިސްނުމެއް ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް ޢަބުދުﷲ ޔާމިން ނުގެންގުޅުއްވާކަމަށާއި، އަދި އަމުދުން އިންތޚާބުތަކުގައި ވާދަކުރާނެ ކަމަށް ބެލެވޭ ސިޔާސީ ލީޑަރުން މިސަރުކާރުން ހައްޔަރު ނުކުރާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.
އިންޑިޔާ ޓުޑޭއަށް ދެއްވި ބަސްދީގަތުމެއްގައި، ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވިކަމަށް ވަގުތު ނޫހުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، މިއަދުގެ ރައީސް އަބްދުﷲ ޔާމީން ބަންދުކުރެއްވި މަންޒަރު ފެނިފައިވާ ކަމަށެވެ. އަދި، ނާޢިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވެސް ދުވަސްކޮޅެއް ވަންދެން ޖަލުގައި ބަންދު ކުރެވުނުކަމަށް މުއާޒް ވިދާޅުވިއެވެ.
“މިއަދުގެ ސަރުކާރުން ބޭނުމެއް ނުވޭ ސިޔާސީ ކުޅިވަރު ކުޅޭކަށް. އަޅުގަނޑުމެން މި ކުރަނީ އިޤްތިސާދީ މަސައްކަތް. އިންވެސްޓަރުންނަށް މަރުހަބާ ކިޔުން ފަދަ ކަންކަން. ރައީސް ޔާމީން މަސައްކަތް ކުރައްވަނީ އިންވެސްޓަރުންގެ ފޯރަމްތައް ފަދަ ބައްދަލުވުންތައް ރޭއްވެވުމަށް. އަޅުގަނޑުމެންގެ އެއްވެސް ކަހަލަ ވިސްނުމެއް ނެތް، ސިޔާސީ ލީޑަރުން ހައްޔަރު ކުރުމަށް،” އިންޑިޔާ ޓުޑޭއަށް ދިން ބަސްދީގަތުމުގައި މުއާޒް ވިދާޅުވި ކަމަށް ވަގުތު ގައި ވެއެވެ.
މުއާޒް ވިދާޅުވިކަމަށް ވަގުތުގައިވަނީ އެމްޑީޕީގެ ވެރިކަމުގައި ރައީސް ޔާމީނާއި ނާއިބު ރައީސް ޑރ ޖަމީލް ހައްޔަރު ކޮށްފައި ވާ އިރު، މިކަމަށް ބަދަލު ހިފުމުގެ ރޫހެއް ވެސް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
މުއާޒު ޢަލީ މިހެން ވިދާޅުވެފައިވީނަމަވެސް ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމް މިހާރުވެސް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި، އެބޭފުޅާގެސަރުކާރުގެ އިސް ބާއެއް މަޤާމްތަކުގެ ބޭފުޅުންގެ މައްސަލަތައް މިހާރުވެސް ދަނީ ކޯޓްތަކުގައި ތާވަލް ކުރެވެމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar