ސިފައިންގެ ކޮންމެ ފަރުދަކުވެސް ސިފައިންގެ ޤާނޫނީ ހުވައަށް އިޙްތިރާމް ކުރަންޖެހޭނެ-ރައީސް

ސިފައިންގެ ކޮންމެ ފަރުދަކުވެސް ސިފައިންގެ ޤާނޫނީ ހުވައަށް އިޙްތިރާމް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޑިފެންސް އިންޓިޓިއުޓް ފޮރ ޓްރޭނިންގ އެންޑް އެޑިޔުކޭޝަންގެ ފަރާތުން ހިންގި 56 ވަނައަސާސީ ތަމްރީން ކޯހުގެ ބައިވެރިން، ސިފައިންގެ ހުވާ ކުރުމާއި ބަޑި ހަވާލުކުރުމަށްޓަކައި މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި  ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ ސިފައިން އަބަދުވެސް ދެމިތިބެންވާނީ، އަމާނާތްތެރިކަމާއެކު ސިފައިންގެ ޒިންމާތައް އަދާކުރުންމަތީ ކަމުގައެވެ. އަދި، ސިފައިން، ސިފައިންގެ ގޮތުގައި ނުކުމެ، ސަފުތައް ރުކުރުވާލާއިރު، ހަނދާނުގައި ބަހައްޓަންޖެހޭ ތިން އަސާސެއްވާކަން ރައީސުލްޖުމްހޫރިއްޔ ފާހަގަކުރެއްވިއެވެ. އެގޮތުން އެ ތިން އަސާސަކީ، އިސްލާމީ ޢަޤީދާގައި ސާބިތުވެ ދެމިތިއްބެވުމާއި، ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރުމާއި، ޤާނޫނީ ވެރިކަން ދެމެހެއްޓުމަށްޓަކައި ކުރައްވާ މަސައްކަތް ކަމުގައި ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.

އަދި ޤައުމީ ސަލާމަތަށް ކުރިމަތިވާ ކޮންމެ ބޮޑު ނުރައްކަލަކުން ސަލާމަތްވުމުގެ ކުރީ ސަފުގައި މަސައްކަތް ކުރުމަކީ ސިފައިންގެ ވާޖިބެއްކަމުގައި ރައީސް ވަހީދު ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ސިފައިންނަކީ ދުނިޔެއާއި ޤައުމަށް އަންނަމުންދާ ބަދަލުތައް ދިރާސާކޮށް ވިސްނާ ބަޔަކަށްވާންޖެހޭ ކަމަށާއި، ސިފައިންނަކީ ޤައުމު ޙިމާޔަތް ކުރުމުގައި، އެންމެކުރި އާއި އަދި އެންމެފަހު ސަފު ކަމުގައި ވެސް ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.

މި ޤައުމާއި ރައްޔިތުން ޙިމާޔަތް ކުރުމުގައި، އެހެން ހުރިހާ މުއައްސަސާތައް ތެދުވާ ވަގުތު، ޤައުމު ހަލާކުވިޔަނުދީ، ޤައުމު ސަލާމަތް ކުރަން ތިބޭ ބަޔަކީވެސް ސިފައިންކަމުގަކަމަށްވިދާޅުވިއެވެ. އަދި މިއަދު، ސިފައިންގެ ޤާނޫނީ ހުވާކުރި ހުރިހާ ސިފައިންނަށް ރައީސް ވަހީދު ވަނީ މަރްޙަބާ ވިދާޅުވިއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ސިޔާސީ ފަރާތްތަކާ ބައްދަލުކުރުން ސިފައިންނަށް މަނާކުރައްވައިފި

ދިވެހި ސިފައިން ސިޔާސީ ފަރާތްތަކާ ބައްދަލުކުރުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން މިއަދު މަނާކުރައްވައިފިއެވެ. ސިފައިންގެ މީހަކު، …

ޚިޔާލެއްދެއްވާ

avatar
wpDiscuz