ސިންދިތާ

ޅެން: ތަރުވާޒު

                             ރާގު: މަލުގެ ހާރު (އަލީ ރަމީޒު)

ހާނ.. ސިންދިތާ ހޫނނ.. ސިންދިތާ

      ހިތުގެ ތެރޭ ތިޔަ ސޫރަ ރިވެތި ފެވިފައިވޭ ސިންދިތާ

                 ހާނ.. ސިންދިތާ ހޫނނ.. ސިންދިތާ

ފަލަކު ޖަރީކުރި ތަރިތައް ހަނދާ

         ނަލަ ތިޔަ މޫނު ފެނި ވެއްޖެ ފަރުދާ

               އަލަކުން ހިލާ ބަބުޅާކަށެއް ނާންނާނެއޭ ސިންދިތާ

                       ހާނ.. ސިންދިތާ ހޫނނ.. ސިންދިތާ

ސިހި ފެނުނީމަ ތި އިހި ކަނދުރާ

            މިހިތުގެ ވިންދު ހޭލާ ވެވި ފިކުރާ

                    ފިހިގެން މަގޭ ޖިސްމާ މެޔާ ވެއްޖޭ ނިސާ ސިންދިތާ

                               ހާނ.. ސިންދިތާ ހޫނނ.. ސިންދިތާ

މިބިމުގެ ރަނިކަމަނާއެ ނަޔާ

            ލިބިދާނެތޯއެ ތިޔަ ހިތުގެ ހިޔާ

                   ލިބިދާނެހޭ މިއެދޭ އުފާ ދޭށޭ ޖަވާބެއް ހިތާ

                             ހާނ.. ސިންދިތާ ހޫނނ.. ސިންދިތާ

 ހިތުގެ ތެރޭ ތިޔަ ސޫރަ ރިވެތި ފެވިފައިވޭ ސިންދިތާ

           ހާނ.. ސިންދިތާ ހޫނނ.. ސިންދިތާ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
ކައްޕި
ކައްޕި

ވަރަށް ސަޅި ލަވައެއް. ތަރުވާޒުގެ ހުރިހާ ޅެންތަކެއްވެސް ވަރަށް ސަޅި. ކީޕް އިޓް އަޕް