ސާކު ސަމިޓާއި ބެހޭގޮތުން ރައީސް މަޝްވަރާކުރައްވައިފި.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު ސާކް ސަމިޓްގައި ނިންމުނު ކަންކަން ތަންފީޒުކުރެއްވުމަށް ކުރެވެންހުރި ކަންކަމާއި މިކަންތައް އަވަސްކުރެއްވުމަށް އެޅެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަލީމާއި އެކު މިއަދު  މަޝްވަރާކުރައްވާއިފިއެވެ.

ރައީސް އޮފިހުގައި ރައީސް ޑރ. ވަހީދާއި އަދި ސަލީމް ބައްދަލުކުރައްވާއި ދެއްކެވި ވާހަކަފުޅުގައި  ސާކް ސެކްރެޓޭރިއޭޓް މިހާރަށްވުރެ ހަރުދަނާކުރެއްވުމަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވާ އެއްކަންތައް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ސާކާއި، ސާކްގެ ސެކްރެޓޭރިއަޓްގެ މަސައްކަތް ހަރުދަނާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ މަޢްލޫމާތުވެސް، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ.

އަލްފާޟިލް އަޙްމަދު ސަލީމް އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ސާކްގެ ކަންކަމަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ސާކަކީ ވަރަށް ބޮޑު ކުރިމަގެއް އޮތް ޖަމްޢިއްޔާއެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި، ޚާއްސަކޮށް ސާކަކީ ވިޔަފާރީގެ ދާއިރާގައި ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތު އޮތް ޖަމްޢިއްޔާއެއްކަމުގައިވެސް އަޙްމަދު ސަލީމް ވިދާޅުވިއެވެ.

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ގައުމު ބިނާ ކުރުމުގައި އެންމެން ގުޅިގެން ކުރިއަށް ދިއުމަށް ނާއިބްރައީސް ގޮވާލައްވައިފި

މި ޤައުމު ބިނާކުރުމުގައި އެންމެން އެކީ އަތުގުޅާލައިގެން ކުރިއަށް ދިއުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުޙަންމަދު ވަޙީދުއްދީން …

ޚިޔާލެއްދެއްވާ

avatar
wpDiscuz