ސައޫދީ ސަރުކާރުގެ ގިނަ ވެބްސައިޓް ތަކަކަށް ހެކަރުން ޙަމަލާދީފި.

ސައޫދީ ޢަރަބިޔާ ސަރުކާރުގެ ގިނަ ވެބްސައިޓްތަކަކަށް ހެކަރުން ހަމަލާދީފިކަމަށް ބޭރުގެ މަޝްހޫރު ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ސައޫދީ ޕްރެސްއެޖެންސީ އާއި ޙަވާލާދީ އަލް ޢަރަބިޔާ ނިއުސްގައި ބުނެފައިވަނީ ސައޫދީގެ ޓްރާންސްޕޯޓް ސެކްޓަރ ގެ ވެބްސައިޓް ތަކަކަށް ހެކަރުން ހަމަލާ ދީފައިވާކަމަށެވެ.

މި ޙަމަލާތައް ދީފައިވަނީ ސައޫދީން ބޭރުންކަމަށާއި އަދި މިހާރުވެސް އެފަދަ ހަމަލާތަކެއް ސައޫދީ ސަރުކާރަށް ނިސްބަތްވާ ވެބްސައިޓްތަކަށް ދެމުންދާކަމަށް ސައޫދީގެ ނޭޝަނަލް ސައިބަރ ސެކިއުރިޓީ ސެންޓަރާ ޙަވާލާދީ އަރަބިޔާ  ނިއުސްއިންބުނެއެވެ.

ހެކަރުން ދީފައިވާ ސައިބަރ އެޓޭކް ތަކުގެ ސަބަބުން ކޮމްޕިއުޓަރުގެ ބައެއް ސޮފްޓްވެއަރތައް ހަލާކުކޮށްލުމާއި، ސާވަރ ތައް ހަލާކުކޮށްލުން ހިމެނެއެވެ.

މިކަމުން ސަލާމަތްވެވޭތޯ ދިފާއީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަސައްކަތް ސައޫދީގެ ނޭޝަނަލް ސައިބަރ ސެކިއުރިޓީ ސެންޓަރުން ދަނީ ކުރަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަދީނާ ސިޓީއަށް ބިންހެލުމެއްގެ އަސަރުކޮށްފި.

މާތްވެގެންވާ މަދީނާ އަށް 2.5 މެގްނިޓިއުޑުގެ ބާރުމިނުގައި ބިންހެލުމެއްގެ އަސަރުކޮށްފިކަމަށް މަދީނާގެ މޫސުމާ ބެހޭ އޮފިޝަލުންނާ ޙަވާލާދީ ޢަރަބި ނިއުސްއިން …

ޚިޔާލެއްދެއްވާ

avatar
wpDiscuz