ސައޫދީގެ ދަމާމުގައި ދިން ބަޑީގެ ހަމަލާތަކެއްގައި ސިފައިންގެ ދެމީހުން މަރާލައިފި.

ހަމަލާދިން ވަގުތު އެ ސަރަޙައްދުގެ ފޮޓޯއެއް / ފޮޓޯ: އަރަބިޔާނިއުސް
ހަމަލާދިން ވަގުތު އެ ސަރަޙައްދުގެ ފޮޓޯއެއް / ފޮޓޯ: އަރަބިޔާނިއުސް

ސައޫދީ އަރަބިޔާގެ ކާރޫބާރު ބޮޑު ސިޓީއެއް ކަމަށްވާ އައް ދަމާމުގައި ބަޑީގެ ހަމަލާތަކެއްގައި ސިފައިންގެ ދެމީހުން މަރާލައިފިކަމަށް އަލް އަރަބިޔާ ނިއުސް އެޖެންސީން ރިޕޯޓް ކޮށްފިއެވެ.

މިހަމަލާގައި މަރުވި އެކަކަށް ހަމަލާ ދީފައިވަނީ މިދިޔަ ހޯމަދުވަހުގެ ރޭ ސިފައިންގެ އޮފިސަރަކު އޭނާގެ ޑިއުޓީ ނިންމާފައި އަމިއްލަ ކާރުގައި ގެއަށް އައި މަގުމަތީގައި ކަމަށް ރިޕޯޓް ބުނެއެވެ.

ހަމަލާދިނީ ހަތިޔާރު އެޅި ތިންމީހުންކަމަށާއި، އެއީ ކޮން ޖަމާއަތަކަށް ނިސްބަތްވާ ބައެއްކަމެއް އަދި އެނގިފައި ނުވާކަމަށްވެސް އަރަބިޔާ ނިއުސް އެޖެންސީން ބުނެއެވެ.

މިހަމަލާގައި މަރުވި ސިފައިންގެ މީހާގެ ގައިގެ އެތަންމިތަނަށް ބަޑިޖަހާފައިވުމުގެ ސަބަބުން ހަށިގަނޑުވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށްވެސް އަރަބިއްޔާ ނިއުސް ބުނެއެވެ.

މިމައްސަލަ މިހާރުދަނީ ސައުދީގެ ފުލުހުންނާއި، ސިފައިން ގުޅިގެން ތަހުޤީޤުކުރަމުންނެވެ.

މިފަހަކަށްއައިސް ސައުދީގެ އެކިއެކި އިސް އޮފިޝަލުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ވަނީ އިތުރުވެފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަދީނާ ސިޓީއަށް ބިންހެލުމެއްގެ އަސަރުކޮށްފި.

މާތްވެގެންވާ މަދީނާ އަށް 2.5 މެގްނިޓިއުޑުގެ ބާރުމިނުގައި ބިންހެލުމެއްގެ އަސަރުކޮށްފިކަމަށް މަދީނާގެ މޫސުމާ ބެހޭ އޮފިޝަލުންނާ ޙަވާލާދީ ޢަރަބި ނިއުސްއިން …

ޚިޔާލެއްދެއްވާ

avatar
wpDiscuz