ސައޫދީގެ ރަސްގެފާނު ކިންގ ސަލްމާން ، ވެނެޒުއެލާގެ ރައީސާ ބައްދަލުކުރައްވައިފި.

ކިންގް ސަލްމާން އާއި، މަދޫރޯ ބައްދަލު ކުރަްވަނީ
ކިންގް ސަލްމާން އާއި، މަދޫރޯ ބައްދަލު ކުރަްވަނީ

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ކިންގް ސަލްމާން ، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި، ސައޫދީގައި މިދިޔަ އާދިއްތަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

މިއީ ވެނެޒުއެލާގެ ރައީސް ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ދެޤައުމުގެ ވެރިން ކުރެއްވި ބައްދަލުކުރެއްވުމެކެވެ.

އަލް އަރަބިޔާ ނިއުސް އެޖެންސީއިން ހާމަކުރާގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ވެރިންވެސް ވާހަކަދައްކަވާ، މަޝްވަރާ ކުރެއްވީ ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުންތަކާއި، އަދި ގުޅުންބަދަހިކޮށް އެއްބަޔަކު އަނެއްބަޔަކަށް ދެވިދާނެ އެހީތަކަކީ ކޮބައިތޯ ބަލާ އެކަންކަމާ ބެހޭގޮތުންނެވެ.

މަދޫރޯ ސައުދީގެ ވެރިރަށް ރިޔާޒަށް ޒިޔާރަތް ކުރެއްވުމުން ސައުދީ ޕްރިންސް މުޙައްމަދު ބިން ނައުފު ބިން ޢަބުލް ޢަޒީޒު އާއި، ޑެޕިއުޓީ ޕްރައިމް މިނިސްޓަރާއި، އިންޓީރިއާ މިނިސްޓަރ ބައްދަލުކުރެއްވި އެވެ.

މި ބޭބޭފުޅުންވެސް މަޝްވަރާ ކުރެއްވީ ދެޤައުމުގެ ތެލުގެ ވިޔާފާރިއާއި، އިޤްތިޞާދީ އެހެނިހެން ކަންކަމާ ބެހޭގޮތުން ކަމަށް އަލްޢަރަބިޔާއިން މަޢުލޫމާތު ދެއެވެ. އަދި މެދު އިރުމަތީގެ ސުލްޙައާއި، ތަރައްޤީއާއި ބެހޭގޮތުން ވެސް ދެޤައުމުގެ އިސްވެރިން ވާހަކަ ދައްކަވާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަދީނާ ސިޓީއަށް ބިންހެލުމެއްގެ އަސަރުކޮށްފި.

މާތްވެގެންވާ މަދީނާ އަށް 2.5 މެގްނިޓިއުޑުގެ ބާރުމިނުގައި ބިންހެލުމެއްގެ އަސަރުކޮށްފިކަމަށް މަދީނާގެ މޫސުމާ ބެހޭ އޮފިޝަލުންނާ ޙަވާލާދީ ޢަރަބި ނިއުސްއިން …

ޚިޔާލެއްދެއްވާ

avatar
wpDiscuz