ސައުދީ ޕްރިންސް ޓްވިޓާ އަށް 300 މިލިއަން ޑޮލަރު އިންވެސްޓްކުރަނީ

 

މައިކްރޮބްލޮގިން ނެޓްވޯކް ޓްވިޓާ އަށް 300 މިލިއަން ޑޮލަރު އިންވެސްޓްކުރައްވާނެ ކަމަށް ސައުދީ ޕްރިންސް އަލްވަލީދް ބިން ތަލާލް ވިދާޅުވެއްޖެ އެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ޕްރިންސް އުޅުއްވަނީ އިންޓަނެޓް މީޑިޔާ ކުންފުނިތަކުން ހިއްސާ ބައްލަވައި ގަތުމުގެ ފޯވައްސެއްގަ އެވެ.

އެސްޓިމޭޓްތައް ބުނާ ގޮތުން ޓްވިޓާގެ އަގު 8.4 ބިލިއަން ޑޮލަރަށް އަރަ އެވެ. ޕްރިންސް އިންވެސްޓްކުރެއްވި 300 މިލިއަން ޑޮލަރާ އެކު އޭނާ އަށް ޓްވިޓާއިން 3.6 ޕަސެންޓް ހިއްސާ ލިބިވަޑައިގަންނަވާނެ އެވެ.

ފޯބްސް ބުނާ ގޮތުން ނުފޫޒު ގަދަ ވިޔަފާރި ކުންފުނިތަކުން ހިއްސާ ބައްލަވައިގަތުމަކީ ޕްރިންސް ވަރަށް ގަޔާވެވަޑައިގަންނަވާ ކަމެކެވެ. އެގޮތުގައި އޭނާގެ ހިއްސާ ފޮކްސް ނިއުސް ނެޓްވޯކާއި ކިންގްޑަމް ހޯލްޑިން ކޮމްޕެނީގައި ވެ އެވެ. އޭނާގެ ހިއްސާ މޮބައިލް އޮޕަރޭޓަރުންނާއި އެޕްލް ކުންފުނީގައި ވެސް އޮންނަ ކަމަށް ބުނެވެ އެވެ.

މެދުއިރުމައްޗަށް އަރައިގެން ދިއަ ޖޭސްމިން ރިވޮލިއުޝަންގައި ޓްވިޓާ ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުގައި މިސްރާއި ލީބިޔާ އަދި ޓިއުނީޝިޔާ ފަދަ ގައުމުތަކުގައި ވެރިންނާ ދެކޮޅަށް ބަޣާވާތްކުރުމަށް ގޮވާލާފައި ވަނީ ޓްވީޓްކޮށްފަ އެވެ. އެހެންކަމުން އަރަބި ޕްރިންސަކު ޓްވިޓާ އިން ބައެއް ގަތުމަކީ ކިހިނަކުން ހިނގައި ދިޔަ ކަމެއް ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ފޭސްބުކާ އަޅާ ކިޔާއިރު ޓްވިޓާ އަކީ އާދަޔާ ޚިޔާފު ގޮތްގޮތަށް އިންވެސްޓްމެންޓްތައް ލިބޭ ކުންފުންޏެވެ. އަހާލުމެއް ކަހާލުމެއް ނެތި ބަޔަކު ކުއްލިއަކަށް ޓްވިޓާ އަށް އިންވެސްޓްކުރާތަން ވަނީ ފެނިފަ އެވެ. ބުނެވޭ ގޮތުގައި ޓްވިޓާ އަށް އިންވެސްޓްކުރުމަކީ މައިކްރޮސޮފްޓުން ވެސް ބޭނުންވާ ކަމެކެވެ. މިއަހަރު ކުރީކޮޅު ރަޝިޔާގެ ޑިޖިޓަލް ސްކައި ޓެކްނޮލޮޖީޒުން ވެސް ވަނީ އުފާވާ ވަރަށް ޓްވީޓާ އަށް އިންވެސްޓްކޮށްފަ އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ގުރެޖްއޭޝަން ބާއްވައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ގްރެޖްއޭޝަން ޙަފްލާ އެސްކޫލްގައި ރޭ ބާއްވައިފިއެވެ. ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި ޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، …

ޚިޔާލެއްދެއްވާ

avatar
wpDiscuz