ސައުދީ ގެ ފައިނޭންސް މިނިސްޓަރަކަށް އާބޭފުޅަކު އައްޔަން ކުރައްވައިފި.

ސައޫދީ އަރަބިއާގެ ރަސްގެފާނު ކިންގ ސަލްމާން ބިން ޢަބުދުލް އަޒީޒް އެޤައުމުގެ ފައިނޭންސް މިނިސްޓަރަކަށް އާ ބޭފުޅަކު ހަމަޖައްސަވައިފިކަމަށް އަލް ޢަރަބިޔާ ނިއުސް ބުނެފިއެވެ.

ސައޫދީ ރަސްގެފާނަށް ލިބިވަޑައިގަންނަވާ ޤާނޫނީ ބާރުގެ ދަށުން ކުރީގެ ފައިނޭންސް މިނިސްޓަރަކަށް ހުންނެވި އިބްރާހިމް ޢަބުދުލް ޢަޒީޒު އަލް އައްސާފުގެ ބަދަލުގައި މިފަހަރު އައްޔަން ކުރެއްވީ ޝާހީ ޢާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމުގައިވާ މުޙައްމަދު އަލް ޖަދާން ކަމަށްވެސް އެނޫހުގައި ވެއެވެ.

މުޙައްމަދު އަލް ޖަދާން އަކީ މީގެ ކުރިން ސައޫދީ ކެޕިޓަލް މާކެޓް އޮތޯރިޓީގެ ޗެއަރމަން އެވެ.

މީގެ އިތުރުން އަލް އަރަބިޔާ ނިއުސް ބުނާގޮތުން ސައުދީގެ ރެޑްކްރެސެންޓް ގެ ރައީސަކަށްވެސް ވަނީ ބޭފުޅަކު މިދިޔަ ހޯމަދުވަހު އައްޔަން ކުރައްވާފައެވެ. ސައޫދީ ރެޑްކްރެސެންޓްގެ އާ ރައީސަކަށް ހަމަޖެއްސެވީ މުހައްމަދު އަލް ޤަސަމް ކިޔާ ބޭފުޅެކެވެ.

ސައޫދީ ސަރުކާރުގެ އިސްމަޤާމްތަކަކަށް ބަދަލު ގެންނަވާފައިވާއިރު އިސްލާމްދީނުގެ ނަމުގައި ހަރުކަށި ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ދުނިޔޭގެ އެތަންމިތަނުގައި ހިންގަމުން ގެންދާ އައިއެސްގެ އަމާޒަކަށް މިހާރު ސައޫދީވެސް ވަނީ ވެފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަދީނާ ސިޓީއަށް ބިންހެލުމެއްގެ އަސަރުކޮށްފި.

މާތްވެގެންވާ މަދީނާ އަށް 2.5 މެގްނިޓިއުޑުގެ ބާރުމިނުގައި ބިންހެލުމެއްގެ އަސަރުކޮށްފިކަމަށް މަދީނާގެ މޫސުމާ ބެހޭ އޮފިޝަލުންނާ ޙަވާލާދީ ޢަރަބި ނިއުސްއިން …

ޚިޔާލެއްދެއްވާ

avatar