ސައިނަސް ފިލުވާލުމަށް ބޭނުންވަނީ އެންމެ 20 ސިކުންތު ، މިބޭސް ބޭނުންކުރައްވާ!

ސައިނަސްގެ މައްސަލައަކީ ވަރަށް ގިނަބަޔަކަށް ބޮޑުކަމަކަށްވެފައިވާ ފަސޭހަކުރަން އުނދަގޫ ބައްޔެކެވެ. ވަރަށް ބޮޑެތި ޚަރަދުތައް ކޮށްގެން މޮޅެތި ފަރުވާ ހޯދާވެސް ފަސޭހަނުވެފައި ހުންނަ ބައްޔެކެވެ.

މިބަލިޖެހިއްޖެނަމަ ނޭފަތުން ދޮންކުލައިގެ ރޯގާ އައުމާއި، ސައިނަސް ދުޅަވި ހިސާބެއްގައި ރިހުންހުރުމާއި، ބޮލުގެ ނިއްކުރިޔަށް ތަދުވުމާއި، ރޯގާ ފިލައިގެން ނުދިއުން ނުވަތަ އެއަށްވުރެން ބޮޑުވަރު ވުމާއި، މާ ގިނައިން ކެއްސުން އަދި ހުންއައުމާއި، ނެވާލުމަށް އުދަގޫވުން ފަދަ އަލާމާތްތައް ފެނުމުގެ އިތުރުން ސައިނަސްގެ އުނދަގޫވާ ބައެއްމީހުންގެ ދެ ބުމަޔާ ދިމާލުގައި ފަށަލަޔަކަށް ދުޅަފެންނަ ހުރުން ފަދަ ޢަލާމާތްތައް ފެންނާނެއެވެ.

އެޕަލްސިޑަރ ވިނިގަރ އަކީ މިކަމަށް އޮތް ވަރަށް ރަގަޅު ފަރުވާއެކެވެ. އެއީ އޭގައި ވަރަށް ގިނަޢަދަދަކަށް ވިޓަމިންސް އާއި، މިނެރަލްސް އާއި ފައިބަރ ހުރުމުގެ ސަބަބުން ސައިނަސް އިންފެކްޝަންއަށް އޭގެ ސަބަބުން ވަރަށް ރަގަޅު ފަރުވާ ލިއްބައިދޭތީއެވެ.

އެޕަލްސިޑަރ ވިނިގަރ އަކީ އިންސާނުންގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ނުރައްކާތެރި ވައިރަސްތަކުން ސަލާމަތްކޮށްދޭ ބުއިމެއްވެސް މެއެވެ.

ސައިނަސްއަށް ބޭސް ތައްޔާރުކުރުމަށް ބޭނުންވާތަކެތި:

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 މޭޒުމަތީ ސަމުސާ މާމުއިތް

1 ލުބޯލުގެ ހުތް

½ ޖޯޑް ސާފުފެން

¼ ޖޯޑް އެޕަލްސިޑަރ ވިނިގަރ ( ނުފުރާނާ )

ތައްޔާރުކުރާނެގޮތް:

ފެންފޮދު ހޫނުކޮށްލާށެވެ. ދެން އެ ފެންފޮދު މަގަކަށް އަޅާށެވެ. އެއަށް އެޕަލްސިޑަރ ވިނިގަރ ފޮދު އެޅުމަށްފަހު ގިރާލާށެވެ. ހިހޫވަންދެން އިރުކޮޅަކު ބެހެއްޓުމަށްފަހު އޭގެ ތެރެއަށް މާމުއިތްފޮދާއި، މުގުރިމިރުސްކޮޅު އަޅާށެވެ. ދެން އަނެއްކާވެސް ގިރާލާށެވެ. ރަގަޅަށް މިކްސްކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ލުބޯހުތް ފެލާށެވެ. އަނެއްކާވެސް ގިރާލާ އެއްކޮށްލާށެވެ.

ސައިނަސް ރަގަޅު ވަންދެން މަދުމަދުން ބޯށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
Anonymous
Anonymous

Konkahala miruheta