ސަރުކާރު ހިއްސާވާ ދެ ކުންފުންޏަކަށް ޗެއާމަނުން އައްޔަން ކުރައްވައިފި

salim

ސަރުކާރުގެ ވިޔަފާރި ދެކުންފުނިކަމުގައިވާ އެސްޓިއޯ އާއި އެމްޓީސީސީގެ ޗެއާރމަންކަމަށް ދެ ބޭފުޅަކު ހަމަޖައްސަވައިފިއެވެ. ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ޗެއާމަނަކަށް ހަމަޖެއްސީ އެމްޑީއޭގެ މެމްބަރު އަދި ކުރިން އެމްޓީސީސީގެ ބޯޑް މެންބަރަކަށް ހުންނެވި ހުސެއިން ސާލިމެވެ.

އަދި އެމްޓީސީސީގެ ޗެއާމަނަކަށް ހަމަޖެއްސެވީ ސ. މީދޫ ހަސަންކާރީގެ އަހްމަދު ނިޔާޒެވެ. އޭނާ ކުރިން މަސައްކަތް ކުރެއްވީ ސަރުކާރުގެ ވިޔަފާރި ކުންފުނި، އެމްޓީޑީސީގަ އެވެ.

މިދެބޭފުޅުން މި މަޤާމްތަކަށް އައްޔަން ކުރެއްވިކަން ހާމަ ކުރައްވާފައިވަނީ ޕްރައިވެޓޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު މިއަދު ކުރެއްވި ދެ ޓުވީޓެއްގައެވެ. އޭނާ ވިދާޅުވީ އެ ދެބޭފުޅުން އެ ދެ މަގާމަށް އައްޔަން ކުރެއްވީ އިއްޔެ ކަމަށެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫގައި އަލަށް އަނެއްކާވެސް ފިހާރައެއް ހުޅުވައިފި.

ނ.ލަންދޫގައި އަނެއްކާވެސް އަލަށް ފިހާރައެއް ހުޅުވައިފިއެވެ. ލަގްޒަރީ ވަރަށްގިނަދަ މުދާ ލިބެން ހުންނަ މިފިހާރަ ހުޅުވީ ނ.ލަންދޫ އަޅިވިލާގެ މުޙައްމަދު …

ޚިޔާލެއްދެއްވާ

avatar
wpDiscuz