ސަރުކާރުން ޒުވާނުންނަށް އިސްކަންދެއްވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ޞިޔާދަތު ދެމެހެއްޓެވުމަށް – ރައީސް

މިއަހަރު ޒުވާނުންގެ އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅުންނާއެކު ރައީސް އަދި ޔޫތުމިނިސްޓަރ ފޮޓޯފުޅަކަށް ހުއްޓިވަޑައިގެންފައި / ފޮޓޯ: ރައީސް އޮފީސް
މިއަހަރު ޒުވާނުންގެ އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅުންނާއެކު ރައީސް އަދި ޔޫތުމިނިސްޓަރ ފޮޓޯފުޅަކަށް ހުއްޓިވަޑައިގެންފައި / ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ހުރިހާ ސިޔާސަތުތައް ޒުވާނުންނަށް ފަހިވާގޮތަށް ބައްޓަންކުރައްވަނީ އަދި ޒުވާނުންނަށް އެހާބޮޑު އިސްކަމެއް މި ސަރުކާރުން ދެއްވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ޞިޔާދަތު ދެމެހެއްޓެވުމަށް އެންމެ އިސްދައުރެއް އަދާކުރައްވަނީ ޒުވާނުން ކަމުގައި ވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޒުވާނުންގެ ޤައުމީ އެވޯޑް ދިނުމުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެގޮތުން ދިވެހިޤައުމަށް ޒުވާނުންގެ ބޭނުންޖެހިއްޖެ ކޮން ޙާލަތެއްގައި ޒުވާނުންގެ ވަރުގަދަ އަޒުމާއި ޒުވާނުންގެ ޖޯޝް ފެނިގެން ގޮސްފައިކަމަށާއި، ދިވެހިރާއްޖޭގެ ސިޔާސީ ދައިރާގެ މުސްތަޤްބަލު ބައްޓަންކުރައްވަމުން ގެންދަވަނީ ޒުވާނުންނަށް ފަހިވާގޮތަށްކަމަށާއި، ޒުވާނުންގެ ބައިވެރިވުން ނުހިމެނޭ ސިޔާސީ ވެއްޓެއްގެ ކުރިމަގު އުޖާލާ ނުވާނެކަމަށެވެ.

ޒުވާނުންގެ ޤައުމީ އެވޯޑް ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މީގެ ކުރިން ޒުވާނުންނަށް ލިބިފައިނުވާ އެތައް ފުރުޞަތުތަކެއް ސަރުކާރުން ހޯއްދަވައިދެއްވާފައިވާކަށާއި، ކުރިއަށްއޮތްތަނުގައި މި ފުރުޞަތު އިތުރަށް ފަހިކޮށްދެއްވާނެކަމަށެވެ.

“ދިވެހި ޒުވާނުންގެ ޒުވާން ތާޒާ ލޭ، އަދި މި ލެއިން އުފެދޭ ޖޯޝުން ދިވެހިރާއްޖޭގެ ޞިޔާދަތު ރައްކާތެރިކޮށްދެނީ” ރައީސް ވިދާޅުވިއެވެ.

ސިޔާސީ ހަރަކާތްތަކާއި، ސިޔާސީ މީހުންގެ މަސައްކަތަކުގައި ޒުވާނުންނަށް އިސްކަން ނުދިން މީހުން ނާކާމިޔާބުވެގެންދިޔަ މަންޒަރު ފެނިގެން ގޮސްފައިވާކަމަށާއި، އެމަނިކުފާނާއި، އެމަނިކުފާނުގެ ޓީމުން ސިޔާސީ ދާއިރާއިން ހޯއްދެވި ކާމިޔާބީގައި ޒުވާނުންގެ ޙިއްޞާ ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“ޒުވާނުންނަކީ ދިވެހިރާއްޖޭގެ މިހާރު، ދިވެހިރާއްޖޭގެ މާދަމާ، އަދި ދެންއަންނަންއޮތް ޖީލުތަކުގައިވެސް އެންމެ އިސްދައުރެއް އަދާކުރާނެ މީހުން” ރައީސް ވިދާޅުވިއެވެ.

“ދުނިޔެއިން އިޤްތިޞާދީ ފުރުޞަތުތަކެއް އަޅުގަނޑުމެން އައިސް ޓަކިޖަހަންދެނެއް ނޯންނާނެ. އަޅުގަނޑުމެންޖެހޭނީ އެފުރުޞަތުގެ ބޭނުން ހިފަން. ދިވެހިރާއްޖެއަކީ ދިވެހިން އުފައްދާ އެއްޗެއް. ދިވެހިރާއްޖެ ބައްޓަންވާނީ ދިވެހިންވިސްނާގޮތަކަށް، ދިވެހިން އެދޭގޮތަކަށް” ރައީސް ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރު ޒުވާނުންގެ އެވޯޑު 10 ފަރާތަކަށް ދެއްވައިފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އޭ ޒުވާނުންނޭވެ ތިބާގެ ޒުވާންކަން ޣަނީމާ ކުރާށެވެ!

ޒުވާންކަމުގެ ނިޢުމަތަކީ ﷲ ޞުބްޙާނަހޫ ވަތަޢާލާ އިންސާނާއަށް ދެއްވާ އެންމެ ބޮޑު އެއް ނިޢުމަތެވެ. ޒުވާން ޢުމުރަކީ އިންސާނާ ފުރާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz