ގޫގުލް ކީބޯޑަށް ދިވެހި އިތުރު ކޮށްފި.

މިއީ ސްމާޓް ފޯނެއް ގެންގުޅޭ ކޮންމެމީހަކުވެސް އިންތިޒާރުކޮށްގެން ހުންނާނެ ވަގުތަކަށް ވެދާނެއެވެ. އެހެނީ މޯބައިލް ފޯނުގައިވެސް ދިވެހި އަކުރުން ލިޔެލަން ބޭނުންވާ ކިތަންމެ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި މިއަދު އެބައުޅެއެވެ. އެންމެބޮޑަށް ދިވެހިން ލިޔަން ބޭނުންވާ ހާލަތަކީ ދިވެހިބަހުން ގޫގުލް ސަރޗް ކޮށްލަން ބޭނުންވާ ވަގުތުއެވެ. އެނޫން ވަގުތު ތަކުގައިވެސް ދިވެހި އަކުރުން ޓައިޕްކޮށްލަން އޮންންނަނީ މަދުފަހަރެއްގައި ނޫނީ ބޭނުންވެފައެވެ.

ދިވެހިން ޓައިޕް ކުރަންބޭނުންވެއްޖެ ޙާލަތުގައި މީގެ ކުރީގައި ބޭނުންކުރަންމިޖެހެނީ ދިވެހި ލޭންގުއޭޖް ސަޕޯޓްކުރާ ކޮންމެވެސް ކީބޯޑެކެވެ. އެފަދަ ކީބޯޑް ތަކުގެ ތެރޭގައި މަލްޓިލިންގުއޭޖް ކީބޯޑް އާއި ސްވިފްޓް ކީބޯޑް ފަދަ ކީބޯޑްތައް ހިމެނެއެވެ. ނަމަވެސް މިއިން ކޮންމެ ކީބޯޑެއްގައިވެސް ބައިވަރު ސެޓިންތަކާ ކުޅެގެން ދިވެހި ލޭންގުއޭޖް އެޑް ކުރެވޭއިރު އަދި އިތުރު އެހެނިހެން މައްސަލަތައްވެސް ދިމާވެއެވެ. މިސާލަކަށް ގޫލްސަރޗް ކޮށްލުމަށް ބޭނުންވާ ހިނދެއްގައި ގޫލްގުލް ސަރޗް އަށް ވަންނަންޖެހުމާއި، ދިވެހި ސެލްކްޓް ކުރުމަށް ގިނަކަންކަން ކުރަންޖެހުން ފަދަ އުނދަގޫތަކެވެ.

މިހުރިހާ ހައްލެއް މިއަދު އަޅުގަނޑުމެންނަށް ގެނެސްދީފައިމިވަނީ ގޫގުލް އެވެ. ގޫގުލް ކީބޯޑް އެންޑްރޮއިޑް އަދި އައިއޯއެސް ފޯންތަކަށް ތަޢާރަފް ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް ރަސްމީކޮށް ދިވެހި އެޑްކޮށްފައި މިވަނީ އިއްޔެއެވެ. ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ މީހުންވާހަކަ ދައްކާ 120 އަށް ވުރެ ގިނަ ބަސްތައް މިކީބޯޑަށް އެޑްކޮށްފައިވާއިރު ދިވެހި ހިމެނިގެން ދިއުމަކީ އަޅުގަނޑުމެން ދިވެހިން އުފާކުރުން ހައްޤު ކަމެކެވެ.

ގޫގުލް ކީބޯޑް ފޯނަށް އަޅަން ޖެހޭ މުހިއްމު ސަބަބުތައް ވަރަށް ގިނައެވެ.  ގޫގުލް ކީބޯޑުން ބޭނުން ވައްތަރެއްގެ އެމޯޖީއެއް ފަސޭހަކަމާއެކު ކޮންމެ އެޕްއަކަށްވެސް ސެލެކްޓް ކޮށްލެވެއެވެ.

ލިޔަންބޭނުންވާ ބަސް ނުވަތަ ލަފްޒް އޮޓެމެޓިކުން ހޯދައެވެ. އަދި ދެވަނަ ފަހަރަށް ލިޔާނަމަ އާބަހެއްނަމަވެސް އޮޓޯއިން އެޑްވެއެވެ. ކޮންމެހެން އިތުރު ޑިކްޝަނަރީއެއް އެޑްކުރާކަށް ނުޖެހެއެވެ. އަދި ޑިކްޝަނަރީއެއް އެޑްކޮށްލަން ބޭނުންނަމަ އެކަންވެސް ކުރެވެއެވެ.

ސްވިފްޓް ކީބޯޑެކޭ އެއްގޮތަށް ކީތަކުގައި އިގިލިކާއްތާލުމުންވެސް ބޭނުންވާ ފަލްޒް ޓައިޕް ކުރެވެއެވެ. މިހެން ގޮސް ވަރަށް ގިނަ ކަންތައްތައް ގޫގުލް ކީބޯޑުން ފަސޭހަކޮށްދެއެވެ.

ޕްލޭ ސްޓޯރުން ހިލޭ ލިބޭ މި ކީބޯޑު އަވަހަށް އިންސްޓޯލް ކޮށްލާށެވެ.

ތިރީގައިވާ ލިންކަށް ކްލިކް ކޮށްލާށެވެ.

Gboard – the Google Keyboard

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ފަތިހު ހޭލަން ބޭނުންތަ ؟ މިއޮތީ އެކަމަށް ޚާއްޞަ ފޯން އެޕްލިކޭޝަނެއް.

ބިޒީ ޝެޑިއުލެއްގައި އުޅެމުންދާ މީހުންނަށް ރޭގަނޑު ނިދޭއިރު ހުންނަނީ ބާރަ ނުވަތަ އެކެއް ޖަހާފައެވެ. ނުވަތަ އެއަށްވުރެވެސް ދަންވެފައެވެ. އެހެންނަމަވެސް …

ޚިޔާލެއްދެއްވާ

avatar
ކީބޯޑު
ކީބޯޑު

ދިވެހި ލޭންގްއޭޖް ނުފެނުނު.. ވަރަށް ހޯދިއްޖެ..

ރަނގަޅު
ރަނގަޅު

ތިބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ދަންނަވަން.ރަނގަޅު ދިވެހިރާއްޖޭގެ ކީބޯޑެއް ހޯދަންވެގެން ނެޓު ހާވާތާ ޒަމާން ގަނޑެއް ވެއްޖެ.ރ ޫޓު ނުކޮށް ތާނަ ލިޔެވޭ ގޮތް ވީތީ ރަނގަޅު.ރޫޓު ކުރު މަކީ އެހާ ފަސޭހަކަމެއް ވެސް ނޫން.

ގުރޫ
ގުރޫ

ދިވެހި ފޮންޓް އެބައިން. ފަރުމާ ފޮންޓާ ބޮޑަށް ވައްތަރީ

Mubaa
Mubaa

Nufenunu dhivesse . Varah haavaifin e keyboard…

ބޮލިފޮންޓް
ބޮލިފޮންޓް

ސެޓިން އަށް ގޮސް އިންޕުޓް ލެންގުއޭޖް ނެގީމަ ފެންނާނެ ދިވެހި އެކަމަކު އޭތި އިންނާނީ އަޕްޑޭޓެޑް ވަރޝަން ގައި އިނގޭ މުބާ

Mubaa
Mubaa

#samsung galaxy note 3.

Mubaa
Mubaa

App ge update version mi beynun kurany. Nufenunu.. i think magey phone massalaeh.. its a nore 3. Android 5.0. please any help

ޢަލީ
ޢަލީ

ބޮލި ފޮންޓް ދޯ

އަލީގެ ފްރެންޑް
އަލީގެ ފްރެންޑް

ބޮލި ފޮންޓުތަ؟ މަ އަދި ބަލައެއް ނުލަން ކޮން ފޮންޓެއްތޯ އެއް.

wpDiscuz