ގުޅިފަޅު ތަރައްގީކުރަން ބޭނުންކުރަމުން އަންނަ “އައި އޮފް މޯލްޑިވްސް” ޝިއާރުގެ ބަދަލުގައި “ގްލޯބަލް ގްރީން ސިޓީ”

ގުޅިފަޅު ތަރައްގީކުރަން ބޭނުންކުރަމުން އަންނަ “އައި އޮފް މޯލްޑިވްސް” ޝިއާރުގެ ބަދަލުގައި “ގްލޯބަލް ގްރީން ސިޓީ” މި ޝިއާރަށް ބަދަލުކުރަން ހަމަޖެހިފައިވާ ކަމަށް ގުޅިފަޅު ތަރައްގީކުރާ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ (ޖީޕީޑީ) އިން މިއަދު ބުނެފިއެވެ.

ގުޅިފަޅު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި އިމާރާތްކުރާ ފްލެޓްތަކުގެ ތެރެއިން “ޖީ” ބްލޮކް ފްލެޓްތަކުގެ ބިންގާ އަޅަން ބޭއްވި ރަސްމިއްޔާތަށް ފަހު ޖީޕީޑީގެ މެނޭޖިން ޑިރެކްޓަރު ރާޖް އެސް މަނިވަންނަން ވިދާޅުވީ ކުރިން ގުޅިފަޅު ތަރައްގީކުރަން ބޭނުންކުރަމުން ދިޔަ އައި އޮފް މޯލްޑިވްސް ޝިއާރު ރީބްރޭންޑް ކުރަން ނިންމާފައިވާ ކަމަށް. ގުޅިފަޅު ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫގެ ދަށުން މިއަދު ބިންގާ އަޅާފައިވާ ޖީ ބްލޮކްގައި 24 ފްލެޓް ހިމެނޭއިރު، މި ފްލެޓްތަކުގައި 48 ކޮޓަރި ހިމެނެއެވެ.

މީގެ އިތުރުން ރާޖް ވިދާޅުވީ މިއަދު ބިންގާ އެޅި ފްލެޓްތަކުގެ އިތުރުން މިހާރު ވެސް އިތުރު ތިން ބްލޮކްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ފުރަތަމަ ފިޔަވަހީގެ ދަށުން އަޅާ ހުރިހާ ފްލެޓެއްގެ މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށާ އަދި މި މަޝްރޫ އަށް ބޮޑު ޑިމާންޑެއް އެބަ އޮތް ކަމަށެވެ.

ޖީޕީޑީން ބުނީ ގުޅިފަޅު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ޖޫން މަހު ފެށޭވަރުވާނެ ކަމަށެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ގުޅީފަޅު ހުސްކުރުމަށް އެރަށަށް ފުލުހުން އަރައި އެތަން ހުސްކޮށްފި.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ތަރައްގީ ކުރަން ފެށި ގުޅީފަޅު ހުސްކުރުމަށް ފުލުހުން އެރަށުގައި ހަރަކާތްތެރިވުމަށްފަހު އެތަން ހުސްކޮށްފިއެވެ. …

ޚިޔާލެއްދެއްވާ

avatar