ގިނަ ސިޔާސީވެރިން އެންމެބޮޑަތި ދޮގުވެރިންނަށް

ދިވެހިރާއްޖެއަށް ” ޑިމޮކްރަސީ ” އޭ މިކިޔާއެއްޗެއް ތަޢާރަފްވާން ފެށި ދުވަސްވަރު އަޅުގަނޑުގެ ރައްޓެއްސަކު އަޅުގަނޑު ގާތުބުނިވާހައެއް މިިފަހަކަށް އައިސް ތާއަބަދުކަހަލަ ގޮތަކަށް އަޅުގަނޑުގެ ކަންފަތުގައި ހަރުލައިފައި ހުރެއެވެ. ރާއްޖެއަށް އަންނަނަމުންދާ ބަދަލްތަކަށް އިޝާރާތްކޮށް އެރަޙްމަތްތެރިޔާ  ބުނީ ” ސިޔާސީ މީހުންވަރުގެ ބޮޑަތި ދޮގުވެރިން މި ދުނިޔޭގައި މަދުވާނެ ” ކަމުގައެވެ.

އެ ރަޙްމަތްތެރިޔާ މިހެންބުނީ މީގެ ތިންއަހަރު ކުރިންނަަވެސް މިއަދުވެސް އަޅުގަނޑުގެ ހިތުގައި މި ވާހަކަ ހަރުުލުމުގެ އަސްލަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަަޢުއިންނާއި ބޭރު ދުނިޔެއިން މި މަންޒަރުތައް ކެޑިނޭޅި ފެންނަމުންދާތީއެވެ. ސިޔާސީ ލީޑަރުންނާއި ހިސާބުންފެށިގެން އެންމެ އާދައިގެ ސިޔާސީ މީހާއަޢި ހިސާބުންވެސް ފެނިގެން މިދަނީ ހެއްދިވިހާ ދޮގުތައް ހަދަމުން ޢާއްމު ރައްޔިތު މީހާއަށް އޮޅުވާލަށް މަސައްކަތް ކުރަމުންދާތަނެވެ.

ބޭރުދިނެޔެއަށް ބަލާލާއިރު މެެދުއިރުމަތީގެ ޤައުމުތަކުގެ ލީޑަރުން އެލީޑަރުންގެ ޤައުމުތަކުން ބޭރުކޮށް އެޤައުމުތަކުގެ ރައްޔިތުންނަށް މިނިވަންކަން ހޯދުމަށް މަސައްކަތް ކުރަން ޖެހުމުގެ އެންމެ ބޮޑުއަސްލަކަށް ވެގެންދިޔައީ އެޤައުމުތަކުގެ އިސްވެރިން ހައްދަވަމުން ގެންދެވި ބޮޑަތިވެގެންވީ ދޮގުތަކެވެ. ލީބިޔާ އާއި މިސްރާޢި ޔަމަންގެ އިތުރުން އުރުދުނުންވެސް މިއަދު ފެންނަމުންދަނީ މިފަދަ މަންޒަރުތަކެވެ.

އަޅުގަނޑުމެންގެ މިޤައުމަށް ބަލާލާއިރު ޤައުމުގެ އިސްވެރިޔާ އާއި ދައުލަތުގެ ވަޒީރުންނާއި އެބޭފުޅުންގެ ނައިބް ބޭފުޅުންއިން ފެށިގެން އަތޮޅުކައުންސިލަރުންނާއި ރަށުކައުންސިލަރުންނާޢި ހިސާބުން ފެނިގެން މިދަނީ ތަފާތު ދޮގުތައް ހަދަމުންދާ މަންޒަރެވެ.

މިގޮތުން ރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާ ރާއްޖޭގެ ރައްޔިތުނަށް ކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާ ތަފާތު ވަޢުދުތަކުގެ އިތުރުން ރާއްޖޭގެ ރައްޔިތުނަން ތަފާތުކަންތައްތައް އޮޅުވާލެއްވުމަށް ޓަކައި ހައްދަވާ ދޮގުތައް ފާހަގަ ކޮށްލެވެއެވެ. މިގޮތުންވެސް އެންމެފަހުން ރާއްޖޭގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން އެންމެބޮޑަށް ފާޅުވި ދޮގަކީ ސާކުސަމިޓާއި ގުޅިގެން އަޢްޑޫގައި ބެހެއްޓެވި މޮނިޔުމަންޓްތައް ބެހެއްޓިކަން އެމަނިކުފާނަށް އެގިނުލައްވާކަމަށް ވިދާޅުވެ ހެއްދެވި ބޮޑުއިތުރު ފުޅެވެ. މޮނިޔުމަންޓްތައް ބަހައްޓާ މޮނިޔުމަންޓްތައް ރަސްމީކޮށް އިފްތިތާޙްކުރެވުނުއިރު އެމޮނިޔުމަންޓްތައް ގާތު ރާއްޖޭގެ ރައީސް ހުންނެވި މަންޒަރުތައް ދައްކުވައިދޭ ވީޑީޔޯ އަޢި ފޮޓޯ ރައްޔިތު މީހާއަށް ފެންނަން ހުންނަ އިރުވެސް އެމަނިކުފާނު ވިދާޅުވަނީ އެ މޮނިޔުމަންޓްތައް ބެހެއްޓެވިކަން އެމަނިކުފާނަށް އެގިވަޑައިގަތީވެސް ބަޔަކުމީހުން އެ މޮނިޔުމަންޓްތަކަށް ގެއްލުންދޭން ފެށީމައި ކަަށެވެ. މިހިރީ ސިޔާސީވެރިންގެ ދޮގުހެއްދެވުން ހުރިމިންވަރެވެ.

ރަށްރަށުގެ ކައުންސިލަރުންވެސް ހަމަ މިފަދައެވެ. ބައެއްރަށްރަށުގެ ކައުންސިލަރުން އެމަޤާމަށް ކެންޕޭން ކުރެއްވިއިރު ވެވަޑައިގެންނެވި ވަޢދުުތައް ހަދުމަނެތްފަދައެވެ. އިންތިޙާބު ވެލެއްވުމަށްފަހު ޓީމެއްގެ ގޮތުގައި މަސައްކަތް ފައްޓަވާ ރައްޔިތުންގެ ކުރި މައްޗަށް ނުކުންނެވި ފުރަތަމަ ދުވަހު ދެއްކެވި ” ވާހަކަކޮޅު ” މިއަދު މިވަނީ  ޓީމް ރޫޅި ބައިބައިވެ ” އެމީހަކާއި އެމީހަކުވެ ” ވައުދަކީ އަދި އެދުވަހު ދެއްކި ވާހަކައަކީ ވަކި ބޭފުޅަކު ނުވަތަ ވަކި ބޭފުޅުންތަކެއް ހެއްދެވި ވާހަކަފުޅު ތަކަކަށް ވެފައެވެ. ގިނަ ސިޔާސީ ބޭފުޅުންގެ ހާލަކީމިއެވެ. ހަމަ ޙަޤީގަތުގައިވެސް ގިނަ ސިޔާސީ ބޭފުޅުންނަކީ ދޮގުވެރިންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދުއަށް ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު ބަނދަރުކުރާނެ

ނ.ލަންދުއަށް ގެންނަ 250 ކިލޯވޯޓްގެ ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު 7 އާއި 8 ދެމެދު ލަންދުއަށް …

ޚިޔާލެއްދެއްވާ

avatar
Hakunamatatayouko
Hakunamatatayouko

may be people of maldivian exectly they never know about the politics.

ޚަދީޖާ މާޅެންދޫ
ޚަދީޖާ މާޅެންދޫ

ސިޔާސީ ވިޔަސް ނުވިޔަސް ދެން މިއޮތީ ވާނެ ހަތަރެ އެތިން އެކަތިވެފާ . ދެން މަޤައުމު ރަގަޅު ކޮށް ހަމަމަގަށްއެޅުވޭނެ މީހަކުނާންނާނެ. އެއީ އަންނިގެ ބޭބެ ޑރ.ނާޝިދު ކަމުގައި ވިޔަސް ވަރިހަމަ

akubaru
akubaru

ސިޔާސީ ވެގެންގޮސް މުޅި މިޤައުމުން ހަލާކުވެއްޖެ ، ސިޔާސީ މީހުން ހީކުރަނީ ދޮގު ހަދައިގެން ހުރިހާކަމެއްވާނެކަމަށް އެކަމަކު އެހެނެއްވެސް ނުވާނެތާ 

dhofuthu ge bappa
dhofuthu ge bappa

 ސިޔާސީ ވެގެން ނޫނީ ސިޔާސީ ކަމެއް ނުކުރެވޭނެ. ވެރިކަން ހިންގުމަކީ އަބަދުވެސް ސިޔާސީ ކަމެއް . އެހެންވީމާ ފުރިހަމަ ޑިމޮކްރަސީއެއްގައި އެންމެންވެސް ވަރަށްބޮޑަށް ސިޔާސީ ވެގެންނޫނީ މިކަން ކާމިޔާބެއް ނުވާނެ. ރާޢްޖޭގައި ދިމާވެގެން މިއުޅެނީ އެގޮތް ސިޔާސީ ކިޔާފަ ވަކިބަޔަކު ތިބޭން ޖެހޭކަމަކަށް އަޅުގަނޑު ނުދެކެން.

wpDiscuz