ގިނަޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ލަންދޫން 3 ޒުވާނަކު ހައްޔަރުކޮށްފި.

police2
ގިނަޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ލަންދޫން ތިންޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ހެނދުނުގެ ވަގުތެއްގައި ގެންގޮސްފިއެވެ.
މަންޒަރުދުށްމީހުން ބުނާގޮތުން މިއަދު ފުލުހުންގެ ބޮޑު ޓީމެއް ލަންދުއަށް ވަޑައިގެން ކޯޓު އަމުރެއްގެ ދަށުން ލަންދޫގެ މީހުންއުޅޭ ގެއެއްވެސް ވަނީ ބަލާ ފާސްކޮށްފައެވެ.
ލަންދޫން ހައްޔަރު ކުރި ތިންޒުވާނުން މިއަދު ހައްޔަރު ކޮށްފައިވަނީ އެ ގެ ބަލާފާސްކުރުމަށް ފަހުއެވެ. އެތިން ޒުވާނުން މިހާރުވަނީ ބިޑިއަޅައިގެން ފުލުހުންގެ ބެލުމުގެ ދަށުން މަނަދޫ ޕޮލިސްސްޓޭޝަނަށް ގެންގޮސްފައެވެ.
މިމައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުން ދާތީއާއި، ފުލުހުންގެ މީޑިއާ އޮފިޝަލަށް އަދި މިކަމާބެހޭ މައުލޫމާތު ލިބިފައި ނުވާތީ ފުލުހުންގެ ފަރާތުން އަޅުގަނޑުމެންނަށް އަދި ބަހެއް ލިބިފައެއް ނުވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަސްތުވާތަކެއްޗާއެކު ނ. ލަންދޫން ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. …

ޚިޔާލެއްދެއްވާ

avatar