ގިނަބަޔަކު އުއްމީދުކުރި ދެޓީމްގެ ކުރިމަތިލުމަކަށް ޔޫރޯގެ ފައިނަލްވުން ގާތް

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށުމުގެ ކުރިންވެސް މީޑިޔާތަކުގައި ބުނަމުންދިޔައީ މިފަހަރުގެ ޔޫރޯފުޓްބޯޅަ މުބާރާތުގެ ފައިނަލް ގައި ބައްދަލްކުރާނީ އެންމެފަހުގެ ޔޫރޯގެ ޗެމްޕިއަން އަދި ދުނިޔޭގެ ޗެމްޕިއަންގެ މަޤާމްގައި މިވަގުތު އޮތް ސްޕޭނާއި މިހާރު ދުނިޔޭގައި އޮތް އެންމެމޮޅު ފުޓްބޯޅަ ޓީމްކަމަށް ގިނަބަޔަކު ބުނަމުން އަންނަ ޖަރުމަން ކަމަށެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށި ކުއާރޓަރ ފައިނަލާއި ހިސާބަށް ޓީމްތައް ހޮވުނުއިރު ގިނަބައެއްގެ ހީކުރުންތައް މިހާރުމިވަނީ ކަށަވަރުވާން ފަށާފައެވެ. މުބާރާތުގައި ޖަރުމަނާއި ސްޕޭނުގެ ފަރާތުން މިހާތަނަށް ފެނިގެންގޮސްފައިވާ ކުޅުމަށްބަލާއިރު މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ބައްދަލްކުރާނީ މި ދެޓީމެވެ.

މިފަހަރުގެ ޔޫރޯ ކްއާރޓާގެ މެޗްތަކާއި ހިސާބަށް އައިސްފައިވާއިރު މުބާރާތުގައިވަނީ އާދަޔާޚިލާފް ނަތީޖާތަކެއް ނިކުމެފައެވެ. މިގޮތުން އެންމެފާހަގަ ކޮށްލެވެނީ އެންމެފަހުން ބޭއްވުނު ވޯލްޑަކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޓީމް ފުރަތަމަ ބުރުން ކެޓްމާއި މުބާރާތުގެ ފުރަތަމަ މެޗުގައި މޮޅުކުޅުމެއްދައްކާ ދެވަނަ މެޗް އެއްވަރުކުރި ވަރުގަދަ ރަޝިޔާ ގްރީސްއަތުން 1 ލަނޑު 0 ލަނޑުން ބަލިވެ މުބާރާތުން ކަޓައިގެން ދިއުމެވެ. ޔުކުރޭނާއި ޕޮލެންޑުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރޭން އައު ކުޅުންތެރިޔަކު މާބޮޑަށް އަޅައި ނުގެން ނަމަވެސް ތަރިންގެ ގޮތުގައި ފާހަނގަ ކުރެވުނު ކުޅުންތެރިންގެ ހުނަރުވެރިކަން އަންނަނީ ވަރަށް ރަނގަޅަށް ފެންނަމުންނެވެ. މީގެ ތެރޭގައި އާޖެންޓީނާ އާއި ބާސާގެ ތަރި މެސީ އާއިއެކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް އެންމެފަހުންވާދަކުރި ޔޫރަޕްގެ ދެކުޅުންތެރިންކަމަށްވާ ސްޕޭންގެ ޒާވީ އާއި ޕޯޗުގަލުގެ ކްރިސްޓީއާރނޯ ރޮނަލްޑޯގެ ކުޅުން ފާހަނގަ ކޮށްލެވެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޔޫރޯގެ ދެވަނަ ތައްޓާއިއެކު ސްޕޭން ތާރީޙްގެ ތެރެއަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މަޝްޙޫރު އިޓަލީ އާއި ބައްދަލްކޮށް 4 ލަނޑު 0 ލަނޑުން މޮޅުވެ އިޓަލީ ލަނދު …

ޚިޔާލެއްދެއްވާ

avatar