ގާނޫނު އަސާސީގެ ދިފާއުގައި މަސައްކަތްކުރެވޭނީ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއަށް – ސަމީރު

sameer
ގާނޫނު އަސާސީގެ ދިފާއުގައި މަސައްކަތްކުރެވޭނީ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއަށް ކަމަށާ ، އެކަމަށް ފާޑުކިޔައި މަލާމަތްކުރަން ބަޔަކު ނިކުތް ނަމަވެސް އެކަމާއި ހައިރާން ނުވާ ކަމަށެވެ.
ސަމީރު މިހެންވިދާޅުވީ ވީޓީވީން ގެނެސްދޭ ފަސްމަންޒަރު ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ސަމީރު ވިދާޅުވީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ މަސައްކަތްތަކަށް ފުރައްސާރަކޮށް ގާނޫނު އަސާސީގެ ދިފާއުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބަޔަކު ބުނި ނަމަވެސް އެކަން ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ. އަދި އެ މަސައްކަތާއި ދެކޮޅަށް ނިކުމެ މިއަދު މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކަކީ ގާނޫނު އަސާސީއާ ހިލާފަށް ކަންކަން ކުރަމުންދާ ބަޔަކަށްވާތީ ރައްޔިތުންގެ ހައްގުގައި އެފަދަ ފަރާތްތަކަށް އެ މައްސަކަތެއް ނުކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
“މިއީ ނަތީޖާ ނެރެވޭނެ ނަތީޖާ ނެރެދޭނެ މަސައްކަތެއް. އެކަން އަޅުގަނޑުމެންގެ މަސައްކަތުން ފެންނާނެ،” ސަމީރު ވިދާޅުވި އެވެ.
ސަމީރު މިހެން ވިދާޅުވެފައިވާއިރު ޖުމުހޫރީ ޕާޓީގެ އިސްބޭފުޅުންތަކެއް މިހާރުވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ. އެބޭފުޅުންގެ ތެރޭގައި ޖުމްހުރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އަންވަރު ހިމެނިވަޑައިގަންނަވައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓަކުވެސް ވާދަކުރާނެ: ރިޔާޒު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއްވެސް ވާދަކުރައްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.އަބުދުﷲ …

ޚިޔާލެއްދެއްވާ

avatar
wpDiscuz