ގައުމީ ދިފާއީ ބާރުގެ އިންޓަރ ޔުނިޓް 15 ވަނަ ފައިބޯޅަ މުބާރާތް ފަށައިފި

ކޮމާންޑަރ އިސްމާޢީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވޭ ގައުމީ ދިފާއީ ބާރުގެ 15 ވަނަ ފައިބޯޅަ މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ، ފައިބޯޅަ އިދާރާގެ 1 ނަމްބަރު ޓާފް ދަނޑުގައި ފަށައިފި އެވެ. ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހި ފައިބޯޅަ އިދާރާގެ ރައީސް އަލްފާޟިލް ބައްސާމް އަދީލް ޖަލީލު އެވެ.

މުބާރާތް ފެށުމުގެ ގޮތުން ކުޅެވުނު މެޗުގައި ބައްދަލުކުރީ މި މުބާރާތުގެ އެއްވަނަ ޑިވިޜަންގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމް ފަޔަރ އެންޑް ރެސްކިއު ސާރަވިސްއާއި މެރިން ޑިޕްލޮއިވްމަންޓް ޔުނިޓް 2 ގެ ޓީމެވެ.  މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ފަޔަރ އެންޑް ރެސްކިއު ސާރަވިސްގެ ޓީމެވެ.

ދެ ޑިވިޜަންއަކަށް ބަހާލެވިގެން ކުރިއަށްދާ މި މުބާރާތުގެ އެއް ވަނަ ޑިވިޜަންގައި 10 ޓީމް ހިމެނިފައިވާއިރު ދެ ވަނަ ޑިވިޜަންގައި 9 ޓީމް ހިމެނެއެވެ.  ފުރަތަމަ ޑިވިޜަންގައި ހިމެނޭ ޓީމުތަކަކީ ފަޔަރ އެންޑް ރެސްކިއު ސަރވިސް، މެރިން ޑިޕްލޮއިމަންޓް ޔުނިޓް 2، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް، ޕްރެސިޑެންޝަލް ގާޑް، މާލޭ އޭރިއާ ހުޅުލެ ޕޯސްޓް، މެރިން ޑިޕްލޮއިމަންޓް ޔުނިޓް 3، ސެންޓްރަލް އޭރިއާ، މެރިން ޑިޕްލޮއިމަންޓް ޔުނިޓް 1ގެ އިތުރުން ކޯސްޓްގާޑެވެ.

ދެވަނަ ޑިވިޜަންގައި ހިމެނޭ ޓީމުތަކަކީ ބޭންޑް އެންޑް މިއުޒިކް ވިންގް އަދި ސަޕްލައި ސަޕޯޓް ސާވިސް ކޮމްބައިން ޓީމް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަރޑީޒް އަދި ކްއާޓަރ މާސްޓަރ ސަރވިސްގެ ކޮމްބައިން ޓީމް، ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި ދިވެހި ސިފައިންގެ ކުލަބުގެ ކޮމްބައިން ޓީމް، މިލިޓަރީ އިންޖިނިއާސް، މިލިޓަރީ ޕޮލިސް، ސިގްނަލް އަދި މެޑިކަލް ސަރވިސްގެ ކޮމްބައިން ޓީމް، އޯޑަނަންސް ސަރވިސް، ޓްރާންސްޕޯޓް ސަރވިސް އަދި މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ކޮމްބައިން ޓީމްގެ އިތުރުން އިންޓެގްރޭޓެޑް ހެޑްކުއޯޓާރޒްގެ ޓީމެވެ.

މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރީހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ފައިބޯޅަ އިދާރާގެ 1 ނަމްބަރު ޓާރފް ދަނޑު ގައެވެ.

މިރަސްމިއްޔާތުގައި ހަވާ އެރުވުމުގެ ހަރަކާތްތަކާއެކު މުބާރާތުގެ ދެ ޑިވިޜަންގެ ތަށި ދަނޑަށް ގެނެސްފައިވަނީ ދިފާއީ ބާރުގެ ޑްރިލް ވިންގުންނެވެ. މި މުބާރާތުގެ ތައްޓަކީ ދިފާއީ ބާރުގެ އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާޒްގެ ހުނަރުވެރި ސިފައިން ތައްޔާރުކޮށްފައިވާ ތައްޓެކެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރާއި ދިފާއީ ބާރުގެ ޗީފް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި، ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ އޮފިސަރުން އަދި ގިނައަދަދެއްގެ ސިފައިންނާއި މުބާރާތުގެ ޓީމުތަކުން ބައިވެރިވިއެވެ.

ލިޔުނީ: ލޭފަވެތި

ލޭފަވެތި މީ އަމިއްލަ ޝައުގުގައި މިދާއިރާއިން ކުރިއަށްދާން މަސައްކަތްކުރާ ޒުވާނެކެވެ. އާއްމުކޮށް ހުރިހާ ދާއިރާއެއްގެ ހަބަރާ މައުލޫމާތު، ލިޔުންތައް ގެނެއެވެ.

މިލިޔުންވެސް ކިޔާލާ

ނ.އަތޮޅުގައި ބާއްވާ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ގުރުނަގައިފި

ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްވީއެމް) އިން އިންތިޒާމްކޮށްގެން ނ.އަތޮޅުގައި ބާއްވާ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ގުރުނަގައިފި އެވެ. ސްކޫލް …

ޚިޔާލެއްދެއްވާ

avatar