ގައިގައި ޖަހާފައި ހުންނަ “އުން” ފަދަ ތަކެތި 5 ދުވަހުގެ ތެރޭގައި ފިލުވާލަން ބޭނުންތޯ؟

warts_1_high
އަޅުގަނޑުމެންގެ ތެރޭގައި ބައެއް މީހުންގެ ވަރަށްބޮޑު ކަންބޮޑުވުމަކަށްވެފައިއޮންނަނީ އެމީހުންގެ މޫނުމަތީގައްޔާއި، އަތްފައިގެ އެކިއެކި ތަންތާންގައި މަދުންނަމަވެސް ފަޅާފައި ހުންނަ އުންފަދަ ތަކެތި ފިލުވައިނުލެވުމެވެ. މިފަދަ ތަކެތި ގައިގެ އެތަންމިތާންގައި ފަޅާފައި ހުރިނަމަވެސް އެއީ ފަހަރެއްގައި ތަދު އިޙްސާސް ނުވާ ކަމަކަށްވެދާނެއެވެ. ގިނައީ މިފަދަ އުން ޖަހާފައި ހުއްޓަސް ތަދު ނުވާމީހުންނެވެ.
ގައިގެ އެއްވެސް ތަނެއްގައި ބޭކާރު ނުވަތަ ބޭނުންނޫން ގޮތަށް ހަމުގައިވިޔަސް އެއްޗެއް ހުރުމަކީ އެއްވެސް މީހަކު އެދޭނޭކަމެއްނޫނެވެ. އަދި ކިއެއްތަ ވީއެންމެ އަވަހަކަށް ފިލުވާލުމަކީ ކޮންމެމީހަކުވެސް ބޭނުންވާނެކަމެއްކަންޔަޤީނެވެ.
އެފަދަ އުންތަކާއި، ތަފާތު ވައްތަރުވައްތަރުގެ ގޮތްނޭންގޭ ތަކެތި ގައިގެ ހަމުގައި ހުންނަ އަންހެނުންނަށްވެސް ފިރިހެނުންނަށް އަދި ކުޑަކުދިންނަށްވެސް އެތަކެތި ފިލުވާލުމަށް މިއަދު މިއޮތީ ވަރަށްފަސޭހަ މަގެއް ފެނިފައެވެ.
ބޭނުންވަނީ ބޭސް މަލަން ( ބޭންޑް އެއިޑް ) އާއި، ސުރުކާހުތް ( ވިނިގަރ ނުވަތަ އެޕަލް ސައިޑަރ ވިނިގަރ ) އެވެ.
ހައްދަވާނެ ގޮތަކީ އުންފަޅާފައިވާ ހިސާބު ވީހާވެސް ސާފުކޮށްލުމަށް ސައިބޯނި ނުވަތަ އެފަދަ އެއްޗެއް ބޭނުންކޮށްގެން ދޮވެލުމަށްފަހު ރަގަޅަށް ހިއްކާލައިފައި އޭގެ މަތީގައި ވިނިގާ އުނގުޅާނީއެވެ. އާދައިގެ ވަރަކަށް ވިނިގަރ އުނގުޅުމަށްފަހު ބޭސްމަލަން ކޮޅު އެތާމަތީގައި ތަތްކޮށްލާށެވެ. ދެން އެއްދުވަސް ކޮށްފައި އަނެއްކާވެސް ބޭސްމަލަންކޮޅު ނައްޓާލުމަށްފަހު އަނެއްކާ އެހެން މަލަންކޮޅެއް ހަމަމިގޮތަށް ހަދާށެވެ. އެގޮތަށް ރިޕީޓްކޮށް ރަގަޅަށް ފަރުވާތެރިކަމާއެކު ހަދައިފިނަމަ ގިނަވެގެން 5 ދުވަހުގެ ތެރޭގައި އުން ހަމަ އެއްކޮށް ފިލައިގެން ގޮސް ރީތިވާނެކަން ޔަޤީނެވެ.
އަޅެ އަޖުމަ ބައްލަވާލެއްވުމަށް ޓެސްޓް ކޮށްލަވާށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އޮޕަރޭޝަން ޑަކްޓަރުގެ ހިދުމަތް ވަގުތީގޮތުން މެދުކެނޑިފަ

ނ.އަތޮޅު ހަސްފަތާލުން އޮޕަރޭޝަން ޑަކްޓަރުގެ ހިދުމަތް ވަގުތީގޮތުން މެދުކެނޑިއްޖެއެވެ. އެ ހަސްފަތާލުން މީސްމީޑީއާގައި، މިއަދު އާއްމުކޮށްފައިވާ ‘ދަންނަވާލުމެއް’ ގައި ވާގޮތުން، …

ޚިޔާލެއްދެއްވާ

avatar