ގދ. ތިނަދު އާއި ލ. ގަމުގެ ނަރުދަމާގެ މަޝްރޫއު ހުއްޓުމެއް ނެތި ކުރިއަށް- ހައުސިންގް މިނިސްޓްރ

ގދ. ތިނަދު އާއި ލ. ގަމުގެ ނަރުދަމާގެ މަޝްރޫއު ހުއްޓުމެއް ނެތި ކުރިއަށް ދާކަމުގައި ހައުސިންގް މިނިސްޓްރީއިން ބުނެފިއެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހައުސިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝަހީދާ އާދަމް އިބްރާހިމް ވިދާޅުވީ ދެ މަސް ދުވަހުގެ ތެރޭގައި މިމަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށާ، ފްރެންޗް ޑިވެލޮޕްމެންޓް އެޖެންސީ (އެފްއޭޑީ)ގެ އެހީގައި ހިންގުމަށް ރާވާފައިވާ މި މަޝްރޫއަކީ ދުއިސައްތަ މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

އަދި ތިނަދު އާއި ގަމުގެ ނަރުދަމާގެ މަޝްރޫއަށް ފަސް ކުންފުންޏަކުން ބީލަން ހުށަހަޅާފައިވާ ކަމަށާއި އެ ބީލަންތައް ދިރާސާކޮށް ނިންމާފައިވާ ކަމަށް ޝަހީދާ ވިދާޅުވިއެވެ. އަދި ތިނަދު އާއި ގަމުގެ ނަރުދަމާގެ ނިޒާމު ބަޔަކާ ހަވާލުކުރުމަށް ލަސްވެގެން ދިޔައީ، އެ ދެރަށުގެ ނަރުދަމާ ޑިޒައިންކުރަން ހަވާލުކުރި ބަންގްލަދޭޝްގެ ކުންފިން ހުށަހެޅި ޑިޒައިން ކަމު ނުދިއުމާއި އެ ޑިޒައިންގެ ފެންވަރު ދަށްކަމުން ކަމަށް ވެސް ޝަހީދާ ވިދާޅުވިއެވެ.

އިތުރަށް ޝަހީދާ ވިދާޅުވީ މިހާރު ވެސް ނަރުދަމާ އެޅުމުގެ މަސައްކަތް ނަވާވީސް ރަށެއްގައި ކުރަމުންދާ ކަމަށާއި ފެނުގެ މަޝްރޫއު ހަ ރަށެއްގައި ހިންގަމުންދާ ކަމަށެވެ. ފެނުގެ މަޝްރޫއު ހިންގަމުންދާ ރަށްތަކަކީ ދުވާފަރާއި ދިއްދު އާއި ހިންނަވަރާއި ގައްދޫ މަހިބަދޫ އަދި އިހަވަންދޫއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް މިއަހަރުތެރޭގައި ފަށަނީ.

މިއަހަރުގެ ތެރޭގައި ބޯފެނާއި ނަރުދަމާގެ ހިދުމަތްދޭން މަސައްކަތްފަށާ  31 ރަށުގެ ތެރޭގައ ނ.ލަންދޫވެސް ހިމެނިއްޖެކަމަށް ނ.ލަންދޫ ކައުންސިލް އިދާރާއިން މިއަދު …

ޚިޔާލެއްދެއްވާ

avatar
wpDiscuz