ލޭގެ ކެންސަރު ޖެހިފައިވާ ކުޑަކުޑަ ސާރާއަށް އެހީ ހޯދުމުގެ ގޮތުން ނ. ލަންދޫގައި ފަންޑުފޮއްޓެއް ބަހައްޓައިފި.

ލޭގެ ކެންސަރު ޖެހިފައިވާ ކުޑަކުޑަ ސާރާއަށް އެހީ  ހޯދުމުގެ ގޮތުން ނ. ލަންދޫގައި ފަންޑުފޮއްޓެއް ބަހައްޓައިފިއެވެ. “ތަރުތީލުލް ޤުރްއާން އިންސްޓިޓިއުޓްގައި” މިއަދު ހެނދުނު 8:00 ން ފެށިގެން މިރޭގެ 10:00 ށް މިފޮށި ބެހެއްޓިފައި ހުންނާނެއެވެ. ތިޔަ އަޚުންނާއި އުޚްތުންގެ ދީލަތިކަމުގެ އިންތިޒާރުގައި ސާރާއާއި ސާރާގެ އާޢިލާއިން އެބަތިއްބެވެ. އެބޭފުޅަކަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. ރަށުން ބޭރުގައި ތިއްބެވި ބޭފުޅުންނަށްވެސް އެހީތެރިވެވިދާނެއެވެ. އެހީތެރިވުމުގެ ގޮތުން ސާރާ އަޙްމަދު ސަލީމްގެ ބައްޕަގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެއްވޭނެއެވެ.

Account Name: Ahmed Saleem

Account Number: 7715 117436001

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސާރާގެ ބޭބެ ޢަބްދުލް ބާސިޠު މުޙައްމަދަށް ގުޅުއްވާލައްވާށެވެ. ފޯން ނަމްބަރަކީ 9188819 އެވެ. ސާރާގެ ޙާލު އަހުވާލު ބައްލަވާލައްވަން ބޭނުންފުޅުވެލައްވާނަމަ މިވަގުތު އިންޑިޔާގައިހުރި ސާރާގެ މަންމަ ޝަހީމާ މުޙައްމަދާ ގުޅުއްވޭނެއެވެ. ނަމްބަރަކީ 918714444176+ އެވެ.

ނ.މާޅެންދޫ އޯކިޑްވިލާ ޝަހީމާ މުޙައްމަދާއި އޭނާގެ ފިރިމީހާ މއ.ޓްވައިލައިޓް އަޙްމަދު ސަލީމް ލޯބިވާ ދަރިފުޅު “ސާރާ އަހްމަދު ސަލީމް” އަށް ދިމާވެފައިވާ ޞިއްޙީ ޙާލަތުގެ ސަބަބުން ތަޙައްމަލު ކުރަމުންދަނީ ވަރަށް ހިތްދަތި ދުވަސްތަކެކެވެ. ޢުމުރުން އެންމެ 6 އަހަރުގެ ކުޑަކުޑަ ސާރާ އަޙްމަދު ސަލީމަކީ އެ ޢުމުރުގެ އެހެން ކުދިންނެކޭ އެއްފަދައިން ވަރަށް އުފާވެރި ޙަރަކާތްތެރި ދިރިއުޅުމެއް ވެއަތުކުރަމުންދިޔަ ކުއްޖެކެވެ.

އިންޑިޔާގައި ސާރާގެ އާޢިލާއިން ތިބޭ ތަނަށް ދުވާލަކަށް ތިންހާސް އިންޑިޔާ ރުޕީސް ދައްކަން ޖެހެއެވެ. އެއީ ހުރުމުގެ ޚަރަދު އެކަންޏެވެ. ކެއިންބުއިމާއި ދަތުރުފަތުރުގެ ޚަރަދު އަދި އޮތީއެވެ. މިކަމުގައި މުޅި އާޢިލާގެ އެހީތެރިކަން ލިބުނު ކަމުގައިވިޔަސް އެއީ އެކަށީގެންވާ ވަރެއްނޫނެވެ. ކުޑަކުޑަ ސާރާ މަރާ ކުރަމުންދާ ހަނގުރާމައިގައި ސާރާއާ އެކު ބައިވެރިވަމާތޯއެވެ. ކުރިމަތިވެފައިވާ ހިތްދަތިކަމުން އެ ނިކަމެތި އާޢިލާ މިންޖުކޮށްދެވޭތޯ ކޮންމެ ފަރުދަކަށްވެސް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ ބަލަމާ ހިންގަވާށެވެ. އެހީއަކަށް ބޭނުންވެފައިވާ މީހަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވޭތޯ އެމީހަކަށް ވެވުނު މިންވަރަކުން ބަލަމާ ހިންގަވާށެވެ. މިއަދު ސާރާއަށްޓަކައި ހޭދަކުރެވޭ އެންމެ ރުފިޔާއަކީ އާޚިރަތުގައި އެތައް ބައިވަރު ޘަވާބަކަށްވެދާނެކަން ހަނދާންކޮށް މިކަމުގައި އިސްނަގަމާ ހިންގަވާށެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

ޚިޔާލެއްދެއްވާ

avatar