ލިޔުންތެރިން

 • އަޙްމަދު ދާއޫދު / ލަންދޫ

  ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.
 • ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

  ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.
 • މިހާސް

  މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.
 • އަބްދުﷲ އިބްރާހީމް

  ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.
 • ޢައްބާސް ޢަބުދުﷲ / ނޫރު، ނ.ކެނދިކުޅުދޫ

  ޢައްބާސް އަކީ ދިވެހި ލިޔުންތެރިކަމުގެ ފަންނުގައި ކުރިއަރަމުން އަންނަ ހީވާގި ކެރޭ ޒުވާނެކެވެ. އޭނަގެ ލިޔުންތެރިކަމުގެ ފަންނުގައި އެންމެ ފާހަގަ ކޮށްލެވެނީ ކުރުވާހަކައާއި، ދިގުވާހަކައެވެ. އޭގެ އިތުރުންވެސް އިޖްތިމާޢީ ، އިޤްތިޞާދީ މަޢުޟޫޢު ތަކަށް އިންސާފުކުރުމުގައި އައްބާސްގެ ގަލަމަކީ ނުހިނގާ ގަލަމެކޭ ނުދެންނެވޭނެއެވެ. ލިޔުންތެރިކަމުގެ ކޮންމެ ދާއިރާއަކީވެސް އައްބާސްގެ ފަންނެކެވެ.
 • އަދުނާނު އިބްރާހީމް / ނ.މާޅެންދޫ

  ސިޔާސީވިޔަސް ސަމާސާވިޔަސް އެންމެންގެ ފިކުރާ ގުޅޭނޭހެން ލިޔުންތައް ލިޔުމަކީ އަދުނާނަކަށް މާބޮޑުކަމެއްނޫންކަން ލަންދޫއިންފޯގައި އަދުނާން ޝާއިޢުކުރާލިޔުންތަކުން އެނގެއެވެ. އަދުނާނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ.
 • ޢަބުދުﷲ އަރުމީލް

  އަރުމީލް އަކީ ލިޔުންތެރިކަމުގެ ފަންނުގައި ކުރިއަރަމުން އަންނަ ދަރިވަރެކެވެ. އޭނާގެ ހޮބީއަކީ އެކިރަހަތަކުގެ ކުރުވާހަކަ އާއި ދިގުވާހަކަ ލިޔުމެވެ. ވާހަކަ ލިޔުމުގެ އިތުރުން އަރުމީލުގެ ލިޔުންތެރިކަމުގެ ދާއިރާއިން އެހެނިހެން ކުލަތައްވެސް ފެނިގެންދާނެއެވެ.
 • ފަޒީލް ޙަސަން

  ފަޒީލް ޙަސަން ( ފައްޖޭ ) އަކީ ލަންދޫ ކައުންސިލް އިދާރާގެ އިންފޮމޭޝަން އޮފިސަރ ގެ މަސްޢޫލިއްޔަތުތަކާއި، ލަންދޫ ފުޓްބޯޅަޓީމްގެ މީޑިއަރ އޮފިސަރކަން އަދާކުރައްވަމުން ގެންދަވާ ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުންނަ ހީވާގި ޒުވާނެކެވެ. ޚާއްޞަގޮތެއްގައި ފައްޖެގެ ލިޔުންތައް ލަންދޫއިންފޯއިން ފެނިގެންދާނީ ލަންދޫކައުންސިލް އިދާރާ އާއި ގުޅުންހުރި ލިޔުންތަކާއި، ލަންފޫ ފުޓްބޯޅަ ޓީމާއި ގުޅުންހުރި ލިޔުންތަކެވެ. ޢާއްމު ގޮތެއްގައި ހުރިހާ ދާއިރާ އަކުންވެސް ފައްޖެގެ ލިޔުންތައް ފެންނާނެއެވެ.
 • މުޙައްމަދު ފަރުހާން

  މުޙައްމަދު ފަރުހާން ( ފަރޫ ) އަކީ ލިޔުންތެރިކަމަށް ލޯބިކުރާ ދަރިވަރެކެވެ. އޭނާ އެންމެ ބޮޑަށް ލިޔާހިތްވަނީ ކުރުވާހަކައާއި މަޒުމޫނެވެ. ލިޔުންތެރިކަމުގެ ފަންނުގައި ފަރޫ ކުރިއަށްދާނީ ކިޔެވުމުގެ އިތުރުން ހޮބީއެއްގެ ގޮތުގައި މި ފަންނު ކުރިއެރުމުގެ ގޮތުންނެވެ. ފަރޫގެ ލިޔުންތަކަށް ގިނަބައެއްގެ ތަރުޙީބު ދަނީ ލިބެމުންނެވެ.
 • ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

  ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .
 • އިރުފާނު ( އިރޭ )

  އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.
 • ފާތުމަތު އިޒްލީނާ

  ފާތުމަތު އިޒްލީނާ ( އިޒޫ ) އަކީ ލިޔުންތެރިކަމުގެ ފަންނުގައި އަލަށް ނުކުތް ލިޔުންތެރިއެކެވެ. ޝައުޤުވެރިކަން ހުންނަނީ ވާހަކަ ލިޔުމާއި ، މަޒުމޫނު ލިޔުމަށެވެ. އިޒޫގެ ލިޔުންތަކަށް ކިޔުންތެރިން ދެއްވާ ތަރުޙީބު، އިޒޫ ބަލައިގަންނަނީ އުފަލާއެކުގައެވެ.
 • ލަބީޤް މުޙައްމަދު މާހިދު

  ލަބީޤު މުޙައްމަދު މާހިދު ( ލަބީ ) އަކީ ކުރިއަރާފައިވާ ދުނިޔެއަށް ހޭލުންތެރިވެ ތަރައްޤީ އާއި، ޓެކްނޮލޮޖީއަށް ލޯހުޅުވައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ޒުވާން ލިޔުންތެރިއެކެވެ. ލަބީޤު ގެ ލިޔުންތައް ފެނިގެންދާނީ ޓެކްނޮލޮޖީއާއި، ތަރައްޤީ އާއި، އިޖތިމާޢީ މައްސަލަތަކާ ގުޅުންހުރި ދާއިރާތަކުންނެވެ.
 • ލައިބް

  ލައިބް އަކީ ހެއްވާ މަޖާ ވާހަކަތައް ކިޔުންތެރިން ކިޔާހިތްވާ ގޮތަށް ލިޔެ ހުށަހަޅައިދިނުުމުގައި ލާމަސީލް ޒުވާނެކެވެ.
 • ލޭފަވެތި

  ލޭފަވެތި މީ އަމިއްލަ ޝައުގުގައި މިދާއިރާއިން ކުރިއަށްދާން މަސައްކަތްކުރާ ޒުވާނެކެވެ. އާއްމުކޮށް ހުރިހާ ދާއިރާއެއްގެ ހަބަރާ މައުލޫމާތު، ލިޔުންތައް ގެނެއެވެ.
 • އަޙްމަދު ނަދީމް

  އަޙްމަދު ނަދީމް އަކީ ދިނީ ރޮނގުން ގިނަ ގުނަ ލިޔުންތަކެއް ލިޔުއްވާ ، ދިނީގޮތުން މުޖުތަމަޢުގައި އަރާފައިވާ އޮޅުންތައް ކުޑަކޮށް ޒުވާނުންނާއި، ޢާއްމުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ޢިލްމީ ޒުވާން ލިޔުންތެރިއެކެވެ.
 • ޢަބުދުއްސައްތާރު މުޙައްމަދު

  ނ. މިލަދޫ އަށް އުފަން، ޢަބްދުއްސައްތާރު މުޙައްމަދުވަނީ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވާފައެވެ. މި މުއްދަތުގައި އެރަށުކަތީބެއްގެ ހައިސިއްޔަތުން 7 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައެވެ. މިހާރު ވިލާކޮލެޖުގައި ޝަރިޢާ އެންޑް ލޯ އިން މަތީ ތަޢުލީމް ޙާޞިލުކުރައްވަމުން ގެންދަވާ ޢަބްދުއްސައްތާރު މުޙައްމަދު ވަނީ، އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިޕޮލޮމާއެއް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް ޑިޕޮލޮމާއެއް ހޯއްދަވާފައެވެ. މީގެ އިތުރުން ޢަބްދުއްސައްތާރު މުޙައްމަދުވަނީ 2004 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އާއި އޭރުގެ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ ގުޅިގެން ހިންގެވި "ރައްރަށުގެ ވެރިންތަމްރީނުކުރާ ކޯސް" ބައިވެރިންގެ ތެރެއިން އެއްވަނަ ހޯއްދަވާފައެވެ.
 • މުޙައްމަދު ޝާނިފް

  މުޙައްމަދު ޝާނިފް އަކީ ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިން ތަފާތު ލިޔުންތައް ލިޔުމަށް ޝައުޤުވެރިކަން ހުންނަ ލިޔުންތެރިއެކެވެ. އަދި ކޮންމެ ދާއިރާ އަކަށްވެސް ލޯހުޅުވި ، ޚިޔާލު ތަނަވަސްވެ ކުރިއަރަމުން އަންނަ ދަރިވަރެކެވެ. ނޫސްވެރިކަމުގެ ދާއިރާ ހޮބީއެއްގެ ގޮތުގައި އޭނާނެގީ މިދާއިރާއިންވެސް ކާމިޔާބީ ތަކެއް ޙާޞިލްކުރުމަށް އުންމީދުކުރާތީއެވެ. ޝާނިފްގެ ލިޔުންތައް ހުރިހާދިމާއަކަށްވެސް ފޯކަސްކުރާނެއެވެ.
 • ޝާރިފް މުޙައްމަދު

  ޝާރިފް މުޙައްމަދު ( ޝާރިއްޓޭ ) ގެ ޚާއްޞަ ފަންނަކީ ތަފާތު ރަހަތަކުގެ ރީތި ވާހަކަ ލިޔުމެވެ. ނަމަވެސް މިޒުވާން ލިޔުންތެރިޔާގެ ލިޔުންތައް އެހެން ބައެއް ދާއިރާތަކުންވެސް ފެނިގެންދާނެއެވެ.
 • އިބްރާހިމް ޝާމިލް

  އިބްރާހިމް ޝާމިލް އަކީ ޒުވާން ލިޔުންތެރިއެކެވެ. ޢާއްމުކޮށް ލިޔެއުޅެނީ ތަފާތުވައްތަރުގެ ވާހަކައެވެ. އަދި މުޖުތަމަޢުގެ ޙާލަތާ ގުޅޭގޮތުން މަޒުމޫނާއި ، ޅެންވެސް ހައްދަވާ އުޅުއްވައެވެ.
 • ޔޫސުފު ޢަބުދުއްރަހީމް

  ޔޫސުފު ޢަބުދުއްރަހީމް ( ޔޫއްޓޭ ) އަކީ ކުޅިވަރުގެ ޚަބަރުތައް ކަވަރު ކުރެެއްވުމުގައި އެފަދަ ދެވަނައެއްނެއް ޒުވާން ނޫސްވެރިއެކެވެ. އޭނާގެ ލިޔުންތައް ކުޅިވަރަށް ޚާއްޞަވެގެން ދިޔަނަމަވެސް މައުލޫމާތާއި އެހެނިހެން ޚަބަރުތައް ކަވަރުކުރެއްވުމުގައިވެސް އޭނާ ޙަރަކާތްތެރިވެލައްވައެވެ.
 • ޒަހީން ޢަބުދުﷲ

  ޒަހީނު އަކީ ލިޔުންތެރިކަމުގެ ރޮގުން ޚާއްޞަކޮށް ސިޔާސީ ފިކުރުގެ ލިޔުންތައް ލިޔުމަށް ޝައުޤުވެރިކަންހުރި މިފަންނުގައި ކުރިއަށްދާން މަސައްކަތްކުރާ ހީވާގި ކެރޭ ހަރުދަނާ ތަޢުލީމީ ޒުވާނެކެވެ.
 • ޙަސަން ޒަޔާން އަޙްމަދު

  ޙަސަން ޒަޔާން އަހްމަދަކީ ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. ޒާއްކޮ އެންމެ ލިޔާހިތްވަނީ ކުޑަކުދިންގެ ކުރުވާހަކައާއި، ކުޑަކުދިންގެ ޖޯކްތަކެވ.
 • Aleen Neem

  Simple ,Simpaty,

Leave a Reply

Your email address will not be published.