ލަވަ މުބާރާތެއް ބޭއްވުމަށް މީޑިއާގެ ބައެއް ފަރާތްތަކުން ކުރައްވަމުންގެންދާ މަސައްކަތާއިމެދު ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ކަންބޮޑުވުން ފާޅުކޮށްފި.

ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ލަވަ މުބާރާތެއް ބޭއްވުމަށް މީޑިއާގެ  ބައެއް ފަރާތްތަކުން ކުރައްވަމުންގެންދާ މަސައްކަތާއިމެދު ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިކަން މިގޮތަށް ފާޅުކޮށްފައިވަނީ ޢަދާލަތު ޕާޓީގެ ފަރާތުން ޓެލެވިޜަން މޯލްޑިވްސް އާއި ވީޓީވީއަށް ފޮނުވި ސިޓީއެއްގައެވެ.

މިއުޒިކާއި ލަވައަކީ ހުއްދަ އެއްޗެއްނޫންކަމަށް އިސްލާމްދީނުގެ އިތުބާރުހުރި ޢިލްމުވެރިން އިއްތިފާޤުވާކަން ހާމަކޮށް އަދާލަތުޕާޓީން ފޮނުވި މިސިޓީގައި އިސްލާމްދީނާއި ޚިލާފު މިފަދަ ކަންތައްތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އެފަރާތްތަކަށް ޢަދާލަތުޕާޓީގެ ފަރާތުން ނަޞޭޙަތްތެރި ވެފައިވެ. އަދި މިކަމުގައި ސްކޫލުތަކުގެ ދަރިވަރުން ބައިވެރިކުރުން ހުއްޓުވުމަށް އެދި މިނިސްޓަރ އޮފް އެޑިޔުކޭޝަނަށްވެސް އަދާލަތު ޕާޓީން ވަނީ ސިޓީފޮނުވާފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ބަރަހަނާ ވެގެން ބޮޑީ ޕެއިންޓް ކުރި މައްސަލަ އާއި ގުޅިގެން އަދާލަތުން ނެރުނު ނޫސްބަޔާން

ޚިޔާލެއްދެއްވާ

avatar
wpDiscuz