ލަކީޑްރޯއެއް ނެގިޔަސް ލައްވާލަނީ ބަންގާޅީއަކަށް…..!

ސޮނީ ހާޑްވެއާ އިން 2011 ވަނައަހަރު ހިންގި އެއް މިލިޔަން ރުފިޔާގެ ލަކީ ޑުރޯ ކާމިޔާބު ކުރި އދ. ހަންޏާމީދޫ ބުލޫހެވަން އަބްދުއްސަލާމަށް ސޮނީގެ މޫސާ ކަލީމް އިނާމް ހަވާލު ކޮށްދެނީ - ސަން ފޮޓޯ

ރާއްޖޭ ގެ އާބާދީގެ ކޮންމެ ހަތަރު މީހަކުން އެކަކީ ބިދޭސިއެކޭ ބުންޏަކަސް މިރާއްޖޭގައި ބިދޭސީން ދިރިއުޅޭ މިންވަރު އެހާބޮޑަކަށް ނަގައެއް ނުގަނެވެއެވެ. ސަބަބަކީ މިފަދަ ސާބިތުހެކި ނެތް ތަފާސް ހިސާބުތަކަކީ ރާއްޖޭގައި އެއްވެސް ސާވޭއެއް ނުކޮށް ކިޔާލެވޭ އަދަދުތަކަކަށް ވުމެވެ. އަދި އަމުދުން ބިދޭސީންގެ މައްސަލަ އަކީ އަދި މިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލުވެފައިވެސް ނެތް މައްސަލައަކަށް ވުމެވެ. އެންމެ ކުޑަމިނުން ރާއްޖޭގައި ތިބި ބިދޭސީންގެ ޢަދަދުވެސް އަދި މިހާތަނަށް ހޯދިފައިނެތުމެވެ.

މިދިޔަހަފްތާގެ ބުރާސްފަތި ދުވަހުގެ ރެއެވެ. ގޭގެ ސިޓިން ރޫމްގައި މަޑުކޮށްލައިގެން އިދެލެވުނު ވަގުތު ކޮޅެކެވެ. ޓީވީން ދައްކަމުންދޔައީ ވެލިގާ ހާޑުވެއަރ ކިޔާ ކުންފުއްޏެއްގެ ފަރާތުން ހުޅުވާލި ލަކީޑްރޯއެއްގެ ނަތީޖާ ( ގުރުއަތުލުން ) ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

އަޅުގަނޑަކީ މިފަދަ ޕްރޮގްރާމްތަކަށް މާބޮޑު ސަމާލުކަމެއްނުދޭ މީހަކަށް ވީނަމަވެސް މިޕްރޮގްރާމް ހުށަހަޅައިދިން ޕްރެޒެންޓަރުގެ ހުރި ހުނަރުވެރިކަމަކުން ނަމަވެސް ޕްރޮގްރާމްގެ ބޮޑުބައެއް ނިމެންދެން މަޑުކޮށްލެވުނެވެ.

ނަސީބު ކޫޕަންތައް އަޅާފާހުރި ޕްލާސްޓިކް ( ޓްރާންސްޕޭރެންސީ ) ފޮށި އަނބުރަމުންދިޔައިރު އޭގައި ހުރި ކޫޕަންތަކުގެ އަދަދު ވަރަށް ގިނަވާނެކަމަށް ފެނެއެވެ. ގުރުއަތުނަގަމުން ދިޔައެވެ. އެއްވަނައަށް ހޮވުނު ފަރާތަކަށް ވީ ދިވެއްސެކެވެ. އެހެންނަމަވެސް ދެވަނަ ލިބިގެން ދިހަހާސްރުފިޔާގެ ހައްޤު ވެރިއަކަށްވީ ބިދޭސީއެކެވެ. އަޅުގަނޑުމެންގެ ޢާއްމުބަހުންނަމަ ބަންގާޅީއެކެވެ.

މިކަމާ ކަންބޮޑުމިވީކީ ހަަމައެކަނީ އަޅުގަނޑު އެކަންޏެއްނޫނެވެ. ޕްރޮގްރާމް ހުށަހަޅައިދިން ޕްރެޒެންޓަރުވެސް މިކަމާ ހައިރާންވިއެވެ. ކުއްލިއަކަށް ބޭއިޚްތިޔާރުގައި ނަމަވެސް އޭނައަށްވެސް ބުނެލެވުނެވެ. މިހިރީ އަޅުގަނޑުމެންގެ ތެރޭގައި ބިދޭސީން އުޅޭ ގިނަމިނެވެ. ކޮންމެ ހަތަރު މީހަކުން އެކަކީ ބަންގާޅިއެކެވެ.

އަޅުގަނޑު ދައްކަން މިއުޅެނީ ދިހާހާސްރުފިޔާ ލިބުނު ފަރާތަކީ ބާންގާޅިއަކަށްވުމުން އެވާހަކައެކަންޏެއްނޫނެވެ. މިޤައުމުގައި މިއަދު ބިދޭސީން ގިނަވެގެން ގޮސް ނާޒުކުހިސާބަކަށް މިޤައުމުގެ ވަޒީފާގެ ބާޒާރު ގޮސްފައިވާ މިންވަރުގެ ވާހަކައެވެ. މިއީ ވިސްނާލަން ޖެހޭބޮޑު އިޝޫ އެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެއްވެސް މެޗަކުން ބަލިނުވެ މިލަދޫއިން ޗެމްޕިއަންކަން ހޯދައިފި

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިލަދޫޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދައިފިއެވެ. މިއީ ނ.އަތޮޅުގެ …

ޚިޔާލެއްދެއްވާ

avatar
ައަހުމަދު
ައަހުމަދު

ލިޔުންތެރިޔާއަށް މައްސަލައަކަށް ވަނީ ބިދޭސީން އުޅޭ އަދަދު ގިނަވީމާ ނޫންތޯއެވެ. ދިހަހާސް ރުފިޔާ ބަންގާޅީއަކަށް ލިބުމުން އެކަމާއި ހައިރާން ވާންވީ ސަބަބެއް ނުފެނެއެވެ. އެމީހުނަށް ފިހާރަތަކުން އެއްޗެހި ގަނެވެންޏާ އަދި އެމީހުނަށް ކޫޕަން ލެވެންޏާ އެއީ ހަމަ އެކަށީގެންވާ ކަމެކެވެ. ދެން އެމީހުން ފިހާރަތަކުން އެއްޗެހި ގަތް ވަރަކަށް އެކަމުގެ ފައިދާ ކުރާނީ ހަމަ ރާއްޖޭގެ އިގުތިސާދަށެވެ. މީހުން ގިނަވި ވަރަކަށް އިގުތިސާދު ކުރިއަރާ ވިޔަފާރިވެރިން އުފާވާނެއެވެ. މިހާރު ވިޔަފާރިވެރިން ދިވެހި ސަރުކާރު ކޮންޓްރޯލް ކުރާއިރު، ބިދޭސީންގެ އަދަދު ނުބެލެނީ ކީއްވެކަން ކުޑަކޮށް އެގިއްޖެދޯއެވެ

wpDiscuz