ލަންދޫ ޕްރީސްކޫލް ހިންގުމާއި، ލަންދޫކައުންސިލުން ހަވާލުވެއްޖެ.

ނ.ލަންދޫ ޕްރީސްކޫލްގެ ހިންގުން މިއަހަރުން ފެށިގެން ލަންދޫ ކައުންސިލުން ހިންގާ ގޮތަށް ލަންދޫކައުންސިލުން ނިންމައިފިއެވެ.

ލަންދޫ ކައުންސިލް އިދާރާއިން މިހާރުވަނީ މިއަހަރުގެ ދިރާސީ އައުއަހަރުގެ ކިޔެވުން ފެށެންވާއިރަށް ވާންޖެހޭ ގިނަތައްޔާރީ ތަކެއް ވެފައެވެ. އެގޮތުން މިހާތަނަށްވަނީ ޕްރީސްކޫލް ހިންގާ ޢިމާރާތް “ކަމަނާވެހި” ސާފުކޮށް ޒީނަތްތެރި ކުރުުމުގެ ގޮތުން ކުލަޔާއި، ދަވާދުލައި އަދި އެއަރ ކޯން ބަހައްޓާ ހަދާފައެވެ.

އަދި ކުދިން ނަށް ބޭނުންވާ ފޮތް ބަޔާއި ރަށަށް ގެނެސް ބެލެނިވެރިންނަށް ފޮތްތައްވެސްވިއްކާ ހަދާފައެވެ. ފޮތްބައެއްގެ އަގު އުޅެނީ 100 ރުފިޔާއާއި، 200 ރުފިޔާގެ ދެމެދުގެ އަގުތަކެއްގައެވެ.

ލަންދޫކައުންސިލް އިދާރާއިން ޕްރީސްކޫލް ހިންގުން މިނެގީ ފާއިތުވި ތިންއަހަރެއްހާ ދުވަހު ލަންދޫ ލިޔެސް ޖަމިއްޔާއިން އެސްކޫލް ހިންގަމުން ދަނިކޮށެވެ.

ގިނަބެލެނިވެރިން ތަކެއްގެ އެދުމުގެ މަތިންކަށްބުނެ ލަންދޫ ކައުންސިލް އިދާރާއިން މިކަމާ ހަވާލުވިއިރު ލިޔެސް އިން ޕްރީސްކޫލްހިންގާފައިވަނީ ސަރުކާރުން ދެއްވާ ފައިސާ ގެ އިތުރުން ކުދިން އަތުން ފީވެސް ނަގައިގެންނެވެ. ކައުންސިލުން ބުނެފައިވަނީ އެއްވެސް ކުއްޖެއްގެ އަތުން އެއްވެސް ފީއެއް ނުނަގާ ޕްރީސްކޫލް ހިންގާނެކަމުގައެވެ.

މިއަދު ރައީސުލް ޖުމުހޫރިއްޔާ ތަސްދީޤު ކުރެއްވި ޕްރީސްކޫލް ހިންގުމުގެ ޤާނޫގައި ވާގޮތުން ކޮންމެ ރަށެއްގައިވެސް ސަރުކާރު ބައިވެރިވާ ޕްރީސްކޫލެއް ހިންގުން ލާޒިމް ކުރެއެވެ.

ލަންދޫޕްރީސްކޫލް ލަންދޫގައި ފައްޓާފައިވަނީ މީގެ އަހަރުތަކެއް ކުރިން އާމިރީ ޕްރީސްކޫލް ނަމުގައެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

މާފަރު އެއަރޕޯޓް ހަދާ ސަރަޙައްދުގެ ބިން ސާފުކުރަން ފަށައިފި.

ނ.މާފަރުގައި ސަރުކާރުން އަޅައިދެއްވާ އެއަރޕޯޓް އެޅުމަށް ބޭނުންވާ ސަރަޙައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިކަމަށް އެރަށުކަންސިލުން ބުނެފިއެވެ. މާފަރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz