ލަންދޫ ޕްރީސްކޫލްގެ މިއަހަރުގެ މަދަހަމުބާރާތް ބާއްވައިފި.

madhahapreschool2015
ނ.ލަންދޫ ޕްރީސްކޫލްގެ މިއަހަރުގެ މަދަހަމުބާރާތް ބާއްވައިފިއެވެ.
މިމުބާރާތް ބާއްވާފައިވަނީ އިއްޔެ ހެނދުނު ނ.ލަންދޫ ސްކޫލްގެ ޖަލްސާ ކުރާހޯލުގައެވެ.
މުބާރާތަށް ވަނީ ޕްރީސްކޫލްގެ ބެލެނިވެރިންގެ ވަރަށްބޮޑު އެއްބާރުލުންލިބިފައެވެ. އަދި ރަށުގެ މުއައްސަސާތަކުންނާއި، ޢާއްމުންގެ ފަރާތުންވެސްވަނީ އެދެވޭ އެއްބާރުން ލިބިފައެވެ.
އިއްޔެ މުބާރާތް ކުރިއަށް ދިޔައިރު ބެލެނިވެރިންނާއި، ރަށުގެޢާއްމުންގެ ގިނަބަޔަކުވަނީ މުބާރާތުގެ މަދަހަތައް އަޑުއެހެމަށާއި، ހުށަހެޅުންތައް ބަލައިލުމަށް އެތަނަށް ހާޒިރުވެފައެވެ.
ޕްރީސްކޫލްގެ ކޮންމެ ދަރިވަރަކުވެސް މަދަހައެއް އިއްޔެ ވަނީ ހުށަހަޅައިދީފައެވެ.

preschool2015

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ ޕްރީސްކޫލްގެ ފަރާތުން ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި.

ނ.ލަންދޫ ޕްރީސްކޫލް ގެ ފަރާތުން މިއަހަރުގެ ކުޑަކުދިންގެ ދުވަސް ވަރަށް ކުލަގަދަކޮށް އިއްޔެ ފާހަގަކޮށްފިއެވެ. ކުޑަކުދިންގެ ދުވަސްފާހަގަ ކުރުމުގެ ގޮތުން …

ޚިޔާލެއްދެއްވާ

avatar