ލަންދޫ ޕްރީސްކޫލުގެ ފަރާތުން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

preschool2015
ލަންދޫޕްރީސްކޫލްގެ ދަރިވަރުްނާއި، ޓީޗަރުން ފޮޓޯއަކަށް ހުއްޓިގެން / ފައިލްފޮޓޯ

ނ.ލަންދޫ ޕްރީސްކޫލްގެ ފަރާތުން ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވަން އެސްކޫލްގެ ފަރާތުން ވަރަށް ގިނަތައްޔާރީތައް ވަމުން އެބަދެއެވެ.
ޕްރީސްކޫލްގެ ބެލެނިވެރިންނާއި، ޓީޗަރުން ގުޅިގެން ލަންދޫ ބަނދަރު ސަރަޙްދުގައި މިއަދު ހަވީރު 4:00 ގައި ބާއްވަން ނިންމާފައިވާ ކުޑަކުދިންގެ ހަވީރުގައި އެކިއެކި ކުޅިވަރުތަކާއި، އެކިއެކި ސްޓޯލްތައް ހިމަނާފައިވެއެވެ.
ސްޓޯލްތަކުގައި ހުންނަ އެކިއެކި ހަރަކާތްތަކުގައި ކުޑަކުދިންނަށް ބައިވެރި ވެވޭގޮތަށް ހަމަޖައްސާފައިވާއިރު ބައެއް ސްޓޯލްތަކުގައި ހެދިކާ އާއި، ލުއިބުއިންތައްވެސް ގަންނަން ލިބެންހުނާނެކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ލަންދޫ ޕްރީސްކޫލްގެ ދަރިވަރުންގެ ކޯކަރިކިއުލާ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި ހަވީރު މިއަދު އިރުއޮއްސުމާ ހަމައަށް ދެމިގެންދާނެކަމަށް އެސްކޫލާއި، ހަވާލާދީ ބެލެނިވެރިން ބުނެއެވެ.
މިއަދު މިބާއްވާ ކުޑަކުދިންގެ ހަވީރުގެ އިތުރުން އަދި މިރޭވެސް ޕްރީސްކޫލްގެ ފަރާތުން ޚާއްޞަ ބާބަކިއު އެއްވެސް ބަނދަރު ސަރައްހަދުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިއީވެސް ޕްރީސްކޫލްގެ ބަޖެޓް މުއްސަނދިކޮށް ކުދިންނަށްބޭނުންވާ ސާމާނު ގަނެހެދުމަށް ފައިސާ ހޯދުމަށް ބެލެނިވެރިންނާއި، އެ ސްކޫލްގެ ޓީޗަރުން ގުޅިގެން ހިންގާ ހަރަކާތެކެވެ.
ބާބަކިއު ގައި ވެސް ތަފާތު ކެއުންތަކާއި، ތަފާތު ބުއިން ލިބެންހުންނާނެއެވެ. އަގުދީގެ ބައިވެރިވެވޭ ގޮތަށް އިންތިޒާމް ކުރާ މިރޭގެ ބާބަކިއުއަށްވެސް ލަންދޫގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށްވަނީ ދައުވަތު ދީފައެވެ.
މިރޭ އޮންނަ ބާބަކިއު ފެށިގެންދާނީ މިރޭ 8:30 ގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ ޕްރީސްކޫލްގެ މަސައްކަތުދުވަހެއް ފާހަގަކޮށްފި.

ނ.ލަންދޫ ޕްރީސްކޫލްގެ ބެލެނިވެރިންގެ މަސައްކަތުދުވަހެއް މިއަދު ފާހަގަކޮށްފިއެވެ. މިއީ ކުޑަކުދިންގެ ދުވަހަށް ޕްރީސްކޫލްގެ ދަރިވަރުން ތައްޔާރުކުރާ އެކިއެކި އައިޓަމްތަކަށް ޚަރަދުކުރާނެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz