ލަންދޫ ޕަވަރ ހައުސްގެ ޓެކްނީޝަންގެ މަޤާމަށް “ނަފީ” ހަމަޖެހިއްޖެ.

އިބްރާހިމް އަޛީމް ( ނަފީ ) އެކުވެރިން ގިނަ މަޖާ ހިތްހެޔޮ ޒުވާނެއް
އިބްރާހިމް އަޛީމް ( ނަފީ ) އެކުވެރިން ގިނަ މަޖާ ހިތްހެޔޮ ޒުވާނެއް

ފެނަކަ ކޯޕަރޭޝަން ލަންދޫ ބްރާންޗްގެ ޓެކްނީޝަނެއްގެ މަޤާމަށް ނ.ލަންދޫ ބަރާބަރުގެ އިބްރާހިމް އަޛީމް ހަމަޖައްސައިފިއެވެ.

އަޒީމް ހަމަޖެއްސީ އެމަޤާމްގައި ކުރިން ވަޒީފާ އަދާކުރި ފަރާތުން ވަޒީފާ ދޫކޮށްލުމާ ގުޅިގެން އެކޯޕަރޭޝަނުން ކުރިއިޢުލާނާގުޅިގެން ކުރިމަތިލި 3 މީހުންގެ ތެރެއިން އަޒީމް އެކަމަށް އެންމެ އެކަށީގެންވާ ފަރާތްކަމަށް ފެނަކަ ކޯޕަރޭޝަނަށް ފެނިގެންކަމަށް ލަންދޫއިންފޯއަށް ވަނީ މައުލޫމާތު ލިބިފައެވެ.

އަޒީމް އަކީ ލަންދޫސްކޫލުން ގްރޭޑް 10 ނިންމާ މާލޭގައި އަމިއްލަ ކުންފުނި ތަކުގައި އެކިއެކި ވަޒީފާތައް އަދާކޮށް ތަޖްރިބާ ލިބިފައި ހުރި ޒުވާނެކެވެ.

އަޒީމް އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވަނީ މުދާ އިންފޯޓްކުރާ އަމިއްލަ ކުންފުޏެއްކަމުގައި ވާ ޕީއާރު ލިމިޓެޑްގައެވެ. އޭނާ އެތާ އަހަރަކަށްވުރެ ގިނަދުވަހު އެޑްމިނިސްޓްރޭޓަރ އެއްގެ މަޤާމްގައި މަސައްކަތް ކޮށްފައިވެއެވެ.

އަޒީމް ލަންދޫ އިންޖީނުގޭގެ ޓެކްނީޝަނެއްގެ މަޤާމަށް ހަމަޖެހިފައިވާއިރު އެތާންގެ އެޑްމިން ބައިގެ މައްސަލަތަކެއް ފެންމަތިވެ އެކަމާގުޅިގެން ގިނަމުވައްޒަފުންތަކެއް ވަނީ އިސްތިއުފާވެސް ދީފައެވެ. އެތާންގެ ކަންކަން ހަމަމަގަށް އެޅުވުމަށް ފެނަކަ ރީޖަނަލް މެނޭޖަރ އިސްކޮށް ހުންނަވައިގެން މިހާރުދަނީ ހަރުދަނާ މަސައްކަތްތަކެއް ކުރެވެމުންކަމަށް ލަންދޫއިންފޯއަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން މިހާރުވެސް ފެނަކަ ހެޑުންގެ ޓީމެއް ލަންދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

250 ކިލޯވޮޓް ގެ މުޅިން އާ ޖަނަރޭޓަރެއް މިއަދު ލަންދުއަށް ގެންނަނީ.

ނ.ލަންދުއަށް ދިމާވެފައިވާ ކަރަންޓްގެ ދަތިކަން ފިލުވައިދިނުމަށް ސަރުކާރުން ( ފެނަކަ ) އިން ކުރަމުން ގެންދާ ޚާއްޞަ މަސައްކަތްތަކެއްގެ ދަށުން …

ޚިޔާލެއްދެއްވާ

avatar
Anonymous
Anonymous

ސަހަަާ ދެއް ހަމަ ފަތިަ ދެެއް

wpDiscuz