ލަންދޫ ޒުވާނުން މިހާރު އަމަލުކުރަމުންދާ ޤަވައިދަށް އިސްލާހެއް ގެނެސްފި

ފުޓްބޯޅަ ކުޅެންދާ ކުދިންގެ އަދަދު ގިނަވެ ، ކުޅެން އުދަގޫވުމުގެ ސަބަބުން މިކަމަށް ހައްލެއް ގެނައުމަށް ލަންދޫ ޒުވާނުން މިހާރު އަމަލުކުރަމުންދާ ޤަވައިދަށް އިސްލާހެއް ގެނެސްފިއެވެ.  ފަހަކަށް އައިސް އާއްމުކޮށް ބަޔަކަށް 18 ނުވަތަ 17 ކުދިން ކުޅެން ތިބެއެވެ.

ކުޅޭކުދިން ގިނަވުމުގެ ސަބަބުން ރީތި ގޭމެއް ކުޅެން އުދަގޫވެ ، އެންމެ ކުރީގެ ބޮޑު ބޯޅައަށް ވަނީ ބަދަލުވެފައެވެ. މިއަހަރު ކުޅެވުނު އެކުވެރި ކަމުގެ 2 މެޗުގައިވެސް ރަގަޅު ގޭމެއް ލަންދޫ ފުޓްބޯޅަ ޓީމަށް ކުޅެވިފައެއް ނުވެއެވެ. އަދި ގިނަ ފަރާތްތަކަކުން ދަނީ ޓީމަށް ފާޑުކިޔާއި ލަންދޫގެ ފުޓްބޯޅަ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް ފާހަޤަކުރަމުންނެވެ.

އެންމެފަހުން އިސްލާހުކުރެވުނު ޤަވައިދަކީ އެދުވަހެއްގައި ކުޅެވޭނީ އެންމެ ފުރަތަމަ ދަނޑަށް ހާޟިރުވާ 26 ކުޅުންތެރިންނަށެވެ. އަދި އޭގެ ފަހުންއަންނަ އެއްވެސް ކުޅުންތެރިއަކަށް އެދުވަހު ކުޅުމުގެ ފުރުސަތު ނުދެވޭނެއެވެ.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ  ” ސިޔާމް މައުރޫފް ސޮކަ ކަޕް” ފުޓުބޯޅަ މުބާރާތުގައި މިދިޔަ އަހަރުވެސް ވަނީ ގުރޫޕް ސްޓޭޖުން ލަންދޫ ފުޓްބޯޅަ ޓީމު ކަޓާފައެވެ. އެހެން ކަމުން މިއަހަރުގެ މުބާރާތަށް ތައްޔާރުމުގެ ގޮތުން ސިލްސިލާކޮށް ކޮންމެ ހަފްތާއަކު އެކުވެރި ކަމުގެފުޓްބޯޅަ މެޗެއް ދަނީ ކުޅެމުންނެވެ.

 

 

 

 

 

 

ލިޔުނީ: ޔޫސުފު ޢަބުދުއްރަހީމް

ޔޫސުފު ޢަބުދުއްރަހީމް ( ޔޫއްޓޭ ) އަކީ ކުޅިވަރުގެ ޚަބަރުތައް ކަވަރު ކުރެެއްވުމުގައި އެފަދަ ދެވަނައެއްނެއް ޒުވާން ނޫސްވެރިއެކެވެ. އޭނާގެ ލިޔުންތައް ކުޅިވަރަށް ޚާއްޞަވެގެން ދިޔަނަމަވެސް މައުލޫމާތާއި އެހެނިހެން ޚަބަރުތައް ކަވަރުކުރެއްވުމުގައިވެސް އޭނާ ޙަރަކާތްތެރިވެލައްވައެވެ.

މިލިޔުންވެސް ކިޔާލާ

ލަންދުއަށް ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު ބަނދަރުކުރާނެ

ނ.ލަންދުއަށް ގެންނަ 250 ކިލޯވޯޓްގެ ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު 7 އާއި 8 ދެމެދު ލަންދުއަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz