ލަންދޫ ސްކޫލްގެ ސްކޫލްބޯޑުމެމްބަރ ކަމަށްކުރިމަތިލުމުގެ ދޮރު ހުޅުވާލައިފި.

ލަންދުސްކޫލް / ފައިލްފޮޓޯ: ލަންދޫއިންފޯ

ލަންދޫސްކޫލުގެ ސްކޫލުބޯޑުގެ މެމްބަރަކަށްވުމަށް ސައުޤުވެރިވެލައްވަވާ ފަރާތްތަކަށް މެމްބަރކަމަށް ކުރިމަތިލުމުގެ ދޮރު މިއަދުންފެށިގެން ހުޅުވިފައިވާކަމަށް އެސްކޫލުން މިއަދު އިޢުލާން ކޮށްފިއެވެ.

ލަންދޫސްކޫލުން މިއަދު ކުރި އިޢުލާންގައިވަނީ ސްކޫލުބޯޑުގެ މެމްބަރކަމަށްއެދި ހުށަހަޅާފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ (ރަސްމީގަޑީގައި) މިއަދުންފެށިގެން  19 ޖެނުއަރީ 2012 ވާ ބުރާސްފަތިދުވަހު މެންދުރުފަހު 2:00 ގެ ނިޔަލަށް ކަމަށާއި، މިކަމަށްއެދި ހުށަހަޅާ ފޯމުތަކުގެތެރެއިން މެމްބަރކަމުގެ ސަރުތުހަމަނުވާފޯމު ބާތިލުކުރެވޭނެވާހަކައެވެ.

އަދި ސްކޫލުބޯޑުގެ ޤަވާއިދުގެ ކޮޕީއެއް އެސްކޫލުގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުރިވާހަކަވެސް ލަންދޫސްކޫލުން މިއަދުކުރި އިއުލާން ނަމްބަރ GS-119/2012/01 ގައިވެެއެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

އަވީގެ ހަކަތައިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ސާމާނު މާފަރަށް ގެނެސްފި.

މީހުން ދިރިއުޅޭ ކޮށްމެ ރަށެއްގައި ދުވާލުގަޑީގައި ބޭނުން ކުރާ އިޔާދަ ކުރަނިވި ހަކަތަ ތިރީސް އިންސައްތަ އަށް ހެދުމަށްޓަކައި ސަރުކާރުން …

ޚިޔާލެއްދެއްވާ

avatar
Azra1953
Azra1953

މިވެސް ދެން ޚަބަރެއްތަ

hassan
hassan

mifaharu nagaany konbayenbaa , boardaky thiya thanuge halaaku, schoolah faiydhaa huri enveskamen kuraa bayen noon, mifaharuves Mohd ge ekuveri ” guraabe ” nagane dho 

Ibrahim Abdullah

 އެހެން ދޯ! މިފަހަރު ކިހިނެއްވާނެބާ؟