ލަންދޫ ސްކޫލްގައި ރިޕޯރޓް ފޯމްދޫކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ލަންދޫ ސްކޫލްގެ ދަރިވަރުންނަށާއި ލަންދޫ ޕްރީ ސްކޫލްދަރިވަރުންނަށް މިއަހަރުގެ ފުރަތަމަ ސެމިސްޓަރގެ ރިޕޯރޓް ފޯމް ދޫކުރުން ލަންދޫ ސްކޫލްގައި މިއަދު ބާއްވައިފިއެވެ.

މިރަސްމިއްޔާތުގައި ލަންދޫ ކައުންސިލްގެ މެމްބަރުންނާއި، ސްކޫލްބޯޑުގެ އިސްވެރިންނާއި ، ލަންދޫ  ސްކޫލާއި، ލަންދޫ ޕްރީސްކޫލްގެ ގިނައަދަދެއްގެ ބެލެނިވެރިންނާއި މިދެތަނުގައި ކިޔަވަމުންގެންދާާ ހުރިހާދަރިވަރުން ކަހަލަގޮތަކަށް ބައިވެރިވެފައިވާކަމަށް ލަންދޫ ސްކޫލުން މަޢުލޫމާތު ދެއްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ރަސްމިއްޔާތުގައި ލަންދޫ ސްކޫލްގެ މަތީ ކްލާސްތަކުން ރަނގަޅު ނަތީޖާތައް ހޯދި ދަރިވަރުންނަށާއި، ޕްރީސްކޫލާއި ލަންދޫ ސްކޫލްގެ ގްރޭޑް – 3 ން ދަށުގެ ހުރިހާ ދަރިވަރުންނަށް ތާޖާއި ހަނދިޔާ ހަވާލްކުރުން އޮތެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްކޫލްގެ ދަރިވަރުންނަށާއި ބެލެނިވަރުންނަށް ކައުންސިލް ޢިދާރާ އާއި ލަންދޫ ސްކޫލްގެ އިސްވެރިންގެ ފަރާތުން ނަސޭޙަތް ދިނުމާއި ޗުއްޓީތެރޭގައި ކުދިންގެ ޢަމަލްތައް ބަހައްޓަށްވީ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދެއްވުންވެސް ހިމެނޭކަމަށް ލަންދޫ ސްކޫލުން މަޢުލޫމާތު ދެއްވައެވެ.

  •  

 

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz