ލަންދޫ ގައި މިހާރު ކުނިކަހަން ނިކުންނަނީ ނިސްބަތުން ވަރަށްމަދު އަންހެނުން.

ކުނިކަހާ އަންހެންވެރިން މިއަދުވެސް ކުނިކަހަން ނިކުތެވެ. އެކަމަކު ނިކުތީ ނިސްބަތުން ވަރަށް މަދު ޢަދަދެއްގެ މީހުންނެވެ. ކުރިން ވަރަށް ގިނަބަޔަކު ދިޔައީ އިޖްތިމާޢީ ގޮތުން މިކުރެވޭ ހަރުދަނާ ބޭނުންތެރި މަސައްކަތުގައި ބައިވެރިވަމުންނެވެ. ގާތްގަޑަކަށް ރަށުގެ އަންހެނުންގެ %90 މީހުން މި މަސައްކަތުގައި ބައިވެރިވެއެވެ.

މުޅިރަށް ހަޑިވެ ޚާއްޞަކޮށް އަތިރިމަތި އަދި ބަނދަރު ސަރަޙައްދު ކުނިން ފުރެމުން ދާއިރު މިއަދު މިކަމުގައި ލަންދޫގެ ހީވާގި މުރާލި އަންހެންވެރިން ފަސްޖެހި މަސައްކަތުގައި ފޫހިވީ ކީއްވެގެންތޯ މިއީ މިއަދު ބަލާލުން ރަގަޅު ކަމެކެވެ. އެހެނީ މިކަމުގެ ޙަޤީޤަތް ނޭންގިތިބެ ލަންދޫގެ ލޮބުވެތި ހީވާގި މުރާލި އަންހެނުންނަށް ބަދުބަސްތަކެއް ރައްދުކުރެވިގެން މިއަދު އެބަދެއެވެ.

އަދުގެ ސަރުކާރަށް ތާއީދު ކޮށް ސަރުކާރުން ކޮށްފިއްޔާ ކޮންމެ ކަމެއްވެސް އޯކޭ ޖަހައިގެން ތިބޭ މަދުބަޔަކުނަމަވެސް ރަށުގެ ހޮޅުއަށިތަކުގައި ތިބެގެން މިދައްކަމުންދާ ސާބިތު ނުހިފޭ ވާހަކަތަކަކީ ހަމައާއި، އިންސާފަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ހަޖަމްކުރަން އުނދަގޫ ވާހަކަތަކެކެވެ.

ފާއިތުވި 30 އަހަރުގެ ދިގުވެރިކަމުގައި މިކަން އޮތީ ކިހިނެތްތޯވެސް ބަލާލަން ޖެހެއެވެ. އެމްޑީޕީގެ އަތްމައްޗަށް ސަރުކާރު ބަދަލުވިއިރު ލަންދޫއަންހެންވެރިންނަށް ކޮންމެ މަހަކު 30 ހާސް ނުވަތަ އެއަށްވުރެ މަދުނޫން އަދަދަކަށް ސަރުކާރުން ފައިސާ ދެއްވިއެވެ. އެފައިސާ ބަހާލަނީ ލަންދޫކުނިކަހާގުރޫޕްގެ އަންހެންވެރިންގެ މެދުގައި ހަމަހަމައަށެވެ. މިފައިސާ ބަހައިގެން ކޮންމެ މަހަކަށް މީހަކަށް މަދުވެެން 500 ރުފިޔާ ނުވަތަ އެއަށްވުރެ މަތީއަދަދަކަށް ޖެހެއެވެ. ކޮންމެ ހަފްތާއަކު ހުކުރުދުވަހު ހަވީރު 4 ން 5 ށް ލަންދޫއަންހެވެރިން މިކުރާ މަސައްކަތަށް މިއީ އެކަށީގެންވާ އުޖޫރައެއްކަމަށް އެމީހުން ޤަބޫލުކުރެެއެވެ. ކޮންމެ މަހަކު 5 ގަޑިއިރުގެ މަސައްކަތެވެ. ގަޑިއަކަށް ސަތޭކަރުފިޔާ އަށް ވުރެ ބޮޑުޢަދަދެއްގެ ޖެހެއެވެ.

ކުރިން ލަންދޫއަންހެންވެރިން މިކަމުގައި ފޯރީގައި މަސައްކަތްކުރީ ހަމައެކަނި މިދެންނެވި ފައިސާ ކޮޅަށްޓަކައެއް ނޫނެވެ. އޭގެ އިތުރުން ރަށުގެ ސާފުތާހިރުކަމާއި، އިޖްތިމާޢީ މަސައްކްތެއްގެ ގޮތުގައެވެ. ރަށުވަންތަކަމުގެ ލޯބީގައި އެރޫހްގައެވެ. މިރޫޙްގައި މިމީހުން މަސައްކަތްކޮށްކޮށް ތިއްބާ ސަރުކާރު ބަދަލުވިއެވެ. އެމްޑީޕީގެ ހެޔޮވެރިކަމަށް ވެރިކަންފުރޮޅިގެން ދިއުމާއެކު ރަށްރަށުގައި އުފެދިފައިހުރި އަންހެނުންގެ ކޮމިޓީތައް އުވާލެއްވިއެވެ. މަޑުމަޑުން ސަރުކާރުން ރައްުޔިތުންނަށް ދެމުންދާ ޚިދުމަތްތައް ނުވަތަ ކަންކަން ހީނަރުވަމުންދާން ފެށިއެވެ.ކުރިން ދެމުންދިޔަ ފައިސާކޮޅުވެސް ގަނޑުވާގޮތްވިއެވެ. އަދި އެކިފަހަރުމަތިން އެކި ދޮގުތައް ސަރުކާރުން ހަދަމުންގޮސް އެންމެ ފަހުން ކުނިކަހާތީ ސަރުކާރުން ދެމު ންދާ އުޖޫރަ ހުއްޓާލިއެވެ.

ދެންވީ ކިހިނެތްތޯއެވެ. ދެންވީގޮތަކީ ރާއްޖޭގެ އެހެން ރަށްރަށުގެ އަންހެންވެރިން ފަދައިން ލަންދޫގެ އަންހެންވެރިންވެސް ސަރުކާރަށް ކުރަމުން އައި އިތުބާރު ކަނޑާލީއެވެ. ކައުންސިލް އިދާރާކައިރިއަށް އެއްވެ މުޒާހަރާވެސް ކުރަން ފެށީއެވެ. ފައިސާ ކޮޅު ނުދީގެންނެވެ. ލަންދޫރައްޔިތު އަންހެނުންނަށް ލައްކައަކާއި، ގާތްކުރާ އަދަަދަކަށް ފައިސާދޭންޖެހެެއެވެ. އެއީ ފާއިތުވި ދުވަސްތަކުގައި އެމީހުންނަށް ވާ އުޖޫރައެވެ. އޭގެތެރިން އަދި މިހާތަނަށް ދީފައިވަނީ ފަންސާހަކަށްހާސްރުފިޔާއެވެ. އެއީވެސް ކައުންސިލަރުންގެ ހިތަށް އުނަދަގޫވެގެން އެމީހުންގެ ބަޖެޓުން ( ކައުންސިލް އިދާރާ ހިންގުމަށް ދީފައިވާ ފައިސާ އިން) ނަގާފައި ދީފައިވާ ލާރިކޮޅެކެވެ.

އެމްޑީޕީ ވެރިކަމުގެ 3 އަހަރުފާއިތުވެގެން ދިޔައިރު ރަށްރަށުގެ ކުނިކަހާ އަންހެންވެރިންނަށް ދޭންވާ ފައިސާކޮޅު އަދިވެސް މިވަނީ ނުދެވިފައެވެ. އަދި މިކަމުގައި ސަރުކާރުންދަނީ ޖެއްސުންކޮށް މަލާމާތްކުރަމުންނެވެ. އަދުގެ ސަރުކާރުން ބުނާކަހަލައެވެ. އެބައެއްގެ އަމިއްލަ ރަށް ކުނިކަހާ ސާފުކުރާތީ އުޖޫރަދޭން ސަރުކާރަށް ޖެހޭ ހެއްޔެވެ. ނުޖެހޭނެއެވެ. ކުނިކަހާ ސާފުނުކުރާނަމަ ހަޑިވާނީ އެބައެއްގެ ރަށެވެ. މިއީ މިއަދުގެ ސަރުކާރުގެ ވިސްނުން ހުރިގޮތެވެ.

ލަންދޫގެ އަތިރިމައްޗާއި، ބަނދަރުސަރަޙައްދާއި، އަދިވެސް އިޖްތިމާއި، ގޮތުން މީގެކުރިން އަންހެންވެރިން ނުކުމެ ކުނިކަހަމުންދިޔަ ތަންތަން ހަޑިވެ ނުސާފުވަމުން މިދާދިޔުމުގެ ފުރިހަމަޒިންމާ އަދުގެ ސަރުކާރުން ނަންގަވަން ޖެހިވަޑައިގަންނަވާނެއެވެ.  މިކަމުގައި ލަންދޫ އަންހެންވެރިންގެ އެއްވެސް ކުށެއް ނެތެވެ. ” ތިޔަހެނެއް ނުކިޔޭނެއެވެ.”

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދުއަށް ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު ބަނދަރުކުރާނެ

ނ.ލަންދުއަށް ގެންނަ 250 ކިލޯވޯޓްގެ ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު 7 އާއި 8 ދެމެދު ލަންދުއަށް …

ޚިޔާލެއްދެއްވާ

avatar
Emily110
Emily110

councilarunge budget in e laari dheyn v ma mai lagodi ah ketheh nuvi ameehun bodu musaara nagaagen keeh baa kurany rah kuri aruvumah 

Emily110
Emily110

DHEN COUNCILARUN ATHIRI MATHI BANDHARU KUNI KAHAN V NU EHEN NUNAS MIHAARU NOVEY VAGUTHEH  MIHAARU AMEEHAKAA AMEEHEH 

Qt-fairy
Qt-fairy

meege kurin vex kunikehy laari thakeh dheegeneh nun ….. dhen dhuvax kolhakun hukurahvex dhaany laari dhenyaa kanneyge…. lolllllllll

Ali
Ali

hehe

mohd
mohd

 nevi

wpDiscuz