ލަންދޫ ފަޙްރުވެރިކޮށްދޭ ރޫމް ބޯއީ

ރިސޯރޓް ލައިފަކީ މިއަދު ލަންދޫގެ ގިނަ ޒުވާނުން ވަޒީފާއަދާކުރަމުން ގެންދާ އެއްދާއިރާއެވެ. އެއް ދުވަސްވަރެއްގައި މިދާޢިރާގައި މަސައްކަތް ކުރަމުންގެންދާ ލަންދޫގެ ޒުވާނުންނަކީ ހަމަ އެކަނި ލޯންޗު ޝެކްޝަންގައި މަސައްކަތް ކުރިބައެއް ނަމަވެސް މިއަދު އެކަން މިވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ. މިއަދު ރިސޯރޓް ތަކުގައި މަސައްކަތް ކުރާ ޒުވާނުންނަކީ ރިސޯރޓްގެ ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރަމުން ގެންދާ ހުނަރުވެރި ކަމަށް ޤާބިލް ޒުވާނުންތަކެއްކަން އުފަލާއި އެކު ފާހަގަކޮށްލަން ޖެހެއެވެ.

ރިސޯރޓްތަކުގައި މަސައްކަތް ކުރަމުން ގެންދާ ޒުވާނުންގެ ތެރެއިން ނ.ލަންދޫ ޗަނބޭލީގޭ އަލްފާޟިލް ސަޢީދު އިބުރާޙިމް (ސައިއްޓޭ ) ފާހަގަ ކުރެވިފައިވަނީ ނ.ލަންދޫގެ އެންމެހާ ރައްޔިތުން ފަޙްރުވެރިވާ ފަދަ މަސައްކަތްތަކެއް ކުރަމުންގެންދާ ހުނަރުވެރި ޒުވާނެއްގެ ގޮތުގައެވެ.

މިވަގުތު ޅ. ކޮމަންޑޫ ރިސޯރޓްގެ ރޫމްބޯއީއެއްގެ ވަޒީފާ އަދާކުރަމުން އަންނަ ސައިއްޓޭ ފާހަގަ ކުރެވިފައިވަނީ ރޫމްބޯއީއެއްގެ ގޮތުގައި އޭނާއަށް ލިބިފައިވާ ހުނަރު ފިސާރި ރަނގަޅަށް ދައްކާލަމުންއަންނަ އެންމެންނާއިވެސް ގުޅޭ ވަރަށް ހިތްހިޔޮ މިޒާޖެއްގެ ވެރި ޒުވާނެއްގެ ގޮތުގައެވެ.

އަބަދުވެސް ހިނިތުންވުމާއި އެކު މެޙްމާނުންނާއި ކުރިމަތިލާ ސައިއްޓޭ ފާހަގަ ކުރެވެނީ ސައިއްޓޭ ބަލަހައްޓަންޖެހޭ ރޫމްތަކުގައި ތަފާތު ޑިޒައިންތަކަށް ތަންމަތި އެޅުމުގެ ކަންތައް ކުރިއަށްގެންދާ އުފެއްދުންތެރި ޒުވާނެއްގެ ގޮތުގައެވެ. ފަތުރުވެރިން ގަޔާވާގޮތަށް ފަތުވެރިންނަށް ޚިދުމަތްތައްދީ ފަތުވެރިންގެ އިތުބާރާ ، އިޚްތިރާމާއި އަދި ލޯބި ހާސިލްކޮށްފައިވާ ޒުވާނެއްގެ ގޮތުގައެވެ.

ކޮމަންޑޫ ރިސޯރޓްގައި ސައިއްޓޭ މަސައްކަތް ކުރަން ފެށިތާ މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އެރިސޯރޓުން ހޮވާ “ކޮމްނަޑޫ ސްޓާފް އޮފް ދަ މަންތު” އެތަށް މަހަކު ހޯދާފައިވާއިރު 2017 ވަނަ އަހަރު އެރިސޯރޓުން ހޮވި “ކޮމަންޑޫ ރިސޯރޓްގެ ސްޓާފް އޮފް ދަ އިޔާރ” ގެ ފަޚްރުވެރި މަޤާމްވެސް ހާސިލްކޮށްފައިވަނީ ސައިއްޓޭއެވެ. އަދި ކޮމަންޑޫ ރިސޯޓްގައި ދާދި ފަހުން ތަޢާރަފްކުރި “ކޮމަންޑޫ ސެލަބިރިޓީ” ގެ ފަހުރުވެރި މަޤާމް  ހާސިލްކުރި އެންމެ ފުރަތަމަ ދިވެހި މުއައްޒަކީ ހަމަ ސައިއްޓޭއެވެ.

ސައިއްޓޭގެ ފުރިހަމަ އަދި ޗާލު މަސައްކަތްތަކަށް ދުނިޔޭގެ އެތަށް މިތަނުން ކޮމަންޑޫ ރިސޯރޓަށް ޒިޔާރަތްކުރާ އެތަށް ފަތުރުވެރިންނެއްގެ ތަޢުރީފް އޮހެމުންދާއިރު ކޮމަންޑޫ ރިސޯރޓްގެ ސްޓާފުންނާއި އަދި ހާއްޞަކޮށް މެނޭޖުމަންޓުންވެސް އަންނަނީ ސައިއްޓޭގެ އަގުހުރި މަސައްކަތްތައް ބަލައިގަނެ އަގުވަޒަންކުރަމުންނެވެ.

ސައިއްޓޭ އަކީ ފުޓްބޯޅައިގެ އެންމެ ބޮޑު އެއްސަޕޯޓަރު

ރާއްޖޭގެ އެންމެ މަޤުބޫލް އަދި ދުނިޔޭގެ އެންވަނަ ކުޅިވަރުގެ ގޮތުގައި ބަލައިގަނެފައިވާ ފުޓްބޯޅައަކީ އެކުޅިވަރަކަށް ސައިއްޓޭ އެންމެ ސަޕޯޓްކުރާ ކުޅިވަރެވެ. ސައިއްޓޭ ފާހަގަ ކޮށްލެވެނީ ލަންދޫގައި ތިބި ފުޓްބޯޅައަށް ސަޕޯރޓްކުރާ މީހުންގެ ތެރެއިން  އެންމެބޮޑު އެއް ސަޕޯރޓަރުގެ ގޮތުގައެވެ. ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތްފަދަ ދުނިޔޭގެ ބޮޑަތި މުބާރާތްތަށް ކުރިއަށްދާއިރު ސައިއްޓޭގެ ޓީމުކަމަށްވާ އާޖެންޓީނާއަށް ސަޕޯރޓް ކުރުމުގައި ސައިއްޓޭވަނީ އޭނާގެ ސަޕޯރޓްކުރުމުގެ ހުނަރު ފިސާރި ރަނގަޅަށް ދައްކާލައިފައެވެ. ސައިއްޓޭގެ އާޖެންޓީނާ ކުޅޭމެޗެއް އަންނަނަމަ ސައިއްޓޭ އެމެޗެއް ބަލަން އިންނާނީ އާޖަންޓީނާގެ ޖާޒީގައި ފިސާރި “އާޖަންޓީނާވެލައި” ގެންނެވެ.

ލަންދޫއަކީ ފުޓްބޯޅައިގެ ރަށަކަށްވީއިރު ލަންދޫގެ ފުޓްބޯޅަ ޓީމަށް ސަޕޯރޓްކުރުމުގައި ސައިޓޭވަނީ އަންނަނީ އަބަދުވެސް ތަފާތު ދައްކަމުންނެވެ. ލަންދޫގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ޤަބޫލްކުރާ ގޮތުގައި ސައިއްޓޭއަކީ ޓީމަށް އިތުރު ޖޯޝާއި ފޯރި ގެނެސްދިނުމުގެ އެންމެ އިސްމޭސްތިރިޔާއެވެ. ލަންދޫގައި މިހާތަނަށް ބޭއްވުނު އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތްކަމަށްވާ “ހޮލިޑޭކަޕް ފުޓްބޯޅަ މުބާރާތް” ސައިއްޓޭގެ ޓީމް “ކުލަބު ޗެލެންޖާރސް” ކާމިޔާބު ކުރުމުގައި ސައިއްޓޭގެ މަސައްކަތް ގިނަބަޔަކު ފާހަގަކުރެއެވެ.

ސައިއްޓޭއަކީ ޒިންމާދާރު ބައްޕައަކަށް ވީހިނދު އޭނާގެ ދަރިންނަށް އަޅާލުމުގައި އެއީ ހަމަ ނަމޫނާ ބައްޕައެކެވެ. ސައިއްޓޭ ފާހަގަ ކުރެވިފައިވަނީ އޭނާގެ ޢާއިލާއަށް އަޅާލާ ، ހުރިހާ އުމުރުފުރައެއްގެ މީހުންނާއިވެސް ގުޅޭ ، އަބަދުވެސް ހިނިތުންވެރި ، މޫނާއަކާއި އެކު މީހުންނާއި ބައްދަލުކުރާ ވަރަށް ދީލަތި އޯގާތެރި ޒުވާނެއްގެ ގޮތުގައެވެ.  ގިނަ ބަޔަކު ފާހަގަ ކުރާގޮތުގައި ވަޒީފާގެ މާހައުލުގައި މިއަދު ސައިއްޓޭއަށް ލިބެމުންދާ ކާމިޔާބުތަކުގެ އަސްލަކީ ސައިއްޓޭގެ ގައިގައި ހުރި މި ރިވެތި ސިފަތަކެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މުޅިނ.އަތޮޅު ފަޙްރުވެރިކޮށްދިން ނާދިޙް ޢަބުދުލް ޙަމީދު

ނިމިދިޔަ ރަމަޟާން މަހު ޤައުމީ މިޑިޔާ ޕީއެސްއެމްއިން މުޅިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި “އެންމެއަލިގަދަ ތަރި ޖޫނިއަރ” ޤުރުއާން މުބާރާތް ވެގެން …

ޚިޔާލެއްދެއްވާ

avatar
Cummon
Cummon

Yes baby ah saabas

ޒަންބެ
ޒަންބެ

ސައިއްޓޭއަކީ އަޅުގަނޑު ވަރަށް އިޙްތިރާމްކުރާ ގާތް އެކުވެރިއެއް. ސާބަހޭ ސައިއްޓޭ.. ކީޕްއިޓް އަޕް