ލަންދޫ މިސްކިތަށް އިތުރުކުރިބައި ރަސްމީކޮށް ހުޅުވުން މިއަދު އޮންނާނެ.

ލަންދޫ ހުކުރުމިސްކިތުގައި މިހާރު ހަދަމިުންދާ ފެންޑާގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ލަންދޫއިންފޯ

އަންހެން ބޭކަނބަލުންނަށް ޚާއްޞަކޮށްގެން ނ.ލަންދޫ ހުކުރުމިސްކިތް (މަސްޖިދުއްލުބާބު) އިތުރުކުރެވުނު ފެންޑާ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު އެމިސްކިތުގެ ގޯތިތެރޭގައި އޮންނާނެކަމަށް ލަންދޫ ކައުންސިލް އިދާރާއިން ހާމަކުރައްވައިފިއެވެ.

އެކައުންސިލްގެ ފަރާތުން ޑ.ޑިރެކްޓަރ އަލްފާޟިލް ޙަސަން ނަޞީރު މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ މިސްކިތަށް އިތުރުކުރެވުނު ބައި ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު 5:30 ގައި އެމިސްކިތުގެ ގޯތިތެރޭގައި ބާއްވާނެކަމަށާއި، ހުޅުއްވާދެއްވާނީ ދީނީ ކަންތައް ތަކަށް ލޯބިކުރައްވާ އަދި ލަންދޫގެ ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ސަރުކާރަށް ވަރަށް ގިނަދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ލަންދޫ ގެ އިއްޒަތްތެރިއެއްކަމަށްވާ ނ.ލަންދޫ ކުރީގެ ކުޑަކަތީބު އަލްފާޟިލް ހުސެއިން އިބްރާހިމް ފުޅު ކަމަށެވެ.

މިރަސްމިއްޔާތަށްވަނީ ލަންދޫގެ ގިނަޢަދަދެއްގެ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރެވުނު އިތުރު މިސްކިތްތަކެއް މިއަދު ހުޅުވައިފި

ސައުދީ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ދަށުން ޢިމާރާތްކޮށްދެއްވި އެ މިސްކިތްތައް ހުޅުވައިދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު …

ޚިޔާލެއްދެއްވާ

avatar