ލަންދޫ މަގުހެދުމުގެ މަސައްކަތް ދެން ކުރާނީ އެމްޑީޕީން ކުރާކަމެއްގެ ގޮތުގައި – މަޖޫ

ލަންދޫ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ : ލަންދޫއިންފޯ

ނ.އަތޮޅުގައި އޮންނަ ރިޒޯޓެއްކަމުގައިވާ ފުށިވެލަވަރު ރިޒޯޓާއި، ނ.ލަންދޫ ކައުންސިލް ގުޅިގެން ނ.ލަންދޫގައި ހަދަންފެށި މަގުތަކުގެ މަސައްކަތް ދެން މީގެ ފަހުން ކުރާނީ އެމްޑީޕީން ކުރާކަމެއްގެ ގޮތުގައި ކަމަށް ލަންދޫގެ ފުރަތަމަ ކައުންސިލަރު (ކުރީގެކައުންސިލަރ) އެމްޑީޕީގެ މެމްބަރު އަލްފާޟިލް މަޖުދުﷲ ޢަބުދުއްރައްޒާޤު ވިދާޅުވެއްޖެއެވެ.

މަޖޫ މިއަދު މިހެން ވިދާޅުވީ މިކަމާގުޅިގެން ލަންދޫއިންފޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މަޖޫ އިތުރަށްވިދާޅުވީ އެމަސައްކަތްކުރިން ކުރީ ލަންދޫކައުންސިލް އިދާރާއިން އިސްވެއޮވެގެން ކަމުގައި ވިޔަސް ދެންމީގެ ފަހުން މަސައްކަތްތައް ކުރިއަށް ގެންދާނީ އެމީހުން ( ލަންދޫ އެމްޑީޕީ ގޮފިން ) އިސްވެ އޮވެގެން ކަމުގައެވެ.

މިރޭ އެމްޑީޕީގެ ލަންދޫގޮފީގެ ބައްދަލުވުމެއް އެކަމާގުޅޭގޮތުން އެމީހުންގެ ރަސްމީ ހަރުގޭގައި ބާއްވާނެކަމަށާއި، މިބައްދަލުވުމުން ނިމޭގޮތަކުން މަސައްކަތް އަލުން ފެށޭނެ ސީދާ ޑޭޓްވެސް ވިދާޅުވާނެކަމަށް މަޖޫ ވިދާޅުވިއެވެ. އެންމެލަސްވެގެން މިއަންނަ ހަފްތާގެ ތެރޭގައި މަސައްކަތް ފެށޭވަރުވާނެކަމަށް ލަފާކުރެވޭކަމަށްވެސް މަޖޫ ވިދާޅުވިއެވެ.

މަޖޫ ވިދާޅުވީ އެމައްސަކަތް އެމްޑީޕީގެ ފަރާތުން ކުރިކަމުގައިވިޔަސް މަސައްކަތް ކުރާނީ ހަމަ ކުރިންވެސް އެކަމުގައި އުޅުނު ރިސޯޓްގެ މީހުންނާއި ގުޅިގެންކަމަށާއި، ކައުންސިލް އިދާރާގެ ލަފާގެ މަތިންނޫނީ އެއްވެސް ކަމެއް ކުރިއަށް ނުގެންދާނެކަމަށެވެ. “ލަންދޫގައި މިކަހަލަކަމެއް ގެންދެވޭނީ ނުވަތަ ގެންދަންވާނީ ކައުންސިލް އިދާރާގެ މަޝްވަރާގެ މަތިން ދެއްތޯ، އެހެންވީމާ އަޅުގަނޑުމެން ވަރަށްބަލާނަށް ކައުންސިލްގެ ބޭފުޅަކުވެސް އެމަސަކަތުގައި ހިމެނޭތޯ، ” މަޖޫ ވިދާޅުވިއެވެ. އަދި ކައުންސިލް ގެ ފަރާތުން އެމަސައްކަތް ހިނގާ ނުހިގާގޮތް ބެއްލެވުމަށް ކަނޑައަޅާ މީހަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު މުޙައްމަދު ޝުޖާޢު ކަމަށް އުންމީދުކުރައްވާ ކަމަށާއި، ކައުންސިލް އިދާރާގެ ފަރާތުން ކަނޑައަޅާ މީހަކަށްވާނީ އެމްޑީޕީގެ އެކްޓިވިސްޓު ވަލީދު އާދަމް ކަމަށް އުންމީދުކުރައްވާކަމަށްވެސް މިއަދު މަޖޫ ވިދާޅުވިއެވެ.

ލަންދޫ ކައުންސިލް ގެ މިހާރުގެ ރައީސް އަލްފާޟިލް މުޙައްމަދު ފަޔާޟު ވެސް ލަންދޫއިންފޯއަށް މިއަދު ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ މަސައްކަތް ހުއްޓިފައިވަނީ އެމްޑީޕީގެ ލަންދޫ ބަޔަކުގެ ރޭވުމަކުން ކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި އޭނާ ވިދާޅުވީ އެމަސައްކަތް ކޮންމެބަޔަކު ކުރިއަސް އެއީ ހަމަލަންދޫ ގެ ރައްޔިތުންނަށްޓަކައި ކުރެވޭ މަސައްކަތަކަށްވާއިރު ވަކިބަޔަކުގެ ނަމުގައި އެކަން ކުރުމުގެ މާނައެއް އޮތްކަމަށް ޤަބޫލު ނުކުރެވޭކަމަށެވެ.

ފަޔާ އިތުރަށް ވިދާޅުވީ ރޭ ކައުންސިލް އިދާރާއާށް މަޖޫ ވަޑައިގެންނެވި ކަމަށާއި، މަޖޫ އާއި، އެމަސައްކަތުގެ ވާހަކަ ދެއްކުމުން ވަރަށް ރީތިކޮށް އެކަން އޮތްގޮތް ސާފުވެގެން ދިޔަކަމަށެވެ. “އެމްޑީޕީގެ މީހުން ބޭނުންވަނީ އެކަމުގެ މެޑެލް ޖަހަން” ފަޔާވިދާޅުވިއެވެ.

ފަޔާ ވިދާޅުވީ ކޮންމެ ބަޔަކު އިސްވެގެން އެކަން ކުރިއަސް ފަޔާގެ މައްސަލައެއް ނެތްކަމަށެވެ. އަދި ރަގަޅީވެސް ރައްޔިތުންގެ ތެރެއިން ބަޔަކު އިސްވެގެން މިފަދައިޖްތިމާޢީ ބޮޑުމަސައްކަތެއް ކުރަމުންދިއުންކަމަށެވެ. އެމްޑީޕީއަށް ނިސްބަތް ވިޔަސް އަދި ޕީޕީއެމަށް ނިސްބަތްވިޔަސް އަދި އެހެން ޕާޓީއަކަށް ނިސްބަތްވިޔަސް އެއީ ހަމަ ލަންދޫގެ ރައްޔިތުން ކަމަށް ފަޔާ ޤަބޫލުކުރައްވާ ކަމަށާއި، މިހާބޮޑު ބުރަ އަދި ޒިންމާ ބޮޑު މަސައްކަތެއް އެމީހުން ރަށުގެ ރައްޔިތުންނަށް ކޮށްދިނުމަށް އިސްނެގީ އެކަމާ އުފާކުރައްވާ ކަމަށްވެސް ފަޔާ ވިދާޅުވިއެވެ.

އަދި އެމީހުން އެދިއްޖެނަމަ ކައުންސިލް އިދާރާއިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށާއި، އެމަސައްކަތް މިރަށުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހައި އިެހީތެރިކަމެއް އެ އިދާރާއިން ހަމަ ކުރިއެކޭވެސް އެއްގޮތަށް މަސައްކަތް ކުރާމީހުންނަށް ދޭނޭކަމަށްވެސް ފަޔާ ވިދާޅުވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީއޭގެ ފަރާތުން ލަންދޫ ގޮނޑުތައް ސާފުކުރަންފަށައިފި.

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ( އެމްޑީއޭ ) ގެ ފަރާތުން އެކްސްކަވޭޓަރަކާއި، ލޮރީއެއް ގެނެސްގެން ނ.ލަންދޫގެ ކުނޑިގޮނޑުތައް ތަރުތީބުކޮށް ސާފުކުރުމުގެ …

ޚިޔާލެއްދެއްވާ

avatar
ދޮންތަ
ދޮންތަ

އަސްލު މިކަމުގާ ދޮންތައަށް ފެންނަ ރަގަޅު ގޮތަކީ ހަމަ އެންމެންވެސް މިކަމުގައި އެކައްޗެއް ކިޔައިގެން ރަށުގެ ތަރައްޤީއަށް ކުރެވޭ ކަމެއްކަމުގައި ދެކިގެން ކުރިއަށްދާންވީ ވަކި މަޖޫ ގޯސްކުރާނެކަމެއްނެތް. އޭނަވެސް ބޭނުންވާނެ ކަންނޭންގެ މިކަންކުރަން . ދެން ރިސޯޓް މީހުން އެންޑީޕީ ވެގެން ގޮސް މިމަސައްކަތް އެގޮތަށް އަނބުރާލުމަކީ ވަކި މަޖޫ އާއި މުޙައްމަދު އިބްރާހިމްގެ ކުށެއްނޫންކަމަށް ދޮންތަ ދެކެނީ.

އަހްމަދު ލައިބް
އަހްމަދު ލައިބް

ކައުންސިލްގެ ފުރިހަމަ ބާރުގައި ކަމެއް ކުރަން ނޭގުން މަޖޫ މިހާރު އެއުޅެނީ ……. ތަ. ކީވެތަ ބަޔަކު ކަމެއް ކުރަން އުޅޭއިރަށް ތި ބޯގަޅައި ގަންނަނީ،….. ތި މަގު ހެދުން ނޫނަސް ރަށުގެ ތަރައްޤީއަށް ކުރެވޭނެ ބައިވަރު ކަންތައް އެބަހުރި އެމްޑީޕީން އޭން ކަމެއް ކުރިއްޔާ މާތާހިރުވާނެ… އަލަށް ކަމެއް ކުރާކަށް ނޭގޭނެ ވިއްޔާ ދޯ؟

މުޙައްމާ
މުޙައްމާ

މިދެން ކިހާދެރަކަމެއް ، ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް ފެށި ހިނގަ ހިނގާ ހުންނަ ކަންތައްތައް ސިޔާސީ ކަންތައްތަކަށް ނުހެދުމަށް ގޮވާލަން ، ވެރިކަމުގައި އަރާއި ބާރުގައި ތިބިއިރު ރަށަށް ކަމެއް ނުކޮށްދެވުނުއިރު ބަޔަކު މީހުންގާތު އާދޭސްކޮށްގެން ރަށުގެ ކުރިއެރުމަށް ކަމެއްކޮށްދެން ފެށީމަވެސް އެކަން ހުއްޓުވަނީ ދޯ ! ލަންދޫ ރައްޔިތުންނަށް ތިޔަބުނާ ********* ކާކުކަން ވަރަށް ރަނގަޅަށް އެނގޭނެ. އެމްޑީޕީ އިން ތިޔަ އުޅެނީ މި ލަންދޫއަކީވެސް ސިޔާސީ ފިކުރުން ފޯވެ ފިތުނަ ފަސާދައިގެ ފަސްގަނޑަކަށް ހަދަންދޯ !

wpDiscuz