ލަންދޫޓީމުން ވިސްނާލުން މުހިއްމު ދެތިންކަމެއް

landhooscމިއަހަރުގެ ޝިޔާމް- މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަކީ މިހާތަނަށް ނ.އަތޮޅުގައި ބޭއްވޭ އެންމެ ވަރުގަދަ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަމަށް ވީހިނދު މި މުބާރާތުގައި ވާދަކުރާ ލަންދޫއެފްސީ އިން ވިސްނާލަން ޖެހޭ ބައެއްކަހަލަ ކަންތައްތައް އެބަހުއްޓެވެ.

ލަންދޫޓީމު މިފަހަރު ޝިޔާމް މަޢުރޫފްކަޕްގައި ބައިވެރިވަނީ ވަރަށް ޝަރަފްވެރި ޓިމެއްގެ ގޮތުގައެވެ. މިއަދު ލަންދޫ އެފްސީ އަކީ ނ.އަތޮޅުގެ ޗެމްޕިއަންޓީމެވެ. އަދި ހަމަ އެހެންމެ ޒޯން 2 ގެ ޗެމްޕިއަންގެ އިތުރުން މުޅިރާއްޖޭގެ އަތޮޅުތަކުން ހޮވާލެވުނު 8 ޓީމުގެ ތެރޭގައި ހިމެނޭ ފަޙްރުވެރި ޝަރަފްވެރި ޓީމެއްވެސް މެއެވެ.

މިހެންކަމާއި އެކު ލަންދޫ ތަމްސީލްކުރުމަށް ލަންދޫ އެފްސީ މިފަހަރުގެ މުބާރާތައް ނިކުންނަށްވާނީ އައު ހިތްވަރަކާއި ޖޯޝަކާއި އެކުގައެވެ. މުބާރާތުގެ ފެށުން ރަނގަޅުކޮށް ރީތި މޮޅުކުޅުމަކާއި އެކު މުބާރާތުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް މިހާތަނަށް ނ.އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ތަށިވެސް ގެނައުމުގެ ފުރިހަމަ އަޒުމާއި ހތްވަރުގައެވެ.

ވޭތުވެދިޔަ އަހަރުގެ މުބާރާތުން ޢިބުރަތް ހާސިލްކުރަންޖެހޭ

ވޭތުވެދިޔަ އަހަރު ކުޑަފަރީގައި ބޭއްވުނު ޝިޔާމް – މައުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުން ލަންދޫޓީމު ކަޓައިގެން ދިޔައީ އެއްވެސް މެޗަކުން މޮޅު ނުވެވި 2 މެޗުން އެއްވަރުވެ 1 މެޗުން ބަލިވެގެންނެވެ. މިއަހަރުގެ މުބާރާތް ފެށުމުގެ ގޮތުން ލަންދޫޓީމު ބައްދަލުކުރަން ޖެހޭ ޓީމަކީ ވޭތުވެދިޔަ އަހަރުގެ މުބާރާތުން ލަންދޫ ބަލިކޮށް ލަންދޫޓީމު ކަޓަވާލި ޓީމަށް ވީހިނދު މާދަމާގެ މެޗުން މޮޅުވުމަށް ލަންދޫ ޓީމުން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހެއެވެ. ވޭތުވެދިޔަ އަހަރު ހެދުނު ގޯސްތަކަކީ ކޮބައިތޯ ބަލާ އެކަންތައްތައް ތަކުރާރު ނުވާނެފަދަ ގޮތަކަށް  ކަންތައްތައް ރާވާ އިންތިޒާމްކުރަން ޖެހެއެވެ.

ރަށުވަންތަ ޓީމްލޯބި އިސްކުރަންޖެހޭ

މިފަހަކަށް އައިސް ލަންދޫޓީމު ކުޅެފައިވާ ގިނަ މެޗުތަކުން އެންމެބޮޑަށް ފާހަގަ ކުރެވުނީ ރަށުވަންތަ ޓީމު ރޫހް ކުޅުންތެރިންގެ ކިބައިގައި ނެތްތަނެވެ. މީގެ ކުރިން ލަންދޫ ޓީމު ފާހަގަ ކުރެވިފައިވަނީ އެކުވެރިކަމުގެ ގިނަމެޗުތަކެއް ކުޅެ ގިނަ މެޗުތަކެއް ކާމިޔާބުކުރާ ޓީމެއްގެ ގޮތުގައެވެ. ޓީމު ބަލިވެގެންދާ ތަނެއްގައި ކަށިން ހިތްވަރުނެރެ ، ރަށުގެ ނަން ދިރުވުމަށްޓަކައި މަސައްކަތްކުރާ ކުޅުންތެރިންތަކެއް ތިބި ޓީމެއްގެ ގޮތުގައެވެ. ރަށުގެ ސަޕޯރޓަރުންގެ ލޯބި ހާސިލްކޮށްފައިވާ ޓީމެއްގެ ގޮތުގައެވެ. މިފަހަކަށް އައިސް ރަށުގައި ކުޅެވުނު އެކުވެރިކަމުގެ ބައެއް މެޗުތަކުން ދަށް ނަތީޖާތަކެއް ހޯދުމުން ރަށުގެ ބައެއް ސަޕޯޓަރުން ވަނީ މާޔޫސްވެފައެވެ. މިހެންކަމާއިއެކު ލަންދޫޓީމުގެ އަޒުމަކަށް ވާންޖެހޭނީ މިފަހަރުގެ މުބާރާތް ކާމިޔާބުކޮށް އަނެއްކާވެސް އަލުން އަބުރާ ސަޕޯރޓަރުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ހޯދުމެވެ.

މިފަހަރު ލަންދޫއިން ބައިވެރިވެފައިވާ ޓީމުގެ ކިބައިގައި ލަންދޫ ރައްޔިތުންނަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދިނުމުގެ ހުނަރާއި ޤާބިލްކަން އެބަހުއްޓެވެ. ހަމަ އެކަނި ބޭނުންވަނީ ރަށުވަންތަ ލޯބީގައި ޓީމެއްގެ ގޮތުގައި މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި ކުޅުމެވެ. ޓީމުގެ ތެރޭގައި ފިތުނަ އުފެދޭ ފަދަ ކަންތައްތަކަށް ފުރުޞަތު ނުދިނުމެވެ. ލަންދޫ އެފްސީ އަށް މިފަހަރުގެ މުބާރާތުން ފުރިހަމަ ކާމިޔާބީއަކަށް އެދެމެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ފެވަރިޓް ޓީމާއި ސަޕްރައިޒް ޓީމުގެ ތާރީހީ ފައިނަލް

މި އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދާމާ ހަވީރު ކުޅެވޭއިރު މި މެޗުވެގެން ދާނީ އެތައްގޮތަކުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz