ލަންދޫ އެމްޑީޕީ ގޮފީގެ ސައްތައިން ސައްތަ ތާޢީދު ރައީސްނަޝީދަށް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެޕާރޓީގެ ފަރާތުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާކަމުގެ މަޤާމް އަދާކުރެއްވެވި ކުރީގެ ރައީސް ގ.ކެނެރީގޭ އަލްފާޟިލް މުޙައްމަދު ނަޝީދު އަންނި އައްޔަން ކުރުމަށް ނ.ލަންދޫ އެމްޑީޕީ ގޮފިން ސައްތައިން ސައްތަ ތާޢިދުކޮށްފިއެވެ.

ލަންދޫ އެމްޑީޕީގޮފިން މިގޮތައް ތާއީދު ކޮސްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި ޗެއާޕާސަންގެ އިތުރުން ވެސް އެ ޕާޓީގެ ބައެއް މަގާމްތަކަށް މީހުން ހޮވުމަށް އެޕާރޓީގެ ފަރާތުން މިއަދު ބާއްވި އެޕާރޓީގެ އެތެރޭގެ އިންތިޙާބު ލަންދޫގައި ނެގުނު ވޯޓުގައެވެ.

ލަންދޫ އެމްޑީޕީ ގޮފީގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ވޯޓްލުމުގައި 90 ފަރާތަކުން ވޯޓްލައިފައިވާއިރު 90 މީހުންވެސް ބުނެފައިވަނީ  އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް ނަޝީދު ހަމަޖައްސަށް ފެންނަކަމަށެވެ. ޗެއާރޕާސަން ކަމަށް ކުރިމަތި ލައްވާފައިވާ ހަމައެކަނި ބޭފުޅާކަމަށްވާ ރީކޯމޫސައަށް ލަންދޫ އެމްޑީޕީގޮފިން އާނ ބަސްބުނެފައިވަނީ 77 މީހުންނެވެ. 11 މީހުން ނޫނެކޭ ބުނެފައިވާއިރު ބާތިލް 2 ވޯޓް އުޅެއެވެ. ލަންދޫ އެމްޑީޕީ ގޮފިން މަޢުލޫމާތު ދެއްވި ގޮތުގައި ލަންދޫގައި އެމްޑީޕީން ވޯޓްލުމުގެ ހައްޤުލިބިގެންވާ 162 މެމްބަރުން އެބަތިއްބެވެ.

އެމްޑީޕީ ގެފަރާތުން މުޅިރާއްޖޭގައި ކުރިއަށްގެންދިޔަ އެ ޕާޓީގެ އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓަކަށް ކުރިމަތިލައްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އަދި ޗެއާޕާސަންގެ މަގާމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ކުރިމަތިލައްވާފައިވާއިރު ޗެއާޕާސަންގެ ނައިބުގެ މަގާމަށް ވާދަކުރައްވާފައި ވަނީ ސ. މަރަދޫ، އަލަނާސިގޭ އަލީ ޝިޔާމެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން އެންމެ ކެންޑިޑޭޓަކު ވާދަކުރައްވައިފި ނަމަ އެ ޕާޓީގައި މިހާރު ތިބި ވޯޓު ހައްގުވާ 48،000  އަށް ވުރެ ގިނަ މެމްބަރުންގެ ތެރެއިން 10 ޕަސެންޓް ތާއީދު ލިބިއްޖެ ނަމަ މަގާމަށް އިންތިހާބު ވާނެ އެވެ.

މިއަދު ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާރަށެއްގައި ކުރިއަށްގެންދެވުނު މި ވޯޓްލުމުގެ ނަތީޖާ އަދިވަނީ އިއުލާން ނުކުރެވިއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމްގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 28 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން  ހުސްވެފައިވާ އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
ސަބައްޑި
ސަބައްޑި

އެމް. ޑީ . ޕީ ގެ އެތެރޭގެ އެއްވެސް އިންތިޙާބެއް ސައްޙައެއް ނުވާނެ… އިންތިޙާބް ސައްޙަވުން އެއްކިބާގައި ވޯޓްފޮށި ކައިރީ ތިބި އެކަކުވިސް އެމް ޑީ ޕީގެ ރަޖިސްޓރިގައި ނޯންނާނެ. ތި ފައިސަލްވެސް އަދިވެސް އިންނާނީ ޑީ އާރު ޕީ ގައި ޅަބެ އަކީ ކައުސިލް އިންތިޙާބުގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރި އިރުވެސް ޑީ އާރު ޕީ ރަޖިސްޓްރީގައި އަދި އަދަށްދާންދެންވެސް ޑީ އާރު ޕީ ރަޖިސްޓްރީގައި އޮތް މީހެއް. މިހިރީ މިވެރިން ހުންނަ ޙަރާމްކޯރުކަން. ދެން ކިހިނެތް އިންތިޙާބް ސައްޙަވާނީ..

މުހައްމާ
މުހައްމާ

ލަންދޫ އެމްޑީޕީ ގޮފީގައި ހަރަކާތްތެރި ވެލައްވާ މެމްބަރުންނާއިމެދު މިހާރު ޝައްކުގެ ނަޒަރަކުން ބަލަންވެއްޖެ ، އާނފަހެ ! އިއްޔެގަކަން ނޭނގެ ހާރޑިހަމެއްގެ ވާހަކަ އާއި ފައްޅި އަޅާވާހަކަ ކީ ، މީގެ އިތުން އަންނި ރައީސަކަށް އައިސްގެން ލަންދޫއަށް ލިބުނު އެއްވެސް ކުރިއެރުމެއް އެބައޮތްބާ ؟؟؟؟؟؟؟؟؟

wpDiscuz