ލަންދޫ އިންޖީނުގޭގައި ކުންފުނީގެ ދިދަ ނަގަން ފަށައިފި.

ލަންދޫ އިންޖީނުގެ - ކުންފުނީގެ ދިދައާއި، ޤައުމީ ދިދައިގެ ދަށުގައި / ފޮޓޯ:ލަންދޫއިންފޯ

ނ.ލަންދޫ އިންޖީނުގޭގައި ނޯތު ޔުޓިލިޓީސްގެ ދިދަ މިދިޔަ އާދިއްތަދުވަހުން ފެށިގެން ނަގަން ފަށައިފިއެވެ. މިދިދަޔާއިއެކު ދިވެހި ޤައުމީ ދިދަވެސް ނަގަން ފަށައިފާ ވެއެވެ.

ދެ ދިދަ ދަނޑިއާއި، ނަންބޯޑު މިހާރު ޒަމާނީ ފެންވަރަށް ހަދަމުން ދަނީ އިންޖީނުގޭގެ ގޯތިތެރޭގައި މަގުމައްޗަށް ފަސޭހައިން ފެންނާނެހެންނެވެ.

ކުންފުނީގެ ދިދައާއި، ނަންބޯޑު އައުކޮށް ރީތި ގޮތްގޮތަށް ބަހައްޓަމުންދާއިރު އިންޖީނުގެއިން ދެމުންދާ ކަރަންޓްގެ ޚިދުމަތް ރަގަޅު ކުރުމަށްވެސް ކުންފުނީގެ ފަރާތުންދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަލާކުވެ ބޭނުން ނުކުރެވި ހުރި އިންޖީނުތައް މަރާމާތު ކުރުމާއި، އިދާރީ ބައި އިސްލާހްކޮށް ރަގަޅު ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް ހިތާމައަކީ ޚިދުމަތް ރަގަޅުކުރުމަށް ކުރެވެމުންދާ މި މަސައްކަތްތަކުން އެދެވޭ މިންވަރަކަށް ނަތީޖާ ނެރެވެމުން ނުދާކަމެވެ. ރަށުގެ ރައްޔިތުންނަށް ބޭނުންވާމިންވަރަށް ކަރަންޓް ފޯރުކޮށް ނުދެވެނީ އެވަރުގެ ކެޕޭސިޓީއެއް ހުރި އިންޖީނެއް ލަންދޫ އިންޖީނުގޭގައި ނެތިގެން ކަން ކުންފުނިންވެސް ޤަބޫލުކުރާއިރު އެކަން ރަގަޅު ކުރުމަށް މަސައްކަތްތަކެއް ނުކުރެވޭތީއެވެ. ދަންނަވަން މިއުޅޭ ވާހަކަައަކީ މުޅިން ބްރޭންޑް  ނިއު އިންޖީނެއް ނުލިބުނުނަމަވެސް ލަންދުއަށް ކަރަންޓް ދެވޭވަރުގެ ބޮޑު އިންޖީނެއް ކުންފުނީގެ ފަރާތުން ލަންދުއަށް ހޯދައިދޭން ޖެހިއްޖެ ކަމުގެ ވާހަކައެވެ.

މަގުމަތީ ކޭބަލް ނެޓްވޯރކްގެ ހާލަތުވެސް ވަނީ ހަމަ މިދަންނަވާ ފަދަ ދަށު ދަރަޖައަކަށް ގޮސްފައެވެ. ބައެއް ހިސާބު ތަކުން ފޭސްތައް ވަނީ އޮޅުން ބޮޅުންވެ އެގަހުކޭލެއް މިގަހުކޭލެއް ވަކިނުވާ ހިސާބަށް ގޮސްފައެވެ. އަދި ޑިސްޓްރިބިއުޝަން ފޮށިތައްވެސް ހަމަ މިފަދައެވެ.

މިހާހިސާބަށް ކަންކަން ގޮސްފައިވާ އިންޖީނުގެއެއްގައި އެންމެ އިސްކަމެއް ދޭންވީ ނަންބޯޑާއި، ދިދައަށް ނޫންކަމަށް މިއަދު ލަންދޫގެ ގިނަރައްޔިތުންތަކެއް މިދަނީ ބުނަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަގޭ ރަށް – ސާފު ލަންދޫ ޝިޢާރުގެ ދަށުން ލަންދޫ ސާފު ކުރުމުގެ ބޮޑު ޙަރަކާތެއް މިއަދު ހިންގައިފި

އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ 2017 ކުލަގަދަގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މަގޭ ރަށް – ސާފު ލަންދޫގެ ނަމުގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz