ލަންދޫ ކައުންސިލް ގެ ފަރާތުން ލަންދޫރައްޔިތުންނާއި ރޭ ބައްދަލުކޮށްފި

ރޭގެ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލްގެ 3 ބޭފުޅުން / ފޮޓޯ: ލަންދޫއިންފޯ

ނ.ލަންދޫ ކައުންސިލްގެ ފަރާތުން ލަންދޫ ރައްޔިތު ފިރިހެނުންނާއި، ރޭ ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ ރޭ 8:45 ގައި ލަންދޫ ސްކޫލްގައެވެ.

މިބައްދަލުވުަމަށް ލަންދޫ ރައްޔިތު ފިރިހެނުން ގެ ތެރެއިން ސާޅީހަކަށް މީހުން ހާޒިރުވިއެވެ. ކައުންސިލްގެ ފަރާތުން މިބައްދަލުވުމަށް ރައިސް ފަޔާޟް އާއި، ނައިބްރައީސް އަމްޖަދު ފިޔަވާ އެހެން ބޭފުޅުން ހާޒިރުވެލެއްވިއެވެ. އެދެބޭފުޅުން ތިއްބެވީ ޗުއްޓީގައި ރަށުން ބޭރުގައެވެ.

ރޭ ގެ ބައްދަލުވުުމުގައި ވާހަކަދެކެވުނު ކަންތައްތަކަކީ މިސްކިތުގެ ވަށާފާރު މަރާމާތު ކުރުމުގެ މަސައްކަތުގެ ވާހަކައާއި، ސަހަރާގެ ވަށާފާރު މަރާމާތު ކުރުމުގެ މަސައްކަތުގެ ވާހަކައާއި، ޖެޓީ މަރާމާތު ކުރުމުގެ ވާހަކައެވެ.

މީގެ ތެރެއިން ޖެޓީފިޔަވާ އެހެން ކަންތައްތައް ކުރަންފެންނަ ކަމަށް ބައްދަލުވުމަށް ހާޒިރުވި މީހުންގެ އަޣުލަބިއްޔަތުން ވަނީ ފާސްވެފައެވެ. ޖެޓީއާއި ބެހޭގޮތުން ގިނަމީހުން ވޯޓުދިނީ ޖެޓީ މަރާމާތު ކުރަންނުފެންނަ ކަަމަށެވެ. މިކަމާ ބައްދަލުވުމަށް ހާޒިރުވި ބައެއް ޒުވާނުންވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ރޭގެ ބައްދަލުވުމުގައި މަރުހޫމް ޑރ.އަފްރާޝީމް ޢަލީ އަނިޔާވެރި ގޮތަކަށް އަވާހަކަކޮށްލައިފާ ވާތީ އެކަން ކުށްވެރިކޮށް ކައުންސިލްގެ މެމްބަރ ރަމްޒީ ވާހަކަދެއްކެވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ ގައި ތިބި ސިވިލްސަރވިސްގެ ފިރިހެން މުވައްޒަފުންނާ ލަންދޫ ކައުންސިލްގެ ފަރާތުން ބައްދަލުކޮށްފި.

ނ.ލަންދޫގައި ހުރި ސަރުކާރުގެމުއައްސަސާ ތަކުގައި މިވަގުތު މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނާ ލަންދޫކައުންސިލްގެފަރާތުން ބައްދަލުކޮށްފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރޭ …

ޚިޔާލެއްދެއްވާ

avatar
wpDiscuz